އިންޒާރު ކެންސަލްކުރި އެމެރިކާއަށް ސުނާމީ އަރައިފި

ޢަބްދުﷲ ޖުނައިދު | 14 ދުވަސް ކުރިން - 30 ޖުލައި 2025 17:55
ކެލިފޯނިއާގެ ސެން ފްރެންސިސްކޯގެ މަގެއް ހުރަސްކޮށްފައި މީހަކު ދަނީ : ސުނާމީގެ ސަބަބުން އުފެދުނު ރާޅުގެ އަސަރު ކުރިޔަސް ގެއްލުމެއް ނުލިބޭ / ފޮޓޯ: ރޮއިޓާސް
ކެލިފޯނިއާގެ ސެން ފްރެންސިސްކޯގެ މަގެއް ހުރަސްކޮށްފައި މީހަކު ދަނީ : ސުނާމީގެ ސަބަބުން އުފެދުނު ރާޅުގެ އަސަރު ކުރިޔަސް ގެއްލުމެއް ނުލިބޭ / ފޮޓޯ: ރޮއިޓާސް
ޚުލާސާ

ސެންފްރެންސިސްކޯގެ ބީޗުން ފެށިގެން 75 މީޓަރު ދުރުމިނަށް ރާޅު އަރާފައިވާއިރު މީހަކަށް ގެއްލުމެއް ނުލިބޭ.

ރަޝިޔާގެ އަށް އައި 8.8 މެގްނިޓިއުޑްގެ ބޮޑު ބިންހެލުމައި ވިދިގެން މިއަދު އުފެދުނު ސުނާމީގައި އެމެރިކާއަށް ނުރައްކަލެއް ނެތް ކަމަށް އެ ޤައުމުން ބުނެ، އެލާޓް ލެވެލް ދަށްކުރި ފަހުން ސުނާމީގެ ރާޅު އަރައިފިއެވެ.

އެގޮތުން ކެލިފޯނިއާގެ ބައެއް ހިސާބުތަކަށް ރާޅު އެރިއިރު އޭގެތެރޭގައި ސެން ފްރެންސިސްކޯ ވެސް ހިމެނެއެވެ.

ޕެސިފިކް ސުނާމީ އިންޒާރުދޭ މަރުކަޒުން ފުރަތަމަ ވެސް ބުނީ އެމެރިކާގެ ހުޅަނގު އައްސޭރިފަށަށް ސުނާމީ އަރާނެ ކަމަށެވެ. އަދި އެލާޓް ވެސް ނެރުނެވެ. ނަމަވެސް ފަހުން ވަނީ އެ އިންޒާރު ކެންސަލް ކޮށްފައެވެ. ރާޅު އެރީ އޭގެ އަސަރެއް ނުކުރާނެ ކަމަށް ނިންމައިގެން ތިއްބައެވެ.

އިކޮނޮމިކް ޓައިމްސްގެ ރިޕޯޓުތައް ބުނާ ގޮތުގައި ސެން ފްރެންސިސްކޯގައި ފޫޓަކާއި ހަމައަށް ރާޅު އަރާފައި ވެއެވެ. ނަމަވެސް ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ކަނޑުގެ ރާޅުގަނޑު 2.5 ފޫޓަށް އުފުލުނު ކަމުގައި ވިޔަސް މީހަކަށް ގެއްލުމެއް ނުލިބެއެވެ. އަދި ޢިމާރާތަކަށް ވެސް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ނެތެވެ. ރާޅު އަރާފައި ވަނީ ބީޗުން ފެށިގެން އެއްގަމަށް 75 މީޓަރު ދުރުމިނަށެވެ. އެމެރިކާގެ އެއްވެސް ހިސާބަކަށް މިފަހަރުގެ ސުނާމީ އާއި ގުޅިގެން ބޮޑު ރާޅު އަރައި ބޮޑެތި ގެއްލުންތަކެއް ލިބިފައެއް ނުވެއެވެ.

ސެން ފްރެންސިސްކޯގެ ޢާންމު ޙާލަތު ރަނގަޅު ކަމަށާއި އިންޓަނޭޝަނަލް އެއާޕޯޓްގެ އޮޕަރޭޝަންތަކަށް ވެސް އެއްވެސް ބުރުލެއް ނާރާ ކަމަށް ވެސް އެމެރިކާގެ ޚަބަރުތައް ބުނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%