Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރުމުގެ މަޝްވަރާތައް ހަލުވިކަމާއެކު ކުރިއަށް: ސީއެސްސީ

ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރުމުގެ މަޝްވަރާތައް ހަލުވިކަމާއެކު ކުރިއަށް: ސީއެސްސީ

އާނާ ފަހީމް
316 ދުވަސް ކުރިން - 29 ޖުލައި 2025 15:29
ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް މުޙައްމަދު ނާސިހު
ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް މުޙައްމަދު ނާސިހު
ޚުލާސާ

މިއަހަރުގެ ތެރޭގައި ހުރިހާ ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުވާނެ ކަމަށް ރައީސް އިއުލާންކުރައްވާފައިވާތީ، މުސާރަ ބޮޑުކުރުމަށްޓަކައި ކުރަންޖެހޭ މަޝްވަރާތައް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާކަމަށް ސީއެސްސީގެ ރައީސް ވިދާޅުވެއްޖެ.

ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރުމަށްޓަކައި ކުރަންޖެހޭ މަޝްވަރާތައް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާކަމަށް ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވެއްޖެ އެވެ. މިކަން ނާސިހު ހާމަކުރެއްވީ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން އިސްނަގައިގެން "އަހަރު މެދު މުރާޖާ"ގެ ނަމުގައި ކުރިއަށްގެންދާ ބައްދަލުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވީ، މުވައްޒަފުން ކުރާ މަސައްކަތް ހަރުދަނާކުރުމުގައި އެކި ސެކްޝަންތަކުގެ ވެރިން، މުވައްޒަފުންގެ މަސައްކަތް މުރާޖާކުރުން މުހިންމު ކަމަށެވެ. އަދި ހަށިގަނޑަށް ލުއިވާނެ ގޮތަށް މަސައްކަތްތައް ވަކި ތާވަލަކަށް ބައްޓަންކުރުން މުހިންމުކަމަށްވެސް ނާސިހު ފާހަގަކުރެއްވި އެވެ.

ނާސިހު ވިދާޅުވީ، ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރުމަށްވެސް މިހާރު ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށެވެ. އެ ގޮތުން ޕޭ ކޮމިޝަނާ ބައްދަލުކޮށް، ޕޭ ކޮމިޝަނުން އެކިއެކި ވުޒާރާތަކާ މިހާރު ބައްދަލުކުރަމުންދާކަމަށް އޭނާ ވިދާޅުވި އެވެ. މިއަހަރުގެ ތެރޭގައި ހުރިހާ ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވާފައިވާތީ، އެކަމުގެ މަޝްވަރާތައް ވަރަށް ފުޅާ ދާއިރާއެއްގައި ކުރެވެމުންދާކަމަށް ނާސިހު ވިދާޅުވި އެވެ.

Advertisement

Advertisement 1

"ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުވަމުން އަންނައިރު، ޑިއުޓީ ގަޑީގައި މަސައްކަތްކުރުމަށް އިސްކަންދޭންޖެހޭ. ވީހާވެސް ގިނަ ވަގުތު އޮފީހުގައި ހޭދަކުރަންވާނެ. ޑިއުޓީ ގަޑީގައި މަސައްކަތް ނުކޮށް، އޯވަޓައިމް ހޯދުމަށް ގަޑީގެ ބޭރުން މަސައްކަތްކުރުމަކީ އެހައި ރަނގަޅުކަމެއް ނޫން." ނާސިހު މިކަމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.

ޕޭހަމަނައިޒޭޝަން މަސައްކަތުގެ ތެރެއިން ސިވިލް ސާވިސްއާއި ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ މިއަހަރު ބޮޑުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ މިއަހަރުގެ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހު އެވެ.

ސަރުކާރުން މިއަހަރުގެ ބަޖެޓު ހުށައެޅިއިރު، ޕޭ ހާމަނައިޒޭޝަންއަށް ނުވަތަ އެކި ދާއިރާތަކުން މުސާރަ އެއް ހަމަކުރުމަށް 500 މިލިޔަން ރުފިޔާ ވަނީ ހިމަނާފައެވެ. މިގޮތުން މުސާރަ ބޮޑުކުރެވޭ ދާއިރާތަކުގެ ތެރޭގައި ޖުޑީޝަރީއާއި ސިވިލް ސާވިސް ހިމެނޭނެކަމަށް ސަރުކާރުން ހާމަކުރެއްވިއެވެ.

ސިވިލް ސަރވިސް ކޮމިޝަން
Ad
Ad

ގުޅޭ ޚަބަރުތައް

އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

127 ދުވަސް ކުރިން - 13:20

ކައުންސިލްތަކުގެ އެސްޖީންގެ ފެންވަރު ބެލުމުގެ އުސޫލު އާއްމުކޮށްފި

ކައުންސިލްތަކުގެ އެސްޖީންގެ ފެންވަރު ބެލުމުގެ އުސޫލު އާއްމުކޮށްފި

128 ދުވަސް ކުރިން - 10:19

ރިޓަޔާ ވުމަށްފަހު ދައުލަތުގެ ވަޒީފާއެއް އަދާކުރާނަމަ އަންގަން އެދިއްޖެ

ރިޓަޔާޑް މީހަކު ވަޒީފާއެއް އަދާކުރާނަމަ އަންގަން އެދިއްޖެ

142 ދުވަސް ކުރިން - 21:38

ސިއްހީ ބޭނުންތަކަށް ދޭ ޗުއްޓީއަށް އެދޭ އުސޫލަށް ސީއެސްސީން ބަދަލު ގެނެސްފި

ސިއްހީ ބޭނުންތަކަށް ދޭ ޗުއްޓީއަށް ބަދަލު ގެނެސްފި

154 ދުވަސް ކުރިން - 17:51

ޝަރުތު ހަމަވާ ދުވަހުން ފެށިގެން މުސާރައިގެ ކުރިއެރުން ލިބޭ ގޮތަށް އުސޫލު އިސްލާހުކޮށްފި

ޝަރުތުހަމަވާ ދުވަހުން ފެށިގެން މުސާރައިގެ ކުރިއެރުން ލިބޭނެ!

154 ދުވަސް ކުރިން - 17:40

ސިވިލް ސާވިސް މުވައްޒަފުން ހެދުން އެޅުމާބެހޭ ގަވާއިދު އިސްލާހުކޮށްފި

ސިވިލްސާވިސް މުވައްޒަފުން ހެދުން އެޅުމުގެ ގަވާއިދު އިސްލާހުކޮށްފި

161 ދުވަސް ކުރިން - 15:47

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%