Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޚަރަދު %17.9 ދަށްކޮށް، ބަޖެޓްގެ ބެލެންސް 1.1 ބިލިއަން ރުފިޔާގެ ސާޕްލަސްއަކަށް

ޚަރަދު %17.9 ދަށްކޮށް، ބަޖެޓްގެ ބެލެންސް 1.1 ބިލިއަން ރުފިޔާގެ ސާޕްލަސްއަކަށް

އަައިޝަތު ޒީނާ
351 ދުވަސް ކުރިން - 31 ޖުލައި 2025 14:57
މިއަހަރުގެ ދައުލަތުގެ ބަޖެޓުގެ ލުއިފޮތް.
މިއަހަރުގެ ދައުލަތުގެ ބަޖެޓުގެ ލުއިފޮތް.
ޚުލާސާ

ދައުލަތުގެ ރިކަރަންޓް ހަރަދު 3.5 އިންސައްތައިން ދަށްވެފައިވާއިރު، ކެޕިޓަލް ހަރަދު ވަނީ 61.4 އިންސައްތައިން ދަށްވެފައި. އެއާއެކު، ދައުލަތުގެ ބަޖެޓުގެ އޯވަރއޯލް ސަރޕްލަސެއްގައި ވަނީ ދެމެހެއްޓިފައި.

ދައުލަތުގެ ބަޖެޓުން މި މަހުގެ 10 ވަމަ ދުވަހުގެ ނިޔަލަށް ކޮށްފައިވާ ހަރަދުތައް، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 17.9 އިންސައްތަ ދަށަށް ގޮސް، ދައުލަތުގެ ބަޖެޓުގެ އޯވައޯލް ބެލެންސް 1.1 ބިލިއަން ރުފިޔާގެ ސާޕްލަސްއަކަށް އަރައިފިއެވެ.

މާލީ ވުޒާރާއިން 10 ޖުލައި 2025 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި ދައުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައި، ނިމިގެންދިޔަ ހަފްތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 19.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ހަރަދާ އަޅައިބަލާއިރު 17.9 އިންސައްތަ ދަށް އަދަދެކެވެ. އެގޮތުން، ދައުލަތުގެ ރިކަރަންޓް ހަރަދު 3.5 އިންސައްތައިން ދަށްވެފައިވާއިރު، ކެޕިޓަލް ހަރަދުވަނީ 61.4 އިންސައްތައިން ދަށްވެފައެވެ.

ރިކަރަންޓް ހަރަދުގެ 58.1 އިންސައްތަ ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ކަންކަމަށް ހޭދަކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 8.9 އިންސައްތަ ދަށް އަދަދެކެވެ. އެގޮތުން އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެތީގެ ހަރަދު 66.6 އިންސައްތައިން ދަށްވެފައިވާއިރު، މަރާމާތުކުރުމާއި މެއިންޓެނަންސްގެ ހަރަދު ވަނީ 16.4 އިންސައްތައިން ދަށްވެފައެވެ. ހަމައެހެންމެ، ދައުލަތުގެ ބަޖެޓުން ދަތުރުފަތުރުކުރުމަށް ކުރެވޭ ހޭދަ މިވަނީ، ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 8.0 އިންސައްތައިން ދަށްވެފައެވެ. މިއާއި އެކު ދައުލަތުން ފޯރުކޮށްދޭ އެކި އެހީ އަދި ސަބްސިޑީތައް ފޯރުކޮށްދިނުމަށް ކުރެވުނު ހޭދަ ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 6.5 އިންސައްތައިން ވަނީ ދަށްވެފައެވެ.

Advertisement

Advertisement 1

ނިމިދިޔަ ހަފްތާގެ ނިޔަލަށް ކެޕިޓަލް ހަރަދުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވަނީ 2.3 ބިލިއަން ރުފިޔާއެވެ. އެގޮތުން، މަގުހެދުމާއި ބްރިޖް އަދި އެއާޕޯޓް ތަރައްގީކުރުމަށް ހިނގާފައިވާ ހަރަދު ހިމަނައިގެން، އިންފްރާސްޓްރަކްޗާ އެސެޓްތަކަށް 1.9 ބިލިއަން ރުފިޔާ މިއަހަރުގެ ތެރޭގައި މިވަނީ ހޭދަކޮށްފައެވެ. މިއީ މިއަހަރަށް މިކަންކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގެ 16.9 އިންސައްތައެވެ.

2025 ވަނަ އަހަރަށް އެކުލަވައިލައިފައިވާ ދައުލަތުގެ ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ.) އަށް 12.4 ބިލިއަން ރުފިޔާ ހިނގާނެކަމަށް ލަފާކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް މިފަދަ ޕްރޮގްރާމްތަކަށް ހޭދަކޮށްފައިވަނީ 2.2 ބިލިއަން ރުފިޔާއެވެ. އަދި ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ހިނގާފައިވާ ޕީ.އެސް.އައި.ޕީ ހަރަދުގެ ބޮޑު އިންސައްތައެއް، ބިން ހިއްކުމާއި މަގު ހެދުމުގައި މަޝްރޫއުތަކަށް ހޭދަކޮށްފައިވި ނަމަވެސް، މި އަހަރުގެ ތެރޭގައި ހިނގާފައިވާ ޕީ.އެސް.އައި.ޕީ ހަރަދުގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމާ ގުޅޭ ތަފާތު އެކި މަޝްރޫއުތަކަށް ކޮށްފައިވާ ހަރަދެވެ. އެގޮތުން މިފަދަ މަޝްރޫއުތަކަށް ޖުމުލަ 1.2 ބިލިއަން ރުފިޔާ މިއަހަރުގެ ތެރޭގައި މިވަނީ ހަރަދުކޮށްފަ އެވެ. މީގެ ތެރޭގައި ވެލާނާ އެއާޕޯޓް ނިންމުމަށް ހިނގާ ހަރަދުތައް ފާހަގަކޮށްލެވެ އެވެ. މީގެ އިތުރުން ބޯހިޔާވަހިކަމުގެ އެކިއެކި މަޝްރޫއުތަކަށް 108.6 މިލިއަން ރުފިޔާ ހިރަދުކޮށްފައިވާކަންވެސް ފާހަގަކޮށްލެވެ އެވެ. ހަމައެއާއެކު ޕީ.އެސް.އައި.ޕީ އާ ގުޅޭ ތަފާތު އެކި ސިޔާސަތުތައް ހަރުދަނާކުރުމަށް މިއަހަރުގެ ތެރޭގައި ސަރުކާރުން ކުރަމުންދާ ގިނަ މަސައްކަތްތަކާއެކު، މިފަދަ ޕްރޮގްރާމްތަކަށް ދައުލަތުގެ ބަޖެޓުން ކުރާ ޖުމުލަ ހަރަދު ވަނީ ކުޑަކުރެވިފަ އެވެ.

މިއާއެކު، ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 24.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ނިމިގެންދިޔަ އަހަރު މި މުއްދަތުގެ ތެރޭގައި ކޮށްފައިވާ ހަރަދާ އަޅައިބަލާއިރު މިއަހަރުގެ ހަރަދު 17.9 އިންސައްތަ ދަށެވެ. އެގޮތުން، ދައުލަތުގެ ރިކަރަންޓް ހަރަދު 3.5 އިންސައްތައިން ދަށްވެފައިވާއިރު، ކެޕިޓަލް ހަރަދު ވަނީ 61.4 އިންސައްތައިން ދަށްވެފަ އެވެ. އެއާއެކު، ދައުލަތުގެ ބަޖެޓުގެ އޯވައޯލް ސާޕްލަސެއްގައި ވަނީ ދެމެހެއްޓިފަ އެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޖޫން މަހު ރަސްމީ ރިޒާވް 686 މިލިއަން ޑޮލަރަށް، ނަމަވެސް، ކުރު މުއްދަތުގެ ދަރަނިތައް އަދާކުރުމާ އެކު ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް އަދިވެސް ވަރުގަދަ

ރަސްމީ ރިޒާވް 686 މިލިއަން ޑޮލަރަށް، ބޭނުންކުރެވޭ ރިޒާވް އަދިވެސް ވަރުގަދަ

1 ދުވަސް ކުރިން - 10:27

ޓެކްސްގެ އާމްދަނީ އިތުރުވުމާއެކު ދައުލަތުގެ މާލީ ހާލަތު ރަނގަޅުވެ، އާމްދަނީ 22.4 ބިލިއަން ރުފިޔާއަށް އަރައިފި

ޓެކްސްގެ އާމްދަނީ އިތުރުވެ، އާމްދަނީ 22.4 ބިލިއަން ރުފިޔާއަށް އަރައިފި

1 ދުވަސް ކުރިން - 10:22

ދައުލަތުގެ އާމްދަނީއަށް ބޮޑު ކުރިއެރުމެއް: ޓެކްސްގެ ގޮތުގައި ލިބުނު ފައިސާއާއެކު އާމްދަނީ 22.4 ބިލިއަނަށް

ޓެކްސްގެ ގޮތުގައި ލިބުނު ފައިސާއާއެކު ދައުލަތުގެ އާމްދަނީ 22.4 ބިލިއަނަށް

6 ދުވަސް ކުރިން - 19:16

އެސްޑީއެފް އަށް އެއް ބިލިއަން ރުފިޔާ ޖަމާކޮށްފި

އެސްޑީއެފް އަށް އެއް ބިލިއަން ރުފިޔާ ޖަމާކޮށްފި

27 ދުވަސް ކުރިން - 16:30

ރާއްޖޭގެ މާލީ ނިޒާމު ހަމައަކަށް އެޅިފައިވާ ކަމަށް އައި.އެމް.އެފް އިން ބުނެފި

ރާއްޖޭގެ މާލީ ނިޒާމު ހަމައަކަށް އެޅިފައިވާ ކަމަށް އައި.އެމް.އެފް އިން ބުނެފި

30 ދުވަސް ކުރިން - 10:51

ފިނޭންސް މިނިސްޓަރުގެ މަގާމަށް ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ ހަސަން ޒަރީރު އައްޔަނުކުރައްވައިފި

ފިނޭންސް މިނިސްޓަރުގެ މަގާމަށް ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ ހަސަން ޒަރީރު އައްޔަނުކުރައްވައިފި

39 ދުވަސް ކުރިން - 15:01