Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ހައި ކޯޓުގެ ފަނޑިޔާރުކަމަށް ގާޒީ ޖަމީލާއި ޝަހީދު އައްޔަންކުރަން ނިންމައިފި

ހައި ކޯޓުގެ ފަނޑިޔާރުކަމަށް ގާޒީ ޖަމީލާއި ޝަހީދު އައްޔަންކުރަން ނިންމައިފި

އަައިޝަތު ޒީނާ
314 ދުވަސް ކުރިން - 31 ޖުލައި 2025 16:15
މުހައްމަދު ޝަހީދު އާއި އަބްދުﷲ ޖަމީލް މޫސާ. / ފޮޓޯ: ޕީއެސްއެމް
މުހައްމަދު ޝަހީދު އާއި އަބްދުﷲ ޖަމީލް މޫސާ. / ފޮޓޯ: ޕީއެސްއެމް
ޚުލާސާ

ފަނޑިޔާރުކަމަށް ޖަމީލާއި ޝަހީދު އައްޔަންކުރުމަށް ޖޭއެސްސީއަށް ލަފާއަރުވާފައިވާއިރު، އެގޮތަށް ނިންމާފައިވަނީ ޖޭއެސްސީގެ 27 ވަނަ ބައްދަލުވުމުގައި ކަމަށް އެ ކޮމިޝަނުން ބުނި.

ހައި ކޯޓުގެ ފަނޑިޔާރުކަމަށް ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަލްއުސްތާޒް އަބްދުﷲ ޖަމީލް މޫސާ އާއި ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދު އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ހައި ކޯޓުގެ ފަނޑީޔާރުކަމަށް ދެބޭފުޅަކު އައްޔަންކޮށްފައި މިވަނީ އެ ކޯޓުގެ ދެ ފަނޑީޔާރަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.

ޖޭއެސްސީން ބުނީ ހައިކޯޓުގެ ފަނޑިޔާރުކަމަށް ޝައުގުވެރިކަން ފާޅުކޮށް ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއުކޮށްފައިވާ ކަމަށެވެ. އަދި އިންޓަވިއު ކުރުމަށްފަހު، ފަނޑިޔާރުކަމަށް ޖަމީލާއި ޝަހީދު އައްޔަންކުރުމަށް ޖޭއެސްސީއަށް ލަފާއަރުވާފައިވާއިރު، އެގޮތަށް ނިންމާފައިވަނީ ޖޭއެސްސީގެ 27 ވަނަ ބައްދަލުވުމުގައި ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

Advertisement

Advertisement 1

ޖަމީލަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީއާ އެންޑް ލޯ ވިތް އޮނާސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ފަނޑިޔާރުކަމުގައި 15 އަހަރަށްވުރެ ދިގުމުއްދަތަކަށް ހިދުމަތް ކުރައްވާފައިވާއިރު، 2003 ސެޕްޓެންބަރު 23 އިން 2009 ޖަނަވަރީ 31 ވަނަ ދުވަހާ ހަމައަށް ލ. ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން އަދި 2009 ފެބްރުވަރީ 01 އިން 2019 ފެބްރުވަރީ 21 ވަނަ ދުވަހާ ހަމައަށް ސިވިލް ކޯޓުގެ ގާޒީގެ މަގާމް އޭނާ ވަނީ އަދާކުރައްވާފައެވެ.

ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވަޑައިގެންނެވުމަށްފަހު ޖަމީލް ވަނީ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ކޯޓުތަކުގައި ވަކާލާތުވެސް ކުރައްވާފައެވެ.

ޝަހީދު އަކީ ރާއްޖޭގެ އިސްލާމީ ޔުނިވަސިޓީއިން ބެޗްލަރ އޮފް ޝަރީއާ އެންޑް ލޯ ވިތް އޮނަރސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ހަނީ ވެލްޑްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން 2018 ޖުލައި 30 ވަނަ ދުވަހުން ފެށިގެން 2023 ޑިސެންބަރު 23 ވަނަ ދުވަހާ ހަމައަށް ޝަހީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވުމުގެ ކުރިން ޝަހީދު ހުންނެވީ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައެވެ.

އެމްއޭސީއެލްވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވީއައިއޭގެ އިންކްލޫސިވް ހިދުމަތުގެ ދަތުރުގައި މިއީ ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއް": ސީއީއޯ

ވީއައިއޭގެ އިންކްލޫސިވް ހިދުމަތުގެ ދަތުރުގައި މިއީ ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއް": ސީއީއޯ

1 ދުވަސް ކުރިން - 08:55

ހައްޖުވެރިން އެނބުރި އަންނާތީ، އެއަރޕޯޓަށް ދާ ފަރާތްތަކުން ސަމާލުވުމަށް އެމްއޭސީއެލުން އިލްތިމާސްކޮށްފި

ހައްޖުވެރިން އެނބުރި އަންނާތީ، އެއަރޕޯޓަށް ދާ ފަރާތްތަކުން ސަމާލުވުމަށް އެމްއޭސީއެލުން އިލްތިމާސްކޮށްފި

7 ދުވަސް ކުރިން - 17:15

އީދު ހަވީރުގައި އެމްއޭސީއެލްގެ ސްޓޯލުން ދަނގަޑޭގެ ހުނަރުތައް ފެނިގެންދާނެ

އީދު ހަވީރުގައި ދަނގަޑޭގެ ހުނަރުތައް ފެނިގެންދާނެ: އެމްއޭސީއެލް

16 ދުވަސް ކުރިން - 15:56

އޮޕަރޭޝަނަލް ދާއިރާއިން ބޮޑެތި ކުރިއެރުންތައް ވީއައިއޭ އިން ހޯދައިފި

އޮޕަރޭޝަނަލް ދާއިރާއިން ބޮޑެތި ކުރިއެރުންތައް ވީއައިއޭއިން ހޯދައިފި

27 ދުވަސް ކުރިން - 08:32

އެއާޕޯޓަށް އާމްދަނީ ވަންނާނެ އިތުރު މަގުތައް ހޯދަނީ: އެމްޑީ ޝަރީފް

އެއާޕޯޓަށް އާމްދަނީ ވަންނާނެ އިތުރު މަގުތައް ހޯދަނީ

27 ދުވަސް ކުރިން - 08:30

ވީ.އައި.އޭގެ ފެހިކަމާއި ހިތްފަސޭހަކަން ދެމެހެއްޓުމުގައި އެމްއޭސީއެލްގެ ހޯޓިކަލްޗާ ޓީމުގެ ދައުރު ބޮޑު

"ވީ.އައި.އޭގެ ހިތްފަސޭހަކަން ދެމެހެއްޓުމަށް ހޯޓިކަލްޗާ ޓީމުގެ ދައުރު"

34 ދުވަސް ކުރިން - 20:53