ލަންކާގެ ރައީސް އެނބުރި ގައުމަށް ފުރާވަޑައިގެންފި

އައިޝަތު ޝިފްނާ ހުސައިން | 14 ދުވަސް ކުރިން - 30 ޖުލައި 2025 23:19
ލަންކާ ރައީސް ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ތެރެއިން.--ފޮޓޯ:ރައީސް އޮފީސް
ލަންކާ ރައީސް ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ތެރެއިން.--ފޮޓޯ:ރައީސް އޮފީސް
ޚުލާސާ

ލަންކާގެ ރައީސް ރައްޖެ ވަޑައިގަތީ ތިން ދުވަހަށެވެ.

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރު ޑިސަނަޔެކެ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައި މިރޭ ފުރާވަޑައިގެންފި އެވެ.

މިދިޔަ ހޯމަ ދުވަހު ޑިސަނަޔަކެ ރާއްޖެ ވަޑައިގަތީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް، ތިން ދުވަހަށެވެ.

މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިިކުރުމުގެ މަޝްވަރާތަކާއި ދެ ގައުމުގެ ރަސްމީ ވާހަކަތައް ދެއްކިފައިވެ އެވެ. އަދި ދެ ގައުމުގެ ދެމެދު މުހިންމު ދާއިރާތަކުން އެއްބާރުލުން ދިނުމުގެ ލިޔެކިޔުމެއްގައި ސޮއި ކުރައްވާފައިވެސް ވެއެވެ.

މި ދަތުރުފުޅުގައި ލަންކާގެ ރައީސް ވަނީ ރާއްޖޭގެ އިންވެސްޓަރުންނަށް ލަންކާގައި އިންވެސްޓުކުރުމަށް ދައުވަތު އަރުވާފައެވެ.

ލަންކާ އާއި ރާއްޖޭގެ ހާރިޖީ ގުޅުން ދަމަހައްޓަމުން އަންނަތާ މިހާރު 60 އަހަރު ވެއްޖެއެވެ.

ދިވެހިރާއްޖޭގެ "5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް"ގެ ދަށުން، ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ، އިންދެވީ މޫނިމާ ގަހެކެވެ. މި ހަރަކާތަކީ ދެގައުމުގެ އެކުވެރިކަމުގެ ބަދަހި ގުޅުމާއި ތިމާވެށި ހިމާޔަތް ކުރުމުގައި ދެ ގައުމު ހިއްސާކުރާ ޒިންމާގެ ރަމްޒެއްގެ ގޮތުގައި ކުރިއަށްގެންދެވި ހަރަކާތެކެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%