ބަޓަފްލައި އިވެންޓުގެ ގައުމީ ރެކޯޑް ރިހާން އާކޮށްފި

އާނާ ފަހީމް | 15 ދުވަސް ކުރިން - 29 ޖުލައި 2025 16:18
މުޙައްމަދު ރިޙާން ޝިހާމް
މުޙައްމަދު ރިޙާން ޝިހާމް
ޚުލާސާ

ފިރިހެނުންގެ ލޯންގްކޯސް 200 މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރެކޯޑް ރިހާން އަލުން އާކޮށްފި. މިރެކޯޑް އާކޮށްފައިވަނީ ސިންގަޕޫރުގައި ކުރިއަށްދާ 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގަ

ސިންގަޕޫރުގައި މިހާރު ކުރިއަށްދާ 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި، ދިވެހި ކޮޅުފެން މުހައްމަދު ރިހާން ޝިހާމް ފިރިހެނުންގެ ލޯންގްކޯސް 200 މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރެކޯޑް އަލުން އާކޮށްފި އެވެ.

ރިހާން މިކާމިޔާބީ ހޯދާފައިވަނީ 02:25.20 އިން ރޭސް ނިންމައިގެންނެވެ. މިވަގުތާއެކު، ރިހާން ވަނީ އޭނާ އަމިއްލަ ނަމުގައި މީގެ ކުރިން އޮތް ގައުމީ ރެކޯޑަށްވުރެ މާބޮޑަށްވެސް ރަނގަޅު ވަގުތެއް ހޯދާފަ އެވެ.

މިއިވެންޓުގެ ގައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީވެސް ރިހާން އަމިއްލައަށެވެ. އެއީ، 2023 ވަނަ އަހަރު ބޭއްވި 19 ވަނަ އޭޝިއަން ގޭމްސްގައި 02:28.17 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%