ކާށިދޫ ކަނޑުގައި 40 މީހުންނާއިއެކު ދަތުރުކުރި ބޯޓެއްގެ އިންޖީނު ހުއްޓިއްޖެ އެވެ.
މިކަމާއި ގުޅިގެން މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި މި ބޯޓުން ދަތުރުކުރި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކޯސްޓްގާޑުން މިހާރު ފަށާފައިވާކަމަށެވެ.
"ޚުލާސާ" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ބޯޓަކީ މާލެއިން ފުރައިގެން ނައިފަރަށް ދިޔަ ބޯޓެކެވެ. މި ބޯޓަކީ މާލެއިން ފުރައިގެން ނައިފަރަށް ދަތުރުކުރި ބޯޓެކެވެ. މި ބޯޓު ހުއްޓިފައިވަނީ ކާށިދޫ ކަނޑަށެވެ.
މި ބޯޓުގެ އިންޖީނު ހުއްޓުމުން، ބޯޓުގައި ތިބި އަންހެނުންނާއި ކުޑަކުދިން ނައިފަރަށް ގެންގޮސްދިނުމަށް އެމްއެންޑީއެފް އިން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. "ލައިފްލައިން" ނަމަކަށް ކިޔާ މި ބޯޓު ހުއްޓުނު ހާދިސާގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބުނީ މިއަދު ހެނދުނު 08:15 ހާއިރު އެވެ.
މި ދުވަސްވަރު މޫސުން ގޯސްވުމުގެ ސަބަބުން، ކަނޑުމަތީގެ މިފަދަ ހާދިސާތަށް ހިނގަމުން އަންނަ މިންވަރު މިވަނީ އިތުރުވެފަ އެވެ.









