Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދުންފަތުގެ ބާވަތްތައް ރާއްޖެ އެތެރެކުރާއިރު ސިއްހަތުގެ އިންޒާރު ޕެކޭޖުގައި ނުޖަހާނަމަ ފިޔަވަޅު އަޅަނީ

ދުންފަތުގެ ބާވަތްތައް ރާއްޖެ އެތެރެކުރާއިރު ސިއްހަތުގެ އިންޒާރު ޕެކޭޖުގައި ނުޖަހާނަމަ ފިޔަވަޅު އަޅަނީ

އަައިޝަތު ޒީނާ
394 ދުވަސް ކުރިން - 31 ޖުލައި 2025 14:57
އެޗްޕީއޭއިން ބުނީ މިގޮތަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 28 ވަނަ ދުވަހު ކަމަށް. --
އެޗްޕީއޭއިން ބުނީ މިގޮތަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 28 ވަނަ ދުވަހު ކަމަށް. --
ޚުލާސާ

28 ޖަނަވަރީ 2026 އަށްފަހު، އުސޫލުގައިވާ ގޮތް ނޫން ގޮތަކަށް ޕެކެޓުކޮށް ލޭބަލްކޮށްފައިވާނަމަ ގާނޫނާއި ގަވާއިދުގެ މަތިން އަމަލު ކުރެވޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައި.

ދުންފަތުގެ ބާވަތްތައް ރާއްޖެ އެތެރެކުރާއިރު ސިއްހަތުގެ އިންޒާރު ޕެކޭޖުގެ ބޭރުގައި ނުޖަހާނަމަ ފިޔަވަޅު އަޅާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ދުންފަތުގެ ބާވަތްތައް ޕެކޭޖުކޮށް ލޭބަލް ޖެހުމަށް ގާނޫނު ނަންބަރު 15/2020 "ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނު" އަދި އެ ގާނޫނުގެ ދަށުން އާއްމު ކޮށްފައިވާ "ދުންފަތް ކޮންޓްރޯލް ކުރުމާ ގުލޭ އާއްމު ގަވާއިދު" (ނަންބަރު R-21/2025) ގެ ފަސްވަނަ ބާބު ބަޔާންކުރާ ގޮތުގައި ރާއްޖެ އެތެރެކުރާ ދުންފަތުގެ ބާވަތްތަކާއި ރާއްޖޭގައި ވިއްކާ ދުންފަތުގެ ބާވަތްތައް ހިމެނޭ އުފެއްދުންތައް ހުންނަންވާނެ ވަކީ ގޮތްތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.

ދުންފަތުގެ ބާވަތްތައް ޕެކޭޖުކޮށް ލޭބަލް ޖެހުމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ "ޑިޒައިން އެންޑް ލޭއައުޓް ރިކުއަމަންޓްސް ފޯ ހެލްތު ވާނިންގް" ގެ ފުރަތަމަ އިސްލާހު 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 29 ވަނަ ދުވަހު ގެޒެޓުކޮށްފައިވާކަން ވެސް އެޗްޕީއޭއިން ފާހަގަކޮށްފައިވެ އެވެ.

Advertisement

Advertisement 1

އެޗޕީއޭއިން ބުނީ އެ އުސޫލަށް އިތުރުކުރެވުނު ބައިތަކުގެ ތެރޭގައި ހީޓެޓް ޓޮބެކޯ ޕްރޮޑަކްޓްސް އާއި ނިކޮޓިން ޕައުޗު ހިމެނޭ ކަމަށެވެ. އަދި ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖެ އެތެރެ ކުރެވޭނީ ސިއްހަތުގެ އިންޒާރު ސީދާ ޕެކޭޖުގެ ބޭރަށް ޗާޕުކޮށްގެން ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ މިގޮތަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 28 ވަނަ ދުވަހު ކަމަށެވެ.

އެ ތާރީހަށްފަހު، އުސޫލުގައިވާ ގޮތް ނޫން ގޮތަކަށް ޕެކެޓުކޮށް ލޭބަލްކޮށްފައިވާނަމަ ގާނޫނާއި ގަވާއިދުގެ މަތިން އަމަލު ކުރެވޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ރާއްޖެއަކީ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ނުރައްކަލުން ސަލާމަތްވެފައިވާ ގައުމަކަށް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެގޮތުން ރާއްޖެއަށް ވޭޕްގެ ބާވަތްތައް އެތެރެކުރުމާއި، ވިއްކުމާއި ބޭނުންކުރުން ވެސް ވަނީ މަނާކޮށްފައެވެ. އަދި 2007 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އުފަންވެފައިވާ އަދި އޭގެ ފަހުން އުފަންވާ ހުރިހާ ކުދިންނަށް ދުންފަތުގެ ބާވަތްތައް ގަތުމާއި، ވިއްކުމާއި، އިސްތިޢުމާލު ކުރުން މަނާ ކުރަން ނިންމާފައިވާއިރު، މި ނިންމުން ތަންފީޒުކުރަން ފަށާނީ އަންނަ ނޮވެންބަރު މަހުގެ އެކަކުން ފެށިގެންނެވެ.

ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާ މަސައްކަތްތަކުގެ ތެރެއިން، ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތަކަށް ހާއްސަ އިނާޔަތެއް ދެއްވުމާއި ގުޅޭގޮތުން ދިރާސާއެއް ހެއްދެވުމަށްވެސް ރައީސް ވަނީ ވަޒީރުންނަށް އަންގަވާފަ އެވެ.

އެޗްޕީއޭދުންފަތް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހިމަބިހީގެ ކޭސްތައް އިތުރުވާތީ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށް އިލްތިމާސް ކޮށްފި!

ހިމަބިހި ފެތުރޭތީ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށް އިލްތިމާސް ކޮށްފި!

3 ދުވަސް ކުރިން - 16:28

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމުގެ ހޭލުންތެރިކަން އިތުރުކުރުމަށް ޖަމްއިއްޔާތަކަށް މާލީ އެހީ ދިނުމަށް ހުޅުވާލައިފި

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމުގެ ހޭލުންތެރިކަން އިތުރުކުރުމަށް ޖަމްޢިއްޔާތަކަށް މާލީއެހީ ދިނުމަށް ހުޅުވާލައިފި

11 ދުވަސް ކުރިން - 10:34

ރާއްޖޭގައި ހިމަބިހި ޖެހުނު މީހުންގެ އަދަދު 144 އަށް އަރައިފި

ރާއްޖޭގައި ހިމަބިހި ޖެހުނު މީހުންގެ އަދަދު 144 އަށް އަރައިފި

46 ދުވަސް ކުރިން - 13:22

ރާއްޖޭގައި ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ އަދަދު 11 އަށް އަރައިފި

ރާއްޖޭގައި ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ އަދަދު 11 އަށް އަރައިފި

88 ދުވަސް ކުރިން - 21:52

ސިގިރެޓާ ގުޅިގެން ސަރުކާރުން ޔޫޓާނެއް ނުނަގާ

ސަރުކާރުން ޔޫޓާނެއް ނުނަގާ

89 ދުވަސް ކުރިން - 11:51

ދުންފަތުގެ ޑިއުޓީ ކުޑަކުރުމާމެދު ސަރުކާރުން މަޝްވަރާ ފަށައިފި

ދުންފަތުގެ ޑިއުޓީ ކުޑަކުރުމާމެދު ސަރުކާރުން މަޝްވަރާ ފަށައިފި

90 ދުވަސް ކުރިން - 17:38