ސުނާމީއެއް ނާރާނެ! އިންޒާރު ކެންސަލް - އެމެރިކާ

ޢަބްދުﷲ ޖުނައިދު | 17 ދުވަސް ކުރިން - 30 ޖުލައި 2025 16:26
އެމެރިކާގެ ހަވާއީގެ ބީޗު ސަރަޙައްދު: ސުނާމީ އަރާނެ ކަމަށް އެ ޤައުމުން ނެރުނު އިންޒާރު މިހާރު ކެންސަލް ކޮށްފި / ފޮޓޯ: ދަ ގާޑިއަން
އެމެރިކާގެ ހަވާއީގެ ބީޗު ސަރަޙައްދު: ސުނާމީ އަރާނެ ކަމަށް އެ ޤައުމުން ނެރުނު އިންޒާރު މިހާރު ކެންސަލް ކޮށްފި / ފޮޓޯ: ދަ ގާޑިއަން
ޚުލާސާ

ޕެސިފިކް އަށް އައި 8.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމާއި ގުޅިގެން އެމެރިކާއަށް ސުނާމީ އަރާފާނެ ކަމަށް ލަފާކޮށް ނެރުނު އިންޒާރު އެ ޤައުމުން ކެންސަލް ކޮށްފި.

ރަޝިއާގެ އިރިން އޮންނަ ކަމްޗަޓްކާ ޕެނިންސިއުލާ އަށް މިއަދު އައި ބާރު ގަދަ ބިންހެލުމާއި ގުޅިގެން އެ ޤައުމަށާއި ޖަޕާނަށް ސުނާމީ އެރިއިރު، އެމެރިކާ އަށް ވެސް ސުނާމީނއަރާނެ ކަމަށް ނެރުނު އެލާޓް އެ ޤައުމުން ކެންސަލް ކޮށްފިއެވެ.

8.0 މެގްނިޓިއުޑްގައި ފުރަތަމަ ރެކޯޑްކޮށް އަދި ފަހުން 8.8 އަށް އަޕްގްރޭޑް ކުރި މި ބިންހެލުމުގެ ސަބަބުން ޕެސިފިކް ސުނާމީ ވާނިން ސެންޓަރު (ޕީޓީޑަބްލިއުސީ) އިން ވަނީ އެމެރިކާގެ ހަވާއީ އާއި އެލަސްކާ އަދި އެމެރިކާގެ ހުޅަނގު އައްސޭރިފަށަށް ސުނާމީ އަރާނެ ކަމަށް އިންޒާރުތަކެއް ދީފައެވެ.

އެމެރިކާގެ އިމަޖެންސީ މެނޭޖްމަންޓް އެޖެންސީތަކުން މިއަދު އެ ޤައުމުގެ އައްސޭރިފަށުގެ ރައްޔިތުންނަށް އިލްތިމާސް ކުރީ ގޮނޑުދޮށްތަކާއި ތިރި ސަރަހައްދުތަކުގައި ނުތިބުމަށެވެ.

ނޭޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަނުން ބުނީ މިއަދުގެ ބިންހެލުމުގެ ސަބަބުން އެ ސަރަޙައްދުގެ ކަނޑުގެ ލޮނުގަނޑަށް އައި ވަރަށް ކުދިކުދި ބަދަލުތަކެކެވެ.

ސުނާމީ އެއްގައި އެމެރިކާއަށް މިހާތަނަށް އެންމެ ބޮޑު ގެއްލުމެއް ލިބުނީ 1964 ވަނަ އަހަރު މާޗް 27 ވަނަ ދުވަހުއެވެ. އެ ބިންހެލުމުގައި ސުނާމީ އަރައި އެލަސްކާގެ އައްސޭރިފަށް “ދޮވެލައި” ސުނާމީގެ ރާޅުތައް ޕެސިފިކް ކަނޑު ހުރަސްކޮށް އެމެރިކާގެ ހުޅަނގު އައްސޭރިފަށަށް ގޮސް ކެލިފޯނިއާ އަށް ވެސް އަރައި 131 މީހުން މަރުވިކަން ފާހަގަ ކުރެވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%