އާ ޓާމިނަލް ހުޅުވިރޭ ޑްރޯންތައް ވެއްޓުނު މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 13 ދުވަސް ކުރިން - 1 އޯގަސްޓް 2025 20:36
އައު ޓާމިނަލް ހުޅުވިރޭ ބޭއްވި ޑްރޯން ޝޯގެ ތެރެއިން: ފޮޓޯ/ އިންޓަނެޓް---
އައު ޓާމިނަލް ހުޅުވިރޭ ބޭއްވި ޑްރޯން ޝޯގެ ތެރެއިން: ފޮޓޯ/ އިންޓަނެޓް---
ޚުލާސާ

ޑްރޯންތައް ވެއްޓުމުގެ ސަބަބުން އެމްއޭސީއެލްއަށާއި އެ ޝޯ ކުރިއަށް ގެންދިޔަ ފަރާތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ކުރިއަށް ގެންދިޔަ ޑްރޯން ޝޯގައި ބޭނުންކުރި ޑްރޯންތަކެއް ވެއްޓުނު މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުނެފި އެވެ.

މިކަމާއި ގުޅިގެން "ޚުލާސާ" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވެފައިވަނީ ޑްރޯންތައް ވެއްޓުނު މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އިތުރު އެއްވެސް ތަފްސީލެއް ފުލުހުންގެ މީޑިޔާ އޮފިޝަލް ދެއްވާފައެއްނުވެ އެވެ.

ޑްރޯންތައް ވެއްޓުނު މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިންނެވެ.

އެމްއޭސީއެލް އިން ވަނީ މިކަމާއި ގުޅިގެން ފުލުހުންނަށް މި މައްސަލަ ބަލައިދިނުމަށް އެދި ސިޓީއެއް ވެސް ފޮނުވައިފަ އެވެ. އެގޮތުން އެ ސިޓީގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، ޑްރޯންތައް ވެއްޓުމުގެ ސަބަބުން ޑްރޯން ޝޯ އޮޕަރޭޓްކުރި ފަރާތާއި އެމްއޭސީއެލް އަށް ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ.

މި ޑްރޯން ޝޯގައި ޖުމުލަ 1200 ޑްޜޯން ވަނީ ބޭނުންކޮށްފަ އެވެ. އަދި މި ޑްރޯންތައް ބޭނުންކޮށްގެން 10 މަންޒަރެއް ދައްކާފައިވެއެވެ.



TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%