ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު އިގްތިސާދީ ގުޅުން ބަދަހިކުރުމަށް ރާއްޖޭގެ އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދާއި އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސެޕް މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރައްވާފައިވަނީ އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގައި އިއްޔެ ކުރިއަށްގެންދިޔަ ބައްދަލުކުރެއްވުމެއްގައެވެ.
މި ބައްދަލުކުރެއްވުމުގައި އޮސްޓްރޭލިއާއާއި ރާއްޖެއާ ދެމެދު އިގްތިސާދީ ގުޅުން ބަދަހި ކުރުމަށާއި، ދެ ގައުމުގެ ތަރައްގީއަށްޓަކައި އެކި ދާއިރާތަކުން ކުރެވެހެން ހުރި މަސައްކަތްތަކާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު ސައީދުގެ އިތުރުން ވުޒާރާގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރެވުނީ 1974 ވަނަ އަހަރުގެ ޖެނުއަރީ 25 ވަނަ ދުވަހުއެވެ.