Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރައީސްގެ ވައުދާއި އެއްގޮތަށް ރައްޔިތުން އަމިއްލަ ޖީބުން ހަރަދު ނުކޮށް އައިނު ލިބޭ ފިހާރަ ހުޅުވައިފި

ރައީސްގެ ވައުދާއި އެއްގޮތަށް ރައްޔިތުން އަމިއްލަ ޖީބުން ހަރަދު ނުކޮށް އައިނު ލިބޭ ފިހާރަ ހުޅުވައިފި

އަައިޝަތު ޒީނާ
398 ދުވަސް ކުރިން - 27 ޖުލައި 2025 18:14
އައިޖީއެމްއެޗްގައި ގާއިމުކުރި އައިނު ފިހާރަ ރައީސް ހުޅުވައިދެއްވަނީ. / ފޮޓޯ: ރައީސް އޮފީސް
އައިޖީއެމްއެޗްގައި ގާއިމުކުރި އައިނު ފިހާރަ ރައީސް ހުޅުވައިދެއްވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ހުޅުމާލޭގެ ރައްޔިތުންނަށް މި ހިދުމަތް ފަހިކޮށްދިނުމަށްޓަކައި އަންނަ އޮގަސްޓް މަހުގެ ތެރޭގައި ހުޅުމާލެ ހޮސްޕިޓަލުގައި މި ހިދުމަތް ގާއިމްކޮށް، ހިދުމަތްދޭން ފަށަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ރައްޔިތުންގެ އަމިއްލަ ޖީބުން ހަރަދު ނުކޮށް އައިނު ލިބޭ ފިހާރަ މިއަދު ހުޅުވައިފިއެވެ.

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ގާއިމުކުރި އައިނު ފިހާރަ މިއަދު ހުޅުވައިދެއްވީ ރައީސް އެވެ.

ރައްޔިތުންނަށް އަގުހެޔޮކޮށް ފެންވަރު ރަނގަޅު އައިނު ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން އައިނުގެ ވިޔަފާރިއަށް ވަންނަން ނިންމިކަން ރައީސް އިއުލާނު ކުރެއްވި މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހު އެވެ.

Advertisement

Advertisement 1

ރައީސް އޭރު ވިދާޅުވީ، ބައެއް ވިޔަފާރިވެރިން ރައްޔިތުންގެ އަތުން ބޮޑެތި އަގުތައް ނަގަމުންދާތީ، އެކަން ހުއްޓުވުމަށްޓަކައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން އައިނުގެ ވިޔަފާރި ފަށާނެ ކަމަށެވެ. އެމަނިކުފާނު ވަނީ ޖޫން މަހުގެ އެކަކުން ފެށިގެން، އައިނަށް އާސަންދައިން ދޫކުރާ މިންވަރު 1000 ރުފިޔާއިން 2000 ރުފިޔާއަށް ވެސް ބޮޑުކޮށްދެއްވާފައެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާގް ހަލީމް ވިދާޅުވީ ދެ މަސް ދުވަހުގެ ތެރޭގައި އައިނު ފިހާރައިގެ މަސައްކަތް ނިންމާފައިވަނީ އެޑްވާންސް މެޝިނަރީތައް ގާއިމްކޮށްގެން ކަމަށެވެ. އެ މެޝިންތަކުގެ އެހީގައި ލޮލުގެ ޕްރެޝަރު ބެލޭނެގޮތާއި، ލޯކޮމާ އަވަހަށް ދެނެގަތުމުގެ ގާބިލުކަން ލިބިގެންވާކަމަށް އަބްދުލްރައްޒާގް ވިދާޅުވިއެވެ. އަދި އެތަނުން އައިނު ހެއްދުމަށް ނަންބަރު ނެގުމާއި، އައިނު ހެއްދުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށް އަބްދުލްރައްޒާގް ވިދާޅުވިއެވެ.

އަބްދުލްރައްޒާގް ވިދާޅުވީ ހުޅުމާލޭގެ ރައްޔިތުންނަށް މި ހިދުމަތް ފަހިކޮށްދިނުމަށްޓަކައި އަންނަ އޮގަސްޓް މަހުގެ ތެރޭގައި ހުޅުމާލެ ހޮސްޕިޓަލުގައި މި ހިދުމަތް ގާއިމްކޮށް، ހިދުމަތްދޭން ފައްޓަވާނެ ކަމަށެވެ. އަދި މި ހިދުމަތް އަތޮޅުތެރޭގެ ރީޖަނަލް ހޮސްޕިޓަލުތަކުން ވެސް ކުރިއަށް އޮތް ދުވަސްތަކުގައި މި ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް އަބްދުލްރައްޒާގް ވިދާޅުވިއެވެ.

އާސަންދައިގެ ތެރެއިން 2,000 ރުފިޔާއާ ހަމައަށް ހިލޭ އައިނު ހެއްދުމުގެ ފުރުސަތު ދިވެހި ރައްޔިތުންނަށް މިއަދު ފަހިވެގެން ގޮސްފައިވާއިރު، ރައްޔިތުންގެ ސިއްހަތަށް އިސްކަންދެއްވާކަން ރައީސް އަންނަނީ ތަކުރާރުކުރައްވަމުންނެވެ. އަދި ވިޔަފާރިވެރިން ރައްޔިތުންނަށް ދެރަ ނިކަމެތިކަން ދިނުމުގެ އާދަ ނައްތާލުމަށް އެމަނިކުފާނު އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.

މިހާރު އާންމުކޮށް ނަންބަރު އައިނެއް ހެދުމަށް 4,000 އާއި 6,000 ރުފިޔާއާ ދެމެދުގެ އަދަދެއް ހަރަދުކުރަން ޖެހެއެވެ. ސަރުކާރުން މިފަދަ ފިޔަވަޅުތައް އަޅަމުން އަންނަނީ މިފަދަ މަތީ އަގުތަކުން ރައްޔިތުންނަށް ލުޔެއް ހޯދައިދިނުމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއައިޖީއެމްއެޗްމާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

13 ގަޑިއިރު ކުރިން - 15:20

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

20 ގަޑިއިރު ކުރިން - 08:31

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

2 ދުވަސް ކުރިން - 14:15

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

2 ދުވަސް ކުރިން - 10:37

ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ: ރައީސް

“ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ”

2 ދުވަސް ކުރިން - 10:22

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ - ރައީސް

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ

2 ދުވަސް ކުރިން - 10:02