ދުވާލުގެ ވަގުތު ހަމަލާ ދިނުން ހުއްޓައިލިފަހުން ފާއިތުވި 24 ގަޑިއިރުތެރޭ ހައްދުފަހަނަ އެޅި ޒައެނިސްޓުން ޣައްޒާގެ 113 މީހުންނަށް ޙަމަލާ ދީ ޝަހީދުކޮށްލައިފިއެވެ.
މެދުއިރުމަތީގެ ޚަބަރުތައް ބުނާ ގޮތުގައި އެހީގެ ތަކެތި ބަލައި ގޮސް ތިބި މީހުންނަށާއި އަދި އެހީތައް ހިފައިގެން ޣައްޒާ އަށް ވަންނަން ދިޔަ އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނުގެ ޓްރަކް ތަކަށް. ވެސް ޒައެނިސްޓުން ޙަމަލާ ދިނެވެ. ފާއިތުވި ސައުވީސް ގަޑިއިރު އިތުރު 637 މީހުން ޒަޚަމް ވެސް ކޮށްލާފައިވާ ކަމަށް ޣައްޒާ ހެލްތު މިނިސްޓްރީން ބުނެއެވެ..
ޝަހީދުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ގެދޮރު ގެއްލިފައިވާ މީހުންނާއި ބޯހިޔާވަހިކަން ހޯދަމުންދާ އާންމުން ހިމެނޭއިރު، ހެލްތު މިނިސްޓްރީގެ އޮފިޝަލުން ފާހަގަކުރާ ގޮތުގައި މަރުވި ޝަހީދުވި މީހުންގެ ތެރެއިން ގާތްގަނޑަކަށް 22 މީހުން ޝަހީދުވީ އިންސާނީ އެހީ ހޯދަން އުޅުމުގެ ތެރޭގައެވެ. އެހީ ބެހުމުގެ ތަންތަނަކީ އިޒްރޭލުން ކޮންޓްރޯލް ކުރަމުންދާ ނުރައްކާތެރި ތަންތަނެވެ.
އ.ދ އިންނބުނާ ގޮތުގައި އޮކްޓޯބަރ 2023 އިން ފެށިގެން 60،000 އަށް ވުރެ ގިނަ މީހުން ޣައްޒާގައި ޝަހީދުވެފައި ވާއިރު، ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. ކާބޯތަކެއްޗާއި ފެނާއި ބޭސްފަރުވާގެ ނިޒާމް ފެއިލްވެ، ޣައްޒާ ރައްޔިތުން ބަނޑަށްޖެހިފައި ވާއިރު، ފާއިތުވި ހަފްތާގައި އެކަނިވެސް ކުޑަކުދިން ހިމެނޭ ގޮތަށް މަދުވެގެން 14 މީހުން ބަމޑަށް މަރުވިއެވެ.









