Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މުވައްޒަފުންގެ ހުނަރު ތަރައްގީކުރުމަށް ބޭރުގެ ކުންފުންޏަކާއެކު ބީއެމްއެލްއިން އެމްއޯޔޫއެއްގައި ސޮއިކޮށްފި

މުވައްޒަފުންގެ ހުނަރު ތަރައްގީކުރުމަށް ބޭރުގެ ކުންފުންޏަކާއެކު ބީއެމްއެލްއިން އެމްއޯޔޫއެއްގައި ސޮއިކޮށްފި

އައިޝަތު ރުވާ ރިފްޢަތު
128 ދުވަސް ކުރިން - 30 އޭޕްރިލް 2026 17:54
ސިންގަޕޯ މެނޭޖްމަންޓް ޔުނިވާސިޓީއާއެކު ބީއެމްއެލް އިން އްބަސްވުމެއްގައި ސޮއިކުރުން. / ފޮޓޯ: ބީއެމްއެލް
ސިންގަޕޯ މެނޭޖްމަންޓް ޔުނިވާސިޓީއާއެކު ބީއެމްއެލް އިން އްބަސްވުމެއްގައި ސޮއިކުރުން. / ފޮޓޯ: ބީއެމްއެލް
ޚުލާސާ

މި އެއްބަސްވުމުގެ ދަށުން ބައިނަލްއަގުވާމީ ފެންވަރުގެ ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ވަނީ ނިންމާފަ. ވޭތުވެދިޔަ އަހަރުވެސް އެސްއެމްޔޫއާއެކު ބޭންކުގެ 40 މުވައްޒަފަކު ވަނީ ލީޑާޝިޕް ޕްރޮގްރާމްތައް ފުރިހަމަކޮށްފަ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުންގެ ލީޑާޝިޕް ހުނަރުތައް ތަރައްގީކުރުމަށާއި، ފަންނީ ގާބިލުކަން އިތުރުކުރުމަށްޓަކައި ސިންގަޕޯ މެނޭޖްމަންޓް ޔުނިވާސިޓީ (އެސްއެމްޔޫ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ދެ މުއައްސަސާގެ ދެމެދުގައި އޮތް ގުޅުން ބަދަހިކޮށް، ބީއެމްއެލްގެ މުވައްޒަފުންނަށް ބޭނުންވާ ޕްރޮފެޝަނަލް އެޑިއުކޭޝަން އަދި ތަމްރީނުތައް ފޯރުކޮށްދިނުމެވެ. މިއާއެކު ބީއެމްއެލް އެކެޑަމީއާއި، އެސްއެމްޔޫގެ ޕްރޮފެޝަނަލް ތަމްރީނަށް ހާއްސަ އެސްއެމްޔޫ އެކެޑަމީއާ ދެމެދު އޮތް ގުޅުން އިތުރަށް ފުޅާވެގެންދާނެއެ ވެ. ބީއެމްއެލް އެކެޑަމީއަކީ ބޭންކުގެ މުވައްޒަފުންގެ ތައުލީމީ އަދި ފަންނީ ކުރިއެރުމަށް ހާއްސަކޮށްގެން އުފައްދާފައިވާ ތަނެކެވެ.

މި ގުޅުމުގެ ދަށުން، ބޭންކުގެ މުވައްޒަފުންނަށް ބޭނުންވާ ހާއްސަ ތަމްރީނު ޕްރޮގްރާމްތައް ފަރުމާކުރުމާއި ހިންގުމުގައި އެސްއެމްޔޫއިން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. އަދި ހަމަޖެހިފައިވާ އުސޫލެއްގެ ދަށުން މައުލޫމާތާއި ހުނަރު ބަދަލުކުރުމުގެ ފުރުސަތު ލިބި، ބޭންކުގެ މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުވެ، ފެންވަރު ރަނގަޅު ތަމްރީނުތައް މެދުނުކެނޑި ލިބޭނެ މަގު ފަހިވެގެންދާނެ އެވެ.

Advertisement

Advertisement 1

މި އެއްބަސްވުމާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، މި ޕާޓްނާޝިޕުން ރަނގަޅު ލީޑަރުން ބިނާކުރުމަށާއި ބޭންކުގެ ހުރިހާ ދާއިރާއެއްގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތް ހާމަވެގެންދާ ކަމަށެވެ.

"ދިވެހިރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ހައިސިއްޔަތުން، އިގްތިސާދު ބައްޓަންކުރުމުގައި އަޅުގަނޑުމެން މުހިންމު ދައުރެއް އަދާކުރަން. ބީއެމްއެލް އެކެޑަމީ މެދުވެރިކޮށް، އަޅުގަނޑުމެން މި ބިނާކުރަނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ، ސްޓްރަކްޗާޑް ތައުލީމީ ޕްރޮގްރާމްތަކެއް. މިއާއެކު އަޅުގަނޑުމެންގެ އިގްތިސާދުގެ ލީޑަރުންގެ ގޮތުގައި މުސްތަގުބަލުގައި ތިބޭނެ ފަރާތްތައް ބާރުވެރިކުރެވިގެން މި ދަނީ،" ޝަރީފް ވިދާޅުވި އެވެ.

ވޭތުވެދިޔަ އަހަރުވެސް އެސްއެމްޔޫއާއެކު ބީއެމްއެލްއިން ވަނީ ކާމިޔާބު މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން ބޭންކުގެ 40 މުވައްޒަފަކު ވަނީ ލީޑާޝިޕް ޕްރޮގްރާމްތައް ފުރިހަމަކޮށްފަ އެވެ. މީގެ ތެރެއިން ސީނިއާ 20 މުވައްޒަފަކު 'އެގްޒެކެޓިވް ސެޓިފިކެޓް އިން ލީޑާޝިޕް އެންޑް ޕީޕަލް މެނޭޖްމަންޓް' ހާސިލުކޮށްފައިވާއިރު، އަނެއް 20 މުވައްޒަފުން ވަނީ 'ސެޓިފިކެޓް އިން ލީޑަރޝިޕް އެންޑް ޕީޕަލް މެނޭޖްމަންޓް' ހާސިލުކޮށްފަ އެވެ.

ބީއެމްއެލްއިން އަންނަނީ މުވައްޒަފުން ތަރައްގީކުރުމަށާއި ބޭންކިންގ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ގިނަ އިންވެސްޓްމަންޓްތަކެއް ކުރަމުންނެވެ. މި އައު އެއްބަސްވުމަކީ ބޭންކުން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، މުވައްޒަފުންނަށް ކުރިއަށް ދިއުމުގެ މަގު ފަހިކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ބީއެމްއެލްސިންގަޕޫރު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

12 ދުވަސް ކުރިން - 14:50

ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ބީއެމްއެލް އިން ހާއްސަ ސެޝަނެއް ބާއްވައިފި

ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ބީއެމްއެލް އިން ހާއްސަ ސެޝަނެއް ބާއްވައިފި

18 ދުވަސް ކުރިން - 08:48

އިމްތިހާން ފީ އޮންލައިންކޮށް ދެއްކުމުގައި ދިމާވާ މައްސަލަތަކަށް ބޭންކް އޮފް މޯލްޑިވްސްއިން އިރުޝާދު ދީފި

އިމްތިހާން ފީ އޮންލައިންކޮށް ދެއްކުމުގައި ދިމާވާ މައްސަލަތަކަށް ބީއެމްއެލްއިން އިރުޝާދު ދީފި

22 ދުވަސް ކުރިން - 20:27

ބީއެމްއެލްގެ މެއިންޓަނެންސް މަސައްކަތަކަށް މިރޭ ބައެއް ހިދުމަތްތައް މެދުކެނޑެނީ

ބީއެމްއެލްގެ މެއިންޓަނެންސް މަސައްކަތަކަށް މިރޭ ބައެއް ހިދުމަތްތައް މެދުކެނޑެނީ

29 ދުވަސް ކުރިން - 14:26

ބީއެމްއެލްގެ ޚިދުމަތްތައް ހަރުދަނާކުރުމަށް އިދާރީ އޮނިގަނޑަށް ބޮޑު ބަދަލެއް ގެނެސްފި

ބީއެމްއެލްގެ ޚިދުމަތްތައް ހަރުދަނާކުރުމަށް އިދާރީ އޮނިގަނޑަށް ބޮޑު ބަދަލެއް ގެނެސްފި

32 ދުވަސް ކުރިން - 13:46

އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ޗެއާމަންކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް އައްޔަންކޮށްފި

އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ޗެއާމަންކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް އައްޔަންކޮށްފި

36 ދުވަސް ކުރިން - 19:04