Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ނ. އަތޮޅަށް ރައީސް ކުރެއްވި ދަތުރުފުޅުގައި ފެއްޓެވި ވެލިދޫ ބިންހިއްކުމުގެ މަސައްކަތް ނިންމާލައިފި

ނ. އަތޮޅަށް ރައީސް ކުރެއްވި ދަތުރުފުޅުގައި ފެއްޓެވި ވެލިދޫ ބިންހިއްކުމުގެ މަސައްކަތް ނިންމާލައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން
399 ދުވަސް ކުރިން - 1 އޯގަސްޓް 2025 18:10
ވެލިދޫ އޮޑިދޯނި ފަހަރަށް ހާއްސަ ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލެވިފައި---
ވެލިދޫ އޮޑިދޯނި ފަހަރަށް ހާއްސަ ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލެވިފައި---
ޚުލާސާ

ވެލިދޫ އޮޑިދޯނި ފަހަރަށް ހާއްސަ ސަރަހައްދުގެ ބިންހިއްކުމުގެ މަސައްކަތް ފައްޓަވާ ދެއްވީ ނިމިދިޔަ ޖުލައި މަހުގެ 23 ވަނަ ދުވަހު ރައީސް މުއިއްޒު އެރަށަށް ވަޑައިގެން

ނ. ވެލިދޫ އޮޑިދޯނި ފަހަރަށް ހާއްސަ ސަރަހައްދުގެ ބިންހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލައިފި އެވެ.

މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނ އަތޮޅަށް ނިމިދިޔަ ޖުލައި މަހު ކުރެއްވި ދަތުރުފުޅުގައި ފައްޓަވާދެއްވި މަސައްކަތެކެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ ޖުލައި މަހުގެ 23 ވަަނަ ދުވަހު އެވެ. ބިން ހިއްކުމުގެ މަސައްކަތް އަމަލީގޮތުން އެރަށުގައި އިފްތިތާހުކޮށްދެއްވީ އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ.

Advertisement

Advertisement 1

މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ކޮންޓްރެކްޓިން ކޮމްޕެނީ ލިމިޓެޑް (އެމްޓީސީސީ) އާއި އެވެ. ޖުމުލަ ނުވަ ދުވަހުން 2،7 ހެކްޓަރުގެ ސަރަހައްދެއް އެމްޓީސީސީން ވަނީ ހިއްކާ ނިންމާލައިފަ އެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި މިހާރު މި މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ހިއްކި ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން އެ ސަރަހައްދު ހިމާޔަތްކުރުމަށް 443 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ޖެހުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.

ސަރުކާރުން އެމްޓީސީސީއާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ ޖުމުލަ 33.6 މިލިއަން ރުފިޔާ އަށެވެ. އަދި މި މަސައްކަތަކީ ހަތް މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަމަޖެހިފައިވާ މަސައްކަތެކެވެ.

ރައީސް ވެލިދޫއަށް ކުރެއްވި ދަތުރުފުޅުގައި، އެރަށުގައި އިތުރު ތިން މަޝްރޫއުއެއްގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެއީ އެރަށުގައި ގާއިމުކުރާ ފުލުހުންގެ މަރުކަޒުގެ މަސައްކަތާއި، އެރަށު ކޮމިއުނިޓީ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތުގެ އިތުރުން، އެރަށުގައި ތަރައްގީކުރާ ހޮސްޕިޓަލްގެ މަސައްކަތެވެ.

މި އަހަރާއި ކުރިއަށް އޮތް 2026 ވަނަ އަހަރަކީ އުމްރާނީ ގިނަ މަޝްރޫއުތަކެއް ފެށިގެންދާނެ ދެއަހަރު ކަމަށް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

އެމްޓީސީސީނ. ވެލިދޫ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް: އޭބީސީ ފަށަލަ އަޅަން ފަށައިފި

އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތުގެ ދަށުން އޭބީސީ ފަށަލަ އަޅަން ފަށައިފި

4 ދުވަސް ކުރިން - 18:45

އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ ސެގްމެންޓް ނޮވެމްބަރަށް ނިންމަނީ

އަމީނީމަގު ތަރައްގީ ކުރުން: ފުރަތަމަ ސެގްމަންޓުގައި ތާރު އަޅަން ތައްޔާރުވަނީ

8 ދުވަސް ކުރިން - 14:03

އެމްޓީސީސީގެ "ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026": 86 ޒުވާނުންނަށް 8,000ރ. ގެ އެލަވަންސާއެކު ތަމްރީނުގެ ފުރުސަތު!

އެމްޓީސީސީ އިން 86 ޒުވާނުންނަށް 8,000ރ. ގެ އެލަވަންސާއެކު ތަމްރީނުގެ ފުރުސަތު!

9 ދުވަސް ކުރިން - 16:19

އެމްޓީސީސީއަށް 2025 ވަނަ އަހަރު ބޮޑު ކުރިއެރުމެއް: ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާ %88 އިތުރުވެ 84.83 މިލިއަން ރުފިޔާއަށް އަރައިފި

މިދިޔަ އަހަރު އެމްޓީސީސީއަށް ސާފު ފައިދާ 84 މިލިއަން ރުފިޔާއަށް އަރައިފި

11 ދުވަސް ކުރިން - 14:09

މާފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 83 އިންސައްތަ މަސައްކަތް ނިމިއްޖެ

މާފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 83 އިންސައްތަ މަސައްކަތް ނިމިއްޖެ

12 ދުވަސް ކުރިން - 18:22

އެމްޓީސީސީން 800 މަޝްރޫއު އެބަ ހިންގާ، މިވަގުތު ތިބީ ދާއިމީ އެންމެ 2500 މުވައްޒަފުން

އެމްޓީސީސީން 800 މަޝްރޫއު، އަދި ތިބީ 2500 ދާއިމީ މުވައްޒަފުން: އެމްޓީސީސީ

16 ދުވަސް ކުރިން - 11:11