މިއަދުގެ ސުނާމީ - ދުނިޔޭގެ ތާރީޚުގައި ހަވަނައަށް އެންމެ ބާރުގަދަ ސުނާމީ

ޖަވާދު | 15 ދުވަސް ކުރިން - 30 ޖުލައި 2025 11:59
ފޮޓޯ: އޭޕީ
ފޮޓޯ: އޭޕީ
ޚުލާސާ

ޖަޕާނުގެ ފުކުޝީމާ ނިއުކްލިއަ ޕްލާންޓް ހުސްކޮށް، ސެންޑައި އެއާޕޯޓް ބަންދުކޮށްފައިވާއިރު ރަޝިއާއަށް ސުނާމީގެ ރާޅު އަރައިފި. އެމެރިކާގެ ހަވާއީގެ ގެތައް ދަނީ ހުސްކުރަމުން.

ރަޝިޔާގެ ކަމްޗަޓްކާ ޕެނިންސުލާއަށް މިއަދު ހެނދުނުގެ ވަގުތެއްގައި އައި 8.8 މެގްނިޓިއުޑްގެ ބޮޑު ބިންހެލުމަކީ، މިހާތަނަށް ރެކޯޑްކުރެވުނު އެންމެ ބާރުގަދަ ހަ ބިންހެލުމުގެ ތެރެއިން އެއް ބިންހެލުން ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ވަނީ ދުނިޔޭގެ ތާރީހުގައި 2010 ވަނަ އަހަރު ޗިލީ އާއި 1906 ވަނަ އަހަރު އިކުއެޑޯ އަށް އައި ބިންހެލުމާއި މިއަދުގެ ބިންހެލުން އެއްވަރުކޮށްފަ އެވެ.

ރަޝިއާއަށް މިއަދު ސުނާމީގެ ރާޅު އަރާފައި / އެކްސް

މިއަދުގެ ބިންހެލުން މަރުކަޒު ކޮށްފައި ވަނީ 165،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ސިޓީއެއް ކަމަށްވާ ޕެޓްރޯޕަވްލޮވްސްކް-ކަމްޗަޓްސްކީގެ އިރުދެކުނު 74 މޭލު (119 ކިލޯމީޓަރު) ދުރުގަ އެވެ. ރަޝިޔާގެ ދައުލަތުގެ ނޫސް އެޖެންސީ ޓާސް އިން ބުނި ގޮތުގައި ބައެއް މީހުން ޒަޚަމްވެފައިވާއިރު، މިހާތަނަށް އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ. 2،000 މީހުންގެ އާބާދީއެއް އޮންނަ ބަނދަރު ރަށެއް ކަމަށްވާ ސެވެރޯ-ކުރިލްސްކް އަށް ބިންހެލުމުގެ ކުޑައިރުކޮޅެއް ފަހުން 10-13 ފޫޓު (3-4 މީޓަރު) ގެ ސުނާމީ ރާޅުތަކެއް އަރައި، އެ ސަރަހައްދު މިހާރު ވަނީ ފެންބޮޑުވެފައެވެ. ރަޝިއާގެ އިދާރާތަކުން ބުނަނީ 7 މެގްނިޓިއުޑްގެ އާފްޓަޝޮކް އައިސްދާނެ ކަމަށެވެ.

ޖަޕާނުގައި ހޮކައިޑޯގެ އައްސޭރިފަށުގެ ރަށްތަކަށް ވެސް 40 ސެންޓިމީޓަރު (16 އިންޗި) އާ ހަމައަށް ސުނާމީ ރާޅުތަކެއް އަރާފައިވާއިރު، ގާތްގަނޑަކަށް ދެ މިލިއަން މީހުން މިހާރު ވަނީ ރައްކާތެރި ތަންތަނަށް ގެންދިއުމުގެ މަސައްކަތް ފަށާފައެވެ. މިއާއިނއެކު ފުކުޝިމާ ނިއުކްލިއާ ޕްލާންޓް ވެސް ވަނީ ހުސްކޮށްފަ އެވެ. މީގެ އިތުރުން ސެންޑައި އެއާޕޯޓް ބަންދުކޮށް، އައްސޭރިފަށުގެ ސަރަހައްދުތަކުގައި ރޭލު ދަތުރުތައް މިހާރު ވަނީ މެދުކަނޑާލާފައެވެ.

އެމެރިކާމއަށް ބަލާލާއިރު، ހަވާއީގައި މިހާރު ވަނީ ސުނާމީގެ އިންޒާރުތައް ދޭން ފަށާފައެވެ. މި ވަގުތު ގެތަކުން މީހުން ހުސްކުރުމަށް ވަނީ އަމުރުކޮށްފައެވެ. އެމެރިކާގެ ހުޅަނގު އައްސޭރިއާއި އަލަސްކާ އަށް ވެސް ސުނާމީ އަރާނެ ކަމަށް ބެލެވެއެވެ.

ދުނިޔޭގައި ފަސް ވަނައަށް އެންމެ ބާރުގަދަ ބިންހެލުން ކަމަށްވާ 9.0 ގެ ބިންހެލުން ވެސް އައީ ކަމްޗަޓްކާއަށެވެ. އެއީ 1952 ވަނަ އަހަރު އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%