އިސްރާއީލުން ނަސްލެއް ނައްތާލާކަމަށް ޔޫއޭއީ އާއި މިޞްރުން ޤަބޫލެއްނުކުރޭ

ޢަބްދުﷲ ޖުނައިދު | 13 ދުވަސް ކުރިން - 31 ޖުލައި 2025 13:02
މިޞްރާއި ޔޫއޭއީގެ ލީޑަރުން އިސްރާއީލާއެކު މަޝްވަރާއެއްގައި  / ފޮޓޯ: އަލްޖަޒީރާ
މިޞްރާއި ޔޫއޭއީގެ ލީޑަރުން އިސްރާއީލާއެކު މަޝްވަރާއެއްގައި / ފޮޓޯ: އަލްޖަޒީރާ
ޚުލާސާ

ޣައްޒާގައި އެ ހިންގަނީ ނަސްލު ނައްތާލުން ކަމަށް ޣައިރު ޤައުމުތަކުން ވެސް ބުނޭ. އިސްލާމީ ބޮޑެތި ޢަރަބި ޤައުމުތަކުގެ ތެރެއިން މިކަމާއި ދެކޮޅުހަދަނީ މިޞްރާއި ޔޫއޭއީ.

ޣައްޒާގައި އިސްރާއީލުން ހިންގާ ޤަތުލުޢާއްމާއި ގުޅިގެން ޣައިރު މުސްލިމް ޤައުމުތައް ހިމެނޭ ގޮތަށް އެތައް ޤައުމަކުން ރުޅިވެރިކަން ފާޅުކޮށް، ފަލަސްޠީނުގެ ނަސްލު ނައްތާލަނީ ކަމަށް ބުނަމުންދާއިރު މިސްރާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ފަދަ މުހިންމު އަރަބި ޤައުމުތަކުން އިސްރާއީލާއި އެއްގަލަކަށް އަރައިފި އެވެ.

އިސްރާއީލުން ބުނީ ތިމަންނަމެން ފަލަސްޠީނުގެ ނަސްލު ނައްތާލުމަށް އެއްވެސް މަސައްކަތެއް މިހާތަނަށް ކޮށްފައި ނުވާކަމަށެވެ. މިޞްރާާއި ޔޫއޭއީން ވެސް ބުނީ ޣައްޒާގައި އެ ހިންގަނީ ނަސްލު ނައްތާލުމެއް ނޫން ކަމަށެވެ.

ޖުލައި 24 ވަނަ ދުވަހު ދުނިޔޭގެ އިންސާނީ ޙައްޤުތަކުގެ މޮނިޓަރުން އެކުލަވައިލި އަދި މީޑިއަލް އީސްޓް މޮނިޓަރާއި އަލްޖަޒީރާއިން ރިޕޯޓްކުރި ލިސްޓެއްގައި ވަނީ އިސްރާއީލުން އެ ހިންގާ ޤަތުލުޢާއްމަކީ ޣައްޒާގެ ނަސްލު ނައްތާލުން ކަމަށް ބުނެ 40 އަށް ވުރެ ގިނަ ގައުމުން އެކަމާއި އެއްބަސްވާ ކަމަށް ބުނެފައެވެ. އެ ލިސްޓުގައިވާ ދެކުނު އެފްރިކާ، ބޮލީވިއާ، ކޮލަމްބިއާ އަދި އަޔަލޭންޑް ފަދަ ޣައިރު މުސްލިމު ދައުލަތްތަކުން އިސްރާއީލާއި ދެކޮޅަށް ނަސްލު ނައްތާލުމުގެ ތުހުމަތުތައް ރަސްމީކޮށް ލޭބަލް ކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ.

ދެކުނު އެފްރިކާއިން ވަނީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް އިސްރާއީލާއި ދެކޮޅަށް ނަސްލު ނައްތާލާ ކަމަށް ބުނެ މައްސަލައެއް ވެސް ހުށަހަޅާފައިކަން ފާހަގަކޮށްލަން ޖެހެއެވެ.

މިހެން ކަންތައް ކުރި ނަމަވެސް މިޞްރާއި ޔޫއޭއީ އިން ދަނީ "ނަސްލު ނައްތާލުން" މި ލަފުޒު ބޭނުން ކުރުމާއި ދެކޮޅުހަދައި، އިސްރާއީލާއި އެކު ސިޔާސީ ގޮތުންނާއި އިޤްތިޞާދީ ގޮތުން އިތުރަށް ގުޅުންތައް ވަރުގަދަ ކުރަމުންނެވެ.

އެންމެ ނުފޫޒުގަދަ ދެ ޢަރަބި ޤައުމުން އިސްރާއީލުން ޣައްޒާގެ "ނަސްލު ނައްތާލަނީ" ކަމަށް ދެކޮޅުހެދިޔަސް، ދެ ޤައުމުން ވެސް ޙަމަލާތައް ހުއްޓާލުމަށް ބާރުއަޅާ ކަން ފާހަގަކުރެވެއެވެ.

ތުހުމަތު ކުރެވޭ ގޮތެއްގައި މިޞްރުން އިސްރާއީލާއި ދެކޮޅަށް ފާޅުގައި ތެދުނުވަނީ އެމެރިކާ އާއި އެކު ހަދާފައިވާ “ޑީލެއް”ގެ ސަބަބުންނެވެ.

އެމެރިކާއިން މިޞްރަށް އަހަރަކު ގާތްގަނޑަކަށް 1.3 ބިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދޭއިރު، މިއީ އިސްރާއީލަށް ފަހު އެމެރިކާގެ އެހީ އެންމެ ގިނައިން ލިބޭ ޤައުމެވެ. މި އެހީ ދޭން ފެށީ 1978 ވަނަ އަހަރު ވެފައިވާ ކޭމްޕް ޑޭވިޑް ޞުލްޙައިގެ އެއްބަސްވުންތަކުގެ ތެރެއިންނެވެ. އޭރުއްސުރެ އެމެރިކާ އިން އެހީގެ ގޮތުގައި މިޞްރަށް 80 ބިލިއަން ޑޮލަރަށް ވުރެ ގިނަ ޑޮލަރު ލިބިފައިވެއެވެ.

ކޭމްޕް ޑޭވިޑް އެއްބަސްވުމަކީ އެމެރިކާގެ ނުފޫޒުގައި މިޞްރާއި އިސްރާއީލާއި ދެމެދު 1978 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގައި މިސްރުން ވަނީ އިސްރާއީލަށް ތާއަބަދުމެ ހަމަޖެހިގެން އުޅެވޭނެ މަގު ފަހިކޮށްދިނުމަށް އެއްބަސްވެފައެވެ. މާނައަކީ އިސްރާއީލުގެ ބުރަކައްޓަށް “ވަޅިއެއް ޖަހާނަމަ” އެކަން ހުއްޓުވުމަށް މިޞްރުން އަބަދުވެސް މަސައްކަތް ކުރާނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%