ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަވަހާރަކޮށްލަން ޖެހޭ ކަމަށް ސޯޝަލް މީޑިއާގައި ބުނި މީހާ ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ތ. ތިމަރަފުށި / މަލަސް، މަސީހު މޫސާ (25އ) ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ރައީސް އަވަހާރަކޮށްލަން ޖެހޭކަމަށް ބުނެ ފޭސްބުކްގައި އިންޒާރު ދިން މައްސަލައިގައި ހައްޔަރުކުރި މަސީހު. / ފޮޓޯ: ފުލުހުން
ޑްރަގް ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދޭން މަޝްވަރާކުރާކަމަށް ރައީސްގެ ފޮޓޯ ޖައްސަވާ ލިޔުއްވާފައިވާ ހަބަރެއް ހިއްސާކޮށް އޭނާ ބުނެފައިވަނީ "އެންމެ ފުރަތަމަ މި ރ*ޑ މަރާލަން ޖެހޭ" ކަމަށެވެ. އަދި އެ ބަސްތަކުގެ ފަހަތަށް ވަޅީގެ އިމޯޖީތަކެއްވެސް ލާފައިވެއެވެ.









