ލަންކާގެ ރައީސަށް އާ ޓާމިނަލުން ހޫނު މަރުހަބާއެއް!

އައިޝަތު ޝިފްނާ ހުސައިން | 17 ދުވަސް ކުރިން - 28 ޖުލައި 2025 09:22
ލަންކާގެ ރައީސަށް މަރުހަބާ ކިޔުން.--ފޮޓޯ:ރައީސް އޮފީސް
ލަންކާގެ ރައީސަށް މަރުހަބާ ކިޔުން.--ފޮޓޯ:ރައީސް އޮފީސް
ޚުލާސާ

ލަންކާގެ ރައީސް ރާއްޖޭގައި ހުންނަވާނީ 3 ދުވަހުގެ މުއްދަތަކަށް.

ލަންކާގެ ރައީސް ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރަށް މަރުހަބާ ކީ އެއާޕޯޓުގެ އާ ޓާމިނަލްއިންނެވެ.

ލަންކާގެ ރައީސް އަނަރު ކުމާރަ ދިސާނަޔަކަ މިއަދު ހެނދުނު ރާއްޖެ ވަޑައިގަތީ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ގެ ދައުވަތުފުޅަކަށެވެ.

ލަންކާގެ ރައީސް މި ދަތުރުފުޅު ކުރައްވަނީ މި މަހުގެ 28 އިން 30 ގެ ނިޔަލަށެވެ. އަދި މިއީ އެ މަނިކުފާނު ރައީސް ކަމުގެ މަގާމުގައި ހުރެ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މި ދަތުރުފުޅުގައި ދެ ގައުމު ގެ އެކި އެކި މަޝްވަރާތަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ދެ ގައުމުގެ މުހިއްމު ދާއިރާތަކުން އެއްބަސްވުންތަކެއް ވެސް ކަނޑައެޅުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖެއާއި ލަންކާއަކީ ގިނަ ޒަމާނެއްގެ ރަހުމަތްތެރިކަން ދަމަހައްޓަމުންދާ ދެ ގައުމެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%