Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރާއްޖޭގެ އާރޓިފިޝަލް އިންޓެލިޖެންސް އެސެސްމެންޓް ރިފޯޓް ރަސްމީކޮށް އިފްތިތާހުކޮށްފި

ރާއްޖޭގެ އާރޓިފިޝަލް އިންޓެލިޖެންސް އެސެސްމެންޓް ރިފޯޓް ރަސްމީކޮށް އިފްތިތާހުކޮށްފި

އަައިޝަތު ޒީނާ
355 ދުވަސް ކުރިން - 31 ޖުލައި 2025 14:02
މި ރިފޯޓް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަދި އެން.ސީ.އައި.ޓީގެ ވެރިޔާ ޑރ. މުހައްމަދު ކިނާނަތު އަދި ޔުނެސްކޯ، ސައުތް އޭޝިޔާގެ ޑައިރެކްޓަރ މިސްޓަރ ޓިމް ކާރޓިސް. / ފޮޓޯ: އެންސީއައިޓީ
މި ރިފޯޓް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަދި އެން.ސީ.އައި.ޓީގެ ވެރިޔާ ޑރ. މުހައްމަދު ކިނާނަތު އަދި ޔުނެސްކޯ، ސައުތް އޭޝިޔާގެ ޑައިރެކްޓަރ މިސްޓަރ ޓިމް ކާރޓިސް. / ފޮޓޯ: އެންސީއައިޓީ
ޚުލާސާ

މި މަސައްކަތަކީ އެން.ސީ.އައި.ޓީ އާއި އެކު ތަފާތު އެކި ދާއިރާތައް ތަމްސީލްވާގޮތަށް އެކުލަވާލި ސްޓިއަރިންގ ކޮމިޓީއަކުން ފާއިތުވީ 10 މަސްދުވަހު ކޮށްފައިވާ މަސައްކަތުގެ މައްޗަށް އެކުލަވާލާފައިވާ ރިޕޯޓެއް.

ދިވެހިރާއްޖޭގެ އާޓިފިޝަލް އިންޓެލިޖެންސް އެސެސްމެންޓް ރިޕޯޓް ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.

އިސްލާމީ މަރުކަޒުގެ ޖަސްލާ ކުރާ މާލަމުގައި މިކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދިވެހިރާއްޖޭގެ އާޓިފިޝަލް އިންޓެލިޖެންސް އެސެސްމެންޓް ރިފޯޓް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އެން.ސީ.އައި.ޓީގެ ވެރިޔާ ޑރ. މުހައްމަދު ކިނާނަތު އަދި ޔުނެސްކޯ، ސައުތް އޭޝިޔާގެ ޑައިރެކްޓަރު ޓިމް ކާޓިސް އެވެ.

މި މަސައްކަތަކީ ޔުނެސްކޯ ގެ އިސްނެންގެވުމުގެ މަތިން، އެން.ސީ.އައި.ޓީ އާއި އެކު ތަފާތު އެކި ދާއިރާތައް ތަމްސީލްވާގޮތަށް އެކުލަވާލި ސްޓިއަރިން ކޮމިޓީއަކުން ފާއިތުވީ 10 މަސްދުވަހު ކޮށްފައިވާ މަސައްކަތުގެ މައްޗަށް އެކުލަވާލާފައިވާ ރިޕޯޓެކެވެ.

Advertisement

Advertisement 1

އޭ.އައި. ރެޑިނަސް އެސެސްމްނެޓް ރިޕޯޓް އެކުލަވާލާފައިވަނީ ޔުނެސްކޯއިން 2021 ވަނަ އަހަރު އެކަށައަޅައި، 193 ގައުމަކުން ތަސްތީދުކޮށްފައިވާ "ރިކޮމެންޑޭޝަން އޮން އެތިކްސް އޮފް އާޓިފިޝަލް އިންޓެލިޖެންސް" އަސާސަކަށް ބަލައި އޭގައިވާ ގޮތުގެ މަތިން މުޖުތަމައުގެ އެންމެން ހިމެނޭގޮތަށް ހަމަހަމަކަމާއި އިންސާފުވެރިކަމާއި އެކު، އިންސާނީ ހައްގުތަކާއި ކަރާމާތް ނުގެއްލޭފަދަ ގޮތަކަށް އަދި ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީ ކަށަވަރުކޮށްދޭނެ އުސޫލުތަކެއްގެ މަތިން ކަންކަން ބައްޓަންކޮށް މުޖުތަމައުގެ ލާބަޔާ މަންފާ ހިމެނޭގޮތަށް އޭ.އައި ގެ ބޭނުން ހެޔޮގޮތުގައި ހިފުމެވެ. އަދި މިކަންކަން ހާސިލުކުރުމުގައި ޒިންމާދާރުކަމާއި، ދެފުށް ފެންނާނޭހެން ފަރުދުންގެ ޒާތީ މައުލޫމާތަށް ރައްކާތެރިވުމަށް ބާރުއެޅުންވެސް މި އޮނިގަޑުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. މުހައްމަދު ކިނާނަތު ވިދާޅުވެފައިވަނީ މި ރިޕޯޓުގެ ސަބަބުން ޓެކްނޮލޮޖީއާއި ގުޅިގެން ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތު ތަންފީޒުކުރުމުގައި އިތުރު އެހީތެރިކަމެއް ލިބި އަދި ހާއްސަކޮށް އޭ.އައިގެ ރޮނގުން ކުރިއެރުން ހޯދުމުގެ ދުވެލި ބާރުވެގެންދާނެކަމަށެވެ. އަދި މި މަޝްރޫއު ހިންގަވައިދެއްވިކަމަށްޓަކައި ޔުނެސްކޯ އަށާއި، "ރޭމް" ސްޓިއަރިން ކޮމިޓީ އަދި އެން.ސީ.އައި.ޓީގެ ބޭފުޅުންނަށް ޝުކުރުދެންނެވި އެވެ.

މި ބައްދަލުވުމުގައި ޔުނެސްކޯ، ސައުތް އޭޝިޔާގެ ޑައިރެކްޓަރު ޓިމް ކާޓިސް އަދި އ.ދ. އިން ދިވެހިރާއްޖޭއަށް ކަނޑަ އަޅުއްވާފައިވާ ރެސިޑެންޓް ކޯޑިނޭޓަރު ހައޯ ޒެންގް އަދި​ޔުނެސްކޯގެ ސައުތް އޭޝިޔާގެ ރީޖަނަލް އޮފީހުގެ ޗީފް އޮފް ސޯޝަލް އެންޑް ހިއުމަން ސައިންސް ސެކްޓާ، އިންސޮގް ކިމްގެ އިތުރުން ސަރުކާރުގެ އެކި ވުޒާރާތަކުގެ އިސްވެރިންނާއި ޓެކްނޮލޮޖީ ދާއިރާ ތަމްސީލްކުރާ ގިނަ ފަރާތްތަކަކުން ބައިވެރިވަޑައިގެންނެވި އެވެ.

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީއެންސީއައިޓީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގޭންގުތަކުން ރަށުތެރޭގެ އަމަންނަގާލުން ބޮޑުތަނުން ކޮންޓްރޯލްކުރެވިއްޖެ: އިހުސާން

ގޭންގުތަކުން ރަށުތެރޭގެ އަމަންނަގާލުން ބޮޑުތަނުން ކޮންޓްރޯލްކުރެވިއްޖެ: އިހުސާން

22 ދުވަސް ކުރިން - 09:03

ގަވާއިދާ ހިލާފުވާ ހުރިހާ ބިދޭސީން ޑީޕޯޓް ކުރަނީ

ގަވާއިދާ ހިލާފުވާ ހުރިހާ ބިދޭސީން ޑީޕޯޓް ކުރަނީ

69 ދުވަސް ކުރިން - 09:33

މޯލްޑިވްސް ޑިޖިޓަލް ސަމިޓް މި މަހުގެ 27 ގައި ބާއްވަން ތައްޔާރުވެއްޖެ

މޯލްޑިވްސް ޑިޖިޓަލް ސަމިޓް މިމަހުގެ 27 ގައި

85 ދުވަސް ކުރިން - 08:52

ގަވައިދާ އެއްގޮތަށް އުޅޭ ބިދޭސީންގެ އަދަދު 62 ޕަސެންޓަށް އިތުރުވެއްޖެ: މިނިސްޓަރު އިހުސާން

62 ޕަސެންޓް ބިދޭސީންގެ ތިބީ ގަވާއިދާ އެއްގޮތަށް

89 ދުވަސް ކުރިން - 13:20

ބުލީކުރާ ފަރާތްތަކާ މެދު ޖިނާއީ ފިޔަވަޅު އެޅުމަށް އޭޖީ އޮފީހާއެކު މަސައްކަތް ފަށައިފި

ބުލީކުރާ ފަރާތްތަކަށް ޖިނާއީ ފިޔަވަޅު އެޅުމަށް މަސައްކަތްކުރަނީ

89 ދުވަސް ކުރިން - 12:23

ދަނާލުގައި މަރުވި ޒުވާނާ ފުލުހުންނަށް ގުޅިކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް: އިހްސާން

"ދަނާލުގައި މަރުވި ޒުވާނާ ފުލުހުންނަކަށް ނުގުޅާ"

89 ދުވަސް ކުރިން - 12:17