ސުނާމީގެ އަސަރެއް ރާއްޖެއަކަށް ނުކުރާނެ:މެޓް އޮފީސް

އައިޝަތު ޝިފްނާ ހުސައިން | 17 ދުވަސް ކުރިން - 30 ޖުލައި 2025 12:42
ފޮޓޯ:އެފްއެމްޓީ
ފޮޓޯ:އެފްއެމްޓީ
ޚުލާސާ

މި ބިންހެލުން އައީ އެ ގައުމުގެ އިރުމަތީގައި އޮންނަ ކަމްޗަޓްކާ ޕެނިންސިއުލާއަށް.

ރަޝިއާ ސަރަހައްދަށް މިއަދު އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން ބައެއް ގައުމުތަކަށް ސުނާމީ އެރުމުގެ ފުރުސަތު އޮތްނަމަވެސް، ރާއްޖެއަށް އެއްވެސް ބިރުވެރިކަމެއް ނެތްކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) މިއަދު ބުނެފިއެވެ.

މެޓުން ބުނީ ރަޝިއާއަކީ ރާއްޖެއާއި ވަރަށް ދުރު ގައުމެއް ކަމުން އޭގެ އަސަރު ރާއްޖެއަށް ކުރުމުގެ ފުރުސަތު ނެތްކަމަށެވެ.

މި ބިންހެލުން އައީ އެ ގައުމުގެ އިރުމަތީގައި އޮންނަ ކަމްޗަޓްކާ ޕެނިންސިއުލާއަށެވެ. މި ބިންހެލުން އައިސްފައިވަނީ 136 ކިލޯމީޓަރު ދުރުން، 8.7 މެގްނެޓިއުޑުގެ ބާރުމިނުގައެވެ.

މިކަމާއި ގުޅިގެން މިހާރުވަނީ ރަޝިއާއާއި ޖަޕާނުގެ ސަރަހައްދުތަކަށް ސުނާމީ އަރާފައެވެ. އަދި އޮސްޓްރޭލިއާއާއި، ޖަޕާނާއި އެމެރިކާގެ ހަވާއީ ސަރަހައްދަށް ސުނާމީ އަރާނެކަމުގެ މައުލޫމާތު ލިބިފައިވެއެވެ.

އިންޑޮނޭޝިއާ ސަރަހައްދަށް އިއްޔެ އައި ބިންހެލުމައި ރާއްޖެއަށް ލޮޅުމެއް އައިކަމަަށް ގިނަ ބަޔަކު ރިޕޯޓުކުރިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%