ލަންކާގެ ނުރައްކަލަށް އޮތް ގައުމުތަކުގެ ލިސްޓުން ރާއްޖެ އުނިކޮށްފި

އައިޝަތު ޝިފްނާ ހުސައިން | 13 ދުވަސް ކުރިން - 31 ޖުލައި 2025 13:53
ލަންކާގެ ރައީސް ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން.—-ފޮޓޯ:ރައީސް އޮފީސް
ލަންކާގެ ރައީސް ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން.—-ފޮޓޯ:ރައީސް އޮފީސް
ޚުލާސާ

މި ނިންމުން ނިންމެވީ ލަންކާގެ ރައީސް ރާއްޖެއަށް ކުރެއްވި ދަތުރުފުޅާއި ގުޅިގެން.

ސްރީލަންކާގެ ސަލާމަތަށް ނުރައްކަލެއް އޮތް އެހެން ގައުމު ތަކުގެ ލިސްޓުން ރާއްޖެ އުނިކޮށްފިއެވެ.

2019 ވަނަ އަހަަރު ލަންކާއަށް ދިން ހަމަލާތަކަށްފަހު އެ ގައުމުގެ ކަންކަން ވަރުގަދަ ކުރުމަށް ނުރަށްކާވާނެ ގައުމުތަކުގެ ލިސްޓަށް ވަނީ ރާއްޖެވެސް ލާފައެވެ.

އެ ލިސްޓުގައި ރާއްޖެ ހިމަނާފައިވާތީ، ދިވެހި ސަރުކާރުގެ ހިތްހަމަނުޖެހުން ލަންކާ ސަރުކާރާ ހަމައަށް ގެންގޮސްފައިވާކަން އެނގިފައިވެ އެވެ.

ދިވެހި ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ ލަންކާގެ ގާޑިއަން ނޫހުން ބުނީ، ލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކެގެ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ލިސްޓުން ރާއްޖެ މިހާރު އުނިކޮށްފައިވާ ކަމަށެވެ.

ލަންކާގެ ރައީސް ދަތުރުފުޅު ނިންމަވާލައްވައި، ރޭ ރާއްޖެއިން ފުރާވަޑައިގެންނެވި ވަގުތާ ދިމާކޮށް، އިއްޔެއިން ފެށިގެން ރާއްޖެއަށް އަންނަ ލަންކާ މީހުންނަށް 90 ދުވަހާ ހަމައަށް އޮން އެރައިވަލް ވިސާ ދޭން ނިންމައި، ރާއްޖޭގެ އިމިގްރޭޝަނުން ވަނީ އިއުލާނުކޮށްފަ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%