Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޣައްޒާގައި ތިބި އިޒްރޭލުގެ 16 ސިފައިންނަށް ސްޓްރޯކް ޖެހިގެން ފަރުވާދޭން ފަށައިފި

ޣައްޒާގައި ތިބި އިޒްރޭލުގެ 16 ސިފައިންނަށް ސްޓްރޯކް ޖެހިގެން ފަރުވާދޭން ފަށައިފި

ޢަބްދުﷲ ޖުނައިދު
319 ދުވަސް ކުރިން - 28 ޖުލައި 2025 00:01
ކުއްލި ޚަބަރު: ޣައްޒާގައި ތިބި އިޒްރޭލުގެ 16 ސިފައިންނަށް ސްޓްރޯކް ޖެހިގެން ފަރުވާދޭން ފަށައިފި
ކުއްލި ޚަބަރު: ޣައްޒާގައި ތިބި އިޒްރޭލުގެ 16 ސިފައިންނަށް ސްޓްރޯކް ޖެހިގެން ފަރުވާދޭން ފަށައިފި
ޚުލާސާ

ޣައްޒާގައި ޤަތުލުޢާންމު ހިންގަން އުޅުނު އިޒްރޭލުގެ 16 ސިފައިންނަށް ސްޓްރޯކް ޖެހިގެން ފަރުވާ ދެމުންދާއިރު 15 ސިގައިންގެ ޙާލު ސީރިއަސް.

ޣައްޒާގައި ޙަރަކާތްތެރިވި ޔަހޫދީ ޒަޔަނިސްޓް ފައުޖުގެ އިސް ކޮމާންޑަރުން ހިމެނޭހެން 16 މީހަކަށް ހީޓްސްޓްރޯކް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުން އެބަ ދާކަމަށް އިސްރާއީލުގެ މީޑިއާ އިން ބުނެފި އެވެ.

ދާދި ދެންމެ އިޒްރޭލުގެ މީޑިއާ އިން ބުނީ ޣައްޒާގެ ދެކުނުގައި ހުކުރު ދުވަހު އިސްރާއީލުގެ 16 ސިފައިންނަށް ހީޓް ސްޓްރޯކް ޖެހިފައިވާ ކަމަށާއި އެ ސަރަހައްދުގައި އިންތިހާއަށް ހޫނު ގަދަ ކަމަށެވެ. އަދި ހީޓްސްޓްރޯކް ޖެހުނު އެންމެންނަކީ ވެސް ފިރިހެނުން ކަމަށާއި، އެކަކު ފިޔަވައި ދެން ތިބި 15 މީހުންގެ ޙަލު ސީރިއަސް ކަމަށެވެ.

ފާހަގަ ކޮށްލެވޭ ކަމަކީ، ހެނދުނު 10 އިން ފެށިގެން ރޭގަނޑު 8 ޖެހުމާއި ހަމަޔަށް ޣައްޒާގައި ހިންގާ ޤަތުލުޢާންމުގެ އޮޕަރޭޝަންތައް މެދުކަނޑައިލި ކަމަށް ރޭ އިޒްރޭލުން ބުނެފައިވާ ކަމެވެ. އިޒްރޭލު ސިފައިން ބުނީ އެގޮތަށް ނިންމީ ޣައްޒާ ރައްޔިތުންނަށް ކާނާގެ އެހީ ފޯރުކޮށް ދިނުމަށެވެ. ނަމަވެސް، ބެލެވޭ ގޮތުގައި އިޒްރޭލުން އެގޮތަށް ނިންމީ ދުވާލުގެ ވަގުތު ހޫނު ގަދަވުމުގެ ސަބަބުން އެމީހުންނަށް ޞިއްޙީ މައްސަލަތަކާއި ދިމާވާތީ އެވެ.

Advertisement

Advertisement 1

މިދުވަސްވަރު ރޭގަނޑު 8 ޖަހާ އިރު ވެސް ޣައްޒާގެ ހޫނުމިން އުޅެނީ 30 ޑިގްރީ ސެލްސިއަސްގަ އެވެ.

ހީޓްސްޓްރޯކް ޖެހުނު 16 ސިފައިން ފާއިތުވި 72 ގަޑިއިރުތެރޭގައި އުޅުނީ އެއްގަމުމަގުން ޣައްޒާގެ ރައްޔިތުންނަށް ޙަމަލާ ދިނުމަށާއި “ރޫޓީންގ ކޮންޓްރޯލް”ގަ އެވެ. ދުވާލު ވަގުތުތަކުގައި ޣައްޒާގެ ފިނިހޫނުމިން ގާތްގަނޑަކަށް 36 ޑިގްރީ ސެލްސިއަސް އަށް އަރައެވެ.

އިސްރާއީލް ޑިފެންސް ފޯސަސް (އައިޑީއެފް) އިން ވަނީ ހޫނުގަދަވުމުގެ ސަބަބުން ޖުލައި 29 އާ ހަމައަށް ހުރިހާ ތަމްރީނުތަކެއް ހުއްޓާލާނެ ކަމަށް ވެސް އިޢުލާން ކޮށްފަ އެވެ.

ކުއްލި ޚަބަރުޣައްޒާއިސްރާއީލް
Ad
Ad

5 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޣައްޒާގެ އެތައް ތަނަކަށް ޔަހޫދީން އެބަ ޙަމަލާދޭ

ޣައްޒާގެ އެތައް ތަނަކަށް ޔަހޫދީން އެބަ ޙަމަލާދޭ

12 ގަޑިއިރު ކުރިން - 13:37

ސެކިއުރިޓީ އާއި ކާރުގެ ޚަރަދެއް މަޖިިލީސް ނައިބުރައީސް ބޭނުންފުޅެއް ނުވޭ

ސެކިއުރިޓީ އާއި ކާރުގެ ޚަރަދެއް މަޖިިލީސް ނައިބުރައީސް ބޭނުންފުޅެއް ނުވޭ

2 ދުވަސް ކުރިން - 22:09

އިޒުރޭލަށް ޙަމަލާ ދިނުން އީރާނުން މިވަގުތަށް ހުއްޓާލައިފި

އިޒުރޭލަށް ޙަމަލާ ދިނުން އީރާނުން މިވަގުތަށް ހުއްޓާލައިފި

3 ދުވަސް ކުރިން - 17:27

އިސްރާއީލުން އީރާނަށް ހަމަލާދޭން ކެރުނީ 8 ގަޑިއިރު ފަހުން

އިސްރާއީލުން އީރާނަށް ހަމަލާދޭން ކެރުނީ 8 ގަޑިއިރު ފަހުން

3 ދުވަސް ކުރިން - 12:57

ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް، 12 މީހުން މަރުވެއްޖެ

ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް، 12 މީހުން މަރުވެއްޖެ

3 ދުވަސް ކުރިން - 11:06

އީރާނަށް ޙަމަލާދޭން އިޒުރޭލުން ޖެހިލުން ވެއްޖެ

އީރާނަށް ޙަމަލާދޭން އިޒުރޭލުން ޖެހިލުން ވެއްޖެ

3 ދުވަސް ކުރިން - 02:57