Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޣައްޒާގައި އިސްރާއީލުން 18،500 އަށް ވުރެ ގިނަ ކުދިން ޝަހީދުކޮށްލައިފި

ޣައްޒާގައި އިސްރާއީލުން 18،500 އަށް ވުރެ ގިނަ ކުދިން ޝަހީދުކޮށްލައިފި

ޖަވާދު
394 ދުވަސް ކުރިން - 1 އޯގަސްޓް 2025 14:46
ޣައްޒާގައި ޝަހީދުކޮށްލާފައިވާ ކުށެއްނެތް ކުޑަކުއްޖެއްގެ ޖަނާޒާގެތެރެއިން / ފޮޓޯ: އޭޕީ
ޣައްޒާގައި ޝަހީދުކޮށްލާފައިވާ ކުށެއްނެތް ކުޑަކުއްޖެއްގެ ޖަނާޒާގެތެރެއިން / ފޮޓޯ: އޭޕީ
ޚުލާސާ

2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި އިސްރާއީލުން 18،500 އަށް ވުރެ ގިނަ ކުދިން ޝަހީދުކޮށްލައިފި.

އިސްރާއީލުގެ ޤަތުލުޢާއްމު ފެށި ފަހުން ޣައްޒާގައި 18500 އަށް ވުރެ ގިނަ ކުޑަކުދިން ޝަހީދުކޮށްލައިފި ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީގެ ރެކޯޑްތަކުން ދައްކައިފިއެވެ.

މިނިސްޓްރީގެ ރެކޯޑްތަކުން ދައްކާ ގޮތުގައި ގިނަ ކުދިން ޝަހީދުކޮށްލާފައި ވަނީ އުމުރުގެ އެންމެ ކުރީކޮޅުގައެވެ.

ބައެއް ކުދިން ޝަހީދުކޮށްލީ އުފަންވިތާ ގަޑިއެއްހާއިރު ފަހުން އިސްރާއީލުން ބިން އަޅައިގެންނެވެ.

Advertisement

Advertisement 1

މިނިސްޓްރީން އާންމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި އުފަންވި ދުވަހު މަރުވި ނުވަ ތުއްތު ކުދިންނާއި ފުރަތަމަ ދުވަހު މަރުވި ފަސް ތުއްތު ކުދިންނާއި ދެވަނަ ދުވަހު ފަސް ތުއްތު ކުދިންނާއި ތިން ވަނަ ދުވަހު އަށް ކުދިން ހިމެނެ އެވެ.

މީގެ އިތުރުން އެއްމަހުގެ 88 ކުދިންނާއި، ދެމަހުގެ 90، އަދި ތިން މަހުގެ 78 ކުދިން ވެސް ހިމެނެ އެވެ.

އިސްރާއީލު ސިފައިން ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ހަމަލާދީ ނަސްލު ނައްތާލުމަށް ހިންގި ޖަރީމާ ތަކުގައި ފަލަސްތީނުގެ 60،200 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައި ކަމަށް މަސްދަރުތަކުން ބުނެއެވެ. ޙަމާސް އިން ބުނާ ގޮތުގައި އެއްލައްކައަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވެއެވެ.

ހޯމަ ދުވަހު އިސްރާއީލުގެ ހައްގުތަކާ ބެހޭ ޖަމާއަތްތަކެއް ކަމަށްވާ ބީ’ޓްސެލެމް އާއި ފިޒިޝަންސް ފޯ ހިއުމަން ރައިޓްސް-އިސްރާއީލުން ވަނީ ފަލަސްތީނުގެ ނަސްލު ނިޒާމީ ގޮތެއްގައި ނައްތާލުމާއި އެ ސަރަހައްދުގެ ސިއްހީ ނިޒާމު ގަސްތުގައި ފުނޑުފުނޑު ކޮށްލާފައިވާ ކަމަށާއި އިސްރާއީލުން ޣައްޒާގައި ނަސްލު ނައްތާލާ ކަމަށް ތުހުމަތުކޮށްފައެވެ.

މިދިޔަ ނޮވެމްބަރު މަހު އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ކުރީގެ ޑިފެންސް މިނިސްޓަރު ޔޯއަވް ގަލަންޓް ހައްޔަރު ކުރުމުގެ އަމުރު ވެސް ނެރެފަ އެވެ.

މެދުއިރުމަތިޣައްޒާއިސްރާއީލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

17 ގަޑިއިރު ކުރިން - 11:13

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

2 ދުވަސް ކުރިން - 22:41

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

8 ދުވަސް ކުރިން - 15:57

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

8 ދުވަސް ކުރިން - 14:34

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

11 ދުވަސް ކުރިން - 19:36

ހަނގުރާމަ ހުއްޓުނަސް ކަފުންކުރުން ނުހުއްޓޭ - ޣައްޒާ ފަސްގަނޑުން އަދިވެސް ފެންނަނީ ހަށިގަނޑުތައް

ހަނގުރާމަ ހުއްޓުނަސް ކަފުންކުރުން ނުހުއްޓޭ - ޣައްޒާއިން އަދިވެސް ފެންނަނީ ހަށިގަނޑުތައް

18 ދުވަސް ކުރިން - 14:25