މޯލްޑިވިއަންގެ ކެބިން ކްރޫއިން މިއަދު ހިދުމަތް ދިނީ ސަގާފީ ހެދުމުގައި

އަައިޝަތު ޒީނާ | 18 ގަޑިއިރު ކުރިން - 27 ޖުލައި 2025 19:42
މޯލްޑިވިއަންގެ ކެބިން ކްރޫއިން ސަގާފީ ހެދުމުގައި. / ފޮޓޯ: މޯލްޑިވިއަން
މޯލްޑިވިއަންގެ ކެބިން ކްރޫއިން ސަގާފީ ހެދުމުގައި. / ފޮޓޯ: މޯލްޑިވިއަން
ޚުލާސާ

މޯލްޑިވިއަން އިން ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުން އަންހެން ކްރޫއިން ތިބީ ރަތްކުލައިގެ ފާސްކުރި ހެދުމުގައި. އަދި ފިރިހެން ކްރޫއިން ތިބީ ގަމީހާއި މުންޑުގައި.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ރޭގައި ހުޅުވާފައިވާއިރު، އެ ޓާމިނަލުން އެންމެ ފުރަތަމަ ހިދުމަތްދެނީ ގައުމީ އެއާލައިން، މޯލްޑިވިއަން އިންނެވެ. އާ ޓާމިނަލުން އެ އެއާލައިނުން މިއަދު ފުރަތަމަ ފަހަރަށް ހިދުމަތް ދޭން ފަށާފައިވާއިރު، އެއާލައިންގެ ކްރޫއިން މިއަދު ތިބީ ދިވެހި ސަގާފީ ހެދުމުގައެވެ.

މޯލްޑިވިއަން އިން ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުން އަންހެން ކްރޫއިން ތިބީ ރަތްކުލައިގެ ފާސްކުރި ހެދުމުގައެވެ. އަދި ފިރިހެން ކްރޫއިން ތިބީ ގަމީހާއި މުންޑުގައެވެ.

ރާއްޖޭގެ ފުރަތަމަ އެއާލައިން، އެއާ މޯލްޑިވްސް ވެސް ފެށިގެން އައި އިރު ކްރޫއިން ހެދުން އެޅީ ސަގާފީ ގޮތަށެވެ. ނަމަވެސް ޒަމާނާ އެއްގޮތަށް ފަހުން ވަނީ ޔުނިފޯމަށް ބަދަލު ގެނެސްފައެވެ.

މޯލްޑިވިއަންގެ ކްރޫއިން މިއަދު ސަގާފީ ހެދުމުގައި ދަތުރުތައް ކުރުމުން، ގިނަ ބަޔަކު އަންނަނީ އެފަދަ ހެދުން މާ ގުޅޭ ކަމަށް ބުނެ ތައުރީފް ކުރަމުންނެވެ. އަދި އެހެން ބައެއް ގައުމުތަކެކޭވެސް އެއްގޮތަށް، ރާއްޖޭގެ ގައުމީ އެއާލައިނުގެ ޔުނީފޯމުވެސް ދިވެހި ސަގާފަތާ ގުޅޭ ގޮތަށް ފަރުމާކުރުމަށް ގިނަ ބަޔަކު އަންނަނީ ތާއީދުކުރަމުންނެވެ.

އާ ޓާމިނަލަށް މޯލްޑިވިއަންގެ ފުރަތަމަ ފްލައިޓު ޖައްސާފައިވަނީ މިއަދު 14:00 ގައެވެ.

އެމްއޭސީއެލް އިން މަސައްކަތް ކުރަމުން އަންނަނީ ފަހަރަކު އެއާލައިނެއްގެ ހިދުމަތްތައް އާ ޓާމިނަލަށް ބަދަލުކުރުމަށެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިވަގުތު 34 އެއާލައިނެއްގެ މަތިންދާބޯޓުތަކަށް ހިދުމަތް ދެމުން އަންނައިރު، އެމްއޭސީއެލްގެ އަމާޒަކީ އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރިހާ އެއާލައިނެއްގެ ހިދުމަތްތައް އާ ޓާމިނަލަށް ބަދަލުކުރުމެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%