Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރައީސްގެ ނިންމެވުމާ އެއްގޮތަށް، ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާ މީހުންނަށް މިއަދުން ފެށިގެން އިތުރަށް ޑޮލަރު ލިބޭނެ

ރައީސްގެ ނިންމެވުމާ އެއްގޮތަށް، ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާ މީހުންނަށް މިއަދުން ފެށިގެން އިތުރަށް ޑޮލަރު ލިބޭނެ

އަައިޝަތު ޒީނާ
314 ދުވަސް ކުރިން - 1 އޯގަސްޓް 2025 16:53
ޔޫއެސް ޑޮލަރުތަކެއް. --
ޔޫއެސް ޑޮލަރުތަކެއް. --
ޚުލާސާ

ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފުރާއިރު ވިއްކާ ޑޮލަރު ސަޕޯޓު ލިމިޓު ބޮޑުކުރެއްވުމަށް ރައީސް ނިންމަވައި، އެކަން ހާމަކުރައްވާފައިވަނީ މިދިޔަ ޖުލައި މަހުގެ 21 ގައި.

ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފުރާއިރު ވިއްކާ ޑޮލަރު މިއަދުން ފެށިގެން އިތުރުކޮށްފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.

ބީއެމްއެލް އިން ބުނީ މިއަދުން ފެށިގެން، އާސަންދަ ހަމަޖެހޭ ބަލިމީހަކަށް 2،000 ޑޮލަރު އަދި އެންސްޕާގެ އެހީ ލިބޭ ބަލިމީހަކަށް 2،000 ޑޮލަރު ގަނެވޭނެ ކަމަށެވެ. އަދި އާސަންދައާއި އެންސްޕާގެ އެހީ ނުލިބޭ މީހަކަށް 1،000 ޑޮލަރު ގަނެވޭނެ ކަމަށް ބޭންކުން ބުނެފައިވެއެވެ.

Advertisement

Advertisement 1

ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފުރާއިރު ވިއްކާ ޑޮލަރު ސަޕޯޓު ލިމިޓު ބޮޑުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައި، އެކަން ހާމަކުރައްވާފައިވަނީ މިދިޔަ ޖުލައި މަހުގެ 21 ގައެވެ.

ރައީސް އޭރު ވިދާޅުވީ ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށްދާ ފަރާތްތަކަށް ޑޮލަރު ހޯދުމުގައި ލުއިފަސޭހަކޮށް ދިނުމުގެ ގޮތުން، މިހާރުވެސް އާސަންދަ ޕޭޝަންޓުންނަށް ބޭންކު މެދުވެރިކޮށް 2000 ޑޮލަރާ ހަމައަށް ލިބޭ ފަދައިން، 1 އޮގަސްޓު 2025 އިން ފެށިގެން އެންސްޕާ ޕޭޝަންޓުންނަށްވެސް ބޭންކުތަކުން 2000 ޑޮލަރާ ހަމައަށް ޑޮލަރު ލިބޭނެ ގޮތް ހަމަޖެއްސުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ.

މީގެ އިތުރުން އަމިއްލަ ހަރަދުގައި ރާއްޖޭން ބޭރަށް ބޭސް ފަރުވާއަށް ދާ ފަރާތްތަކަށް ހަމަ އެ ތާރީހުން ފެށިގެން 1000 ޑޮލަރު ބޭންކުތައް މެދުވެރިކޮށް ހަމަޖެއްސުމަށް ކަމާބެހޭ ފަރާތްތަކަށް ދަންނަވާފައިވާ ކަމަށްވެސް ރައީސް އޭރު ވިދާޅުވިއެވެ.

ރާއްޖޭގައިވެސް ބޮޑެތި ބަލިތައް ތަހައްމަލު ކުރާ މީހުން އިންތިހާއަށް ގިނައިރު، ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ދާ ފަރާތްތަކަށް މިފަދައިން ޑޮލަރު ލިމިޓު ހަމަޖެހިގެންދިއުމަކީ އެ ފަރާތްތަކަށް ވަރަށް ބޮޑު ލުޔަކަށް ވާނެއެވެ.

ބީއެމްއެލްއެންސްޕާއާސަންދަރައީސް ޑރ. މުހައްމަދު މުއިއްޒު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

4 ގަޑިއިރު ކުރިން - 13:11

އިންޑިއާގެ ބޮޑުވަޒީރުކަމުގައި އެންމެ ގިނަ ދުވަސްވީ ބޭފުޅާގެ ޝަރަފު މޯދީ ހޯއްދެވުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

މޯދީގެ ރެކޯޑާއެކު ރައީސް މަރުހަބާ ވިދާޅުވެއްޖެ

1 ދުވަސް ކުރިން - 12:43

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސް މުއިއްޒާއެކު ގަދަކޮށް: ޒަމީރު

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސްއާއެކު ގަދަކޮށް: ޒަމީރު

1 ދުވަސް ކުރިން - 22:06

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

2 ދުވަސް ކުރިން - 13:56

ބޭންކް ފަންޑަށް އެދި ހުށަހެޅުމުގެ މުއްދަތު އަންނަ އާދީއްތަ ދުވަހަށް ހަމަވަނީ

ބޭންކް ފަންޑަށް އެދި ހުށަހެޅުމުގެ މުއްދަތު އަންނަ އާދީއްތަ ދުވަހަށް ހަމަވަނީ

2 ދުވަސް ކުރިން - 10:07

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

2 ދުވަސް ކުރިން - 09:03