Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ކޯޓަށް ހާޒިރުނުވާތީ ނަމާލް ހައްޔަރުކުރަން އަމުރުނެރެފި! އޭނާ ހުންނެވީ ރާއްޖޭގައި

ކޯޓަށް ހާޒިރުނުވާތީ ނަމާލް ހައްޔަރުކުރަން އަމުރުނެރެފި! އޭނާ ހުންނެވީ ރާއްޖޭގައި

ޢަބްދުﷲ ޖުނައިދު
317 ދުވަސް ކުރިން - 28 ޖުލައި 2025 17:31
ނަމާލް ރާޖަޕަކްސާ - އޭނާ ހައްޔަރު ކުރަން އަމުރު ނެރުނުއިރު އޭބާ ހުރީ ރާއްޖޭގައި.
ނަމާލް ރާޖަޕަކްސާ - އޭނާ ހައްޔަރު ކުރަން އަމުރު ނެރުނުއިރު އޭބާ ހުރީ ރާއްޖޭގައި.
ޚުލާސާ

ކޮރަޕްޝަންގެ ދައުވާއާ ގުޅިގެން ނަމާލް ރާޖަޕަކްސަ ހައްޔަރު ކުރުމަށް ލަންކާ ހަމްބަންޓޯޓާ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފި. އޭނާ މިވަގުުތު ހުންނެވީ ރާއްޖޭގައި.

ރާއްޖޭގައި މިވަގުތު ހުންނެވި ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަ ޕަކްސަގެ ދަރިކަލުން ނަމާލް ރާޖަޕަކްސާ ހައްޔަރު ކުރުމަށް ސްރީ ލަންކާގެ ކޯޓަކުން މިއަދު އަމުރު ނެރެފިއެވެ.

ހަމްބަންޓޯޓާ މެޖިސްޓްރޭޓް ކޯޓުން ކުރީގެ ޔޫތު މިނިސްޓަރު ނަމާލް ރާޖަޕަކްސާ ހައްޔަރު ކުރުމުގެ އަމުރު ނެރުނީ އޭނާ އާއި ދެކޮޅަށް އުފުލާފައިވާ މަނީ ލޯންޑަރިން އާއި ކޮރަޕްޝަންގެ ދައުވާ ތަކުގެ އަޑުއެހުން ތަކަށް ކޯޓަށް ހާޒިރު ވެފައި ނުވާތީއެވެ.

ލަންކާގެ ޚަބަރުތައް ބުނާ ގޮތުގައި އެ ކޯޓުން އެ އަމުރު ނެރުނީ ލަންކާގެ ޤާނޫނުގެ ދަށުން އެންޓި ކޮރަޕްޝަން ވޮޗްޑޮގްސް އާއި ފައިނޭންޝަލް ކްރައިމްސް އިންވެސްޓިގޭޝަން ޑިވިޝަން (އެފްސީއައިޑީ) ގެ ޕްރެޝަރާއި ގުޅިގެންނެވެ.

Advertisement

Advertisement 1

ޕްރޮފެޝަނުން ޤާނޫނީ ވަކީލް އަދި ކުރީގެ މަޖިލީހުގެ ކުރީގެ މެމްބަރުކަން ވެސް ކުރެއްބި ނަމާލް ރާޖަޕަކްސާގެ މައްޗަށް، އޭނާގެ ބައްޕަގެ ވެރިކަމުގައި ޒުވާނުންގެ ހަރަކާތުގެ ތެރެއިން 70 މިލިއަން ރުޕީސް ހޯދައިދިން މައްސަލަ އަކާއި، ނުޙައްޤު ފައިސާގެ މުޢާމަލާތްތަކާއި ރިޝްވަތު ދިނުމާއި އިންސާފު ޤާއިމް ކުރުމަށް ހުރަސް އެޅުމުގެ ތުހުމަތުތަކެއް ވެސް ވަނީ އުފުލާފަ އެވެ.

ނަމާލް ރާއްޖެ އައީ ސްރީލަންކަން އެއާލައިންސްގެ ފްލައިޓް ޔޫއެލް101 ގައި ކައިވެނި ޕާޓީ އަކަށް ކަމަށް ރައީސް އަނޫރާ ކުމާރާ ޑިސަނަނަޔަކެ ވެސް ވަޑައިގެންނެވި ފުލައިޓުންނެވެ.

ލަންކާގެ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ނަމާލް އާއި އަނޫރާ އެކަކު އަނެކަކާއި ދެކޮޅަށް ވާދަކުރި ނަމަވެސް، ނަމާލް ގެންދަވަނީ މިހާރުގެ ސަރުކާރުގެ އިސް ފަރާތްތައް ހިމެނޭ ގޮތަށް އެކި ޕާޓީތަކުގެ މެންބަރުންނާއި އެކު އެކުވެރި ގުޅުމެއް ބާއްވަމުން ކަމަށް ލަންކާގެ މީޑިއާ ބުނެއެވެ.

ސްރީ ލަންކާ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އާދީއްތަ ދުވަހުން ފެށިގެން ލަންކާއަށް ދެވޭނީ އީޓީއޭ ހުށަހަޅައިގެން

އާދީއްތަ ދުވަހުންފެށިގެން ލަންކާއަށް ދެވޭނީ އީޓީއޭ ހުށަހަޅައިގެން

20 ދުވަސް ކުރިން - 13:29

ލަންކާ އިން ހައްޔަރުކުރި ދިވެއްސަކީ ޓެކްނީޝަނެއް، ސަރުކާރުން ދަނީ ގާތުން ބަލަމުން

ލަންކާ އިން ހައްޔަރުކުރި ދިވެއްސަކީ ޓެކްނީޝަނެއް

22 ދުވަސް ކުރިން - 14:27

ސްރީލަންކަން އެއާލައިންސްގައި ރައީސް މުއިއްޒު ދަތުރުފުޅު ކުރެއްވުމަކީ ލިބުނު ބޮޑު ޝަރަފެއް: އެއާލައިން

ސްރީލަންކަން އެއާލައިންސްގައި ރައީސް ދަތުރުފުޅު ކުރެއްވުމުން ތައުރީފު

35 ދުވަސް ކުރިން - 12:32

މިފްކޯގެ އުފެއްދުންތައް ލަންކާގައި ރަސްމީކޮށް ލޯންޗުކޮށްފި

މިފްކޯގެ އުފެއްދުންތައް ލަންކާގައި ރަސްމީކޮށް ލޯންޗުކޮށްފި

37 ދުވަސް ކުރިން - 16:54

ދިވެހިރާއްޖެއަކީ ބައިނަލްއަގުވާމީ އިންވެސްޓްމަންޓްތަކަށް މަރުހަބާ ކިޔާ ގައުމެއް: ރައީސް

"ރާއްޖެއަކީ ބައިނަލްއަގުވާމީ އިންވެސްޓްމަންޓްތަކަށް މަރުހަބާ ކިޔާ ގައުމެއް"

37 ދުވަސް ކުރިން - 15:38

ކޮލަމްބޯ ނޭޝަނަލް މިއުޒިއަމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޒިޔާރަތްކުރައްވައިފި

ކޮލަމްބޯ ނޭޝަނަލް މިއުޒިއަމަށް ރައީސްގެ ދެކަނބަލުން ޒިޔާރަތްކުރައްވައިފި

37 ދުވަސް ކުރިން - 15:25