މިލަންދޫއިން މަސްތުވާތަކެއްޗާއެކު 2 މީހަކު ހައްޔަރުކޮށްފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 79 ދުވަސް ކުރިން - 31 ޖުލައި 2025 13:56
މަސްތުވާތަކެތީގެ މައްސަލާގައި މިލަންދޫ އިން ހައްޔަރުކުރެވުނު 2 މީހުން: ފޮޓޯ/ ދިވެހި ފުލުހުންގެ ހިދުމަތް---
މަސްތުވާތަކެތީގެ މައްސަލާގައި މިލަންދޫ އިން ހައްޔަރުކުރެވުނު 2 މީހުން: ފޮޓޯ/ ދިވެހި ފުލުހުންގެ ހިދުމަތް---
ޚުލާސާ

ފުލުހުން ބުނެފައިވާ ގޮތުގައި މިލަންދޫގައި ހިންގި މި އޮޕަރޭޝަނުގައި އެ ދެމީހުންގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ 2 ކަރުދާސްކޮޅު ވަނީ ފެނިފައި

މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރުން ހުއްޓުވުމަށް މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން، ށ. މިލަންދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި އެރަށުން ދެ މީހުން ހައްޔަރުކޮށްފި އެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ، މި ހިނގާ ޖުލައި މަހުގެ 27 ވަނަ ދުވަހު މިލަންދޫގައި ހިންގި އޮޕަރޭޝަނުގައި އެރަށުން ހައްޔަރުކޮށްފައިވާ ކަަމަށެވެ. ފުލުހުން މިހާރު ވަނީ ހައްޔަރުކުރި 2 މީހުންގެ ވަނަވަރު އާންމުކޮށްފަ އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ށ. މިލަންދޫ / ތަބުރުމާގެ، މުހައްމަދު ނަޖާހު (29އ)، އަދި ށ. މިލަންދޫ / ކުދިލުބޯގެ، އަޙްމަދު އަރާސް (23އ) އެވެ. މިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި މި ދެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ކަރުދާސްކޮޅު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި މައްސަލައާ ގުޅިގެން މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ މި ދެ މީހުން ވެސް 15 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.



TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%