އެތައް މަހެއް ވަންދެން ޣައްޒާ އަށް ކާނާ ވެއްދުމުގެ ދޮރު އިސްރާއީލުން ބަންދު ކުރުމުގެ ސަބަބުން 40،000 އަށް ވުރެ ގިނަ ތުއްތު ކުދިން ހަށިގަނޑުން ނިއުޓްރިޝަން މަދުވެ، އޯގަންތައް ފެއިލްވެ މަރުގެ ތުންފަތް މަތީގައި އެބަތިބި ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ކިރު ނުލިބުމުގެ ސަބަބުން މަރުގެ ތުންފަތްމަތީގައިވާ ޣައްޒާގެ ކުޑަކުދިންތަކަކަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ / ފޮޓޯ: އޭޕީ
އިސްރާއީލުން ކިރާއި ބެބީ ފޯމިއުލާ އެތެރެކުރުން މަނާކުރުމުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރަނީ އެއް އަހަރުން ދަށުގެ ކުދިންނަށް ކަމަށް މިނިސްޓްރީން ފާހަގަކުރި އެވެ.
ސިއްހީ އޮފިޝަލުން ބުނާ ގޮތުގައި ބަނޑުހައިހޫނުކަމާއި ފެން މަދުވުމުން ހޮސްޕިޓަލް ވޯޑްތަކުގައި ކޮންމެ ދުވަހަކު ވެސް ތުއްތު ކުދިން މަރުވަމުންދާއިރު، އިންސާނީ އެހީތެރިކަމުގެ ކޮރިޑޯތައް ތަކުރާރުކޮށް ބަންދުކޮށްފައި ވުމުގެ ސަބަބުން، ގާތުން ކިރުދޭ މީހުންނަށް ވެސް ކާނާ ނުލިބޭތީވެ މައިންތައް ވަނީ ޞިއްޙީ ގޮތުން ބަލިކަށިވެ ގާތުން ކިރުދޭން ނުކުޅެދިފައެވެ.
އދ. އައި ދުނިޔޭގެ ޖަމްޢިއްޔާ ޖަމާޢަތްތަކުން މި އާދޭސްތައް ކުރި ނަމަވެސް އިސްރާއީލުގެ ސިޔާސަތަށް ބަދަލެއް ނާދެއެވެ.









