ރައީސް ގެ ވައުދުފުޅާއި އެއްގޮތަށް ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު ހުޅުމާލެއަށް!

އައިޝަތު ޝިފްނާ ހުސައިން | 84 ދުވަސް ކުރިން - 27 ޖުލައި 2025 17:51
ޖަސްޓިސް ބިލްޑިންގްގެ އެނެކްސް އިމާރާތް ހުޅުވުން--- ފޮޓޯ:ރައީސް އޮފީސް
ޖަސްޓިސް ބިލްޑިންގްގެ އެނެކްސް އިމާރާތް ހުޅުވުން--- ފޮޓޯ:ރައީސް އޮފީސް
ޚުލާސާ

އަލަށް ހުޅުވި މި ކޯޓިު އިމާރާތަކީ ޖާގަ ތަނަވަސް އިމާރާތެއް. އޭގެ ސަބަބުން އެއްފަަރާ ގިނަ މައްސަލަތަކުގެ ޝަރީއަތް ކުރިއަށް ގެންދެވޭނެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުފުޅާ އެއްގޮތަށް ޖުލައި ނިނުމުގެ ކުރިން ހުޅުމާލޭގައި ޖަސްޓިސް ބިލްޑިންގްގެ އެނެކްސް އިމާރާތް ހުޅުވައިދެއްވައިފި އެވެ.

މިއަހަރުުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް ވަނީ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތަށް މި އޮގަސްޓުގެ ކުރިން ނިންމާލެވޭނެ ކަމަށް ވިދާޅުވެފަ އެވެ. މިއާއެކު މަޑުޖެހިފައި ތިބި މައްސަލަތައް ހިނގައިގަންނާނެ ކަަމަށާއި ވާނުވާ ބަންދުގައި ތިބި ފަރާތްތަކުުގެ މައްސަލަތައް އަވަސްކުރަން ސަރުކާރުން ކުރާ މަސައްކަތް އަވަސްކުރެވިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވި ގޮތަށް މިއަދު ވަނީ ޖަސްޓިސް ބިލްޑިންގްގެ އެނެކްސް އިމާރާތް ހުޅުމާލޭގައި ހުޅުވައިފަ އެވެ. މި އިމާރާތް ހުންނާނީ ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލު ކުރިމަތީގައި ހުންނަ ކުރީގެ ކޮވިޑް ހޮސްޕިޓަލުގަ އެވެ. މި އިމާރާތް ހުޅުވައިދީފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

މި ދެ ކޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާ އަލްއުސްތާޒް އަމްޖަދު މުސްތަފާ ވާހަަކަ ދައްކަވަމުން ވިދާޅުވީ، މި ދެ ކޯޓު ގާއިމްކުރެވުމަކީ މިހާރު ޝަރީއަތްތަށް ހިންގުމަށް ދިމާވެފައިވާ ދަތިތަކަށް ވަރަށް ބޮޑު ހައްލެއް ގެނެސްދޭނެކަމެއްމަށެވެ.

އަދި މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަމަށްވެސް ފަސޭހަކަމެއް ލިބިގެންދާނެ ކަމަށް ވެސް އަމްޖަދު ވިދާޅުވިއެވެ. އަމްޖަދު ވިދާޅުވީ މީގެ ކުރީގެ އިމާރާތުގެ ސީލިންގުން ފެންފޭބުމުގެ މައްސަލަ ދިމާވެފައިވީނަމަވެސް، އަލަށް މި ހުޅުވޭ އިމާރާތުގައި މިކަހަލަ މައްސަލަތަށް ދިމާނުވާނެކަމަށެވެ.

މީގެ އިތުރުން ކުރީގެ ކޯޓަށް ހާޒިރުވާ ފަރާތްތަކުން އިށީންނާނެ ޖާގަ ނުލިބިގެން އުޅުނުނަމަވެސް މިހާރުގެ ކޯޓުގައި އެ ޖާގައިގެ ދަތިކަން ނުޖެހޭނެކަމަށްވެސް އަމްޖަދު ވިދާޅުވި އެވެ.

ޖަސްޓިސް ބިލްޑިންގ އެނެކްސްގައި، ކްރިމިނަލް ކޯޓުގެ ޝަރީއަތްތަކަށް ހާއްސަ 10 ކޮޓަރި އާއި ޑްރަގް ކޯޓަށް ހާއްސަ ފަސް ކޮޓަރި ހުންނާނެ އެވެ.

އޭގެ އިތުރުން އެ އިމާރާތުގައި ފަނޑިޔާރުންނަށް ހާއްސަކޮށް 17 ކޮޓަރި ހުންނައިރު ދައުލަތުގެ ވަކީލުންނާއި، ދިފާއީ ވަކީލުންނަށް ވަކިން ހާއްސަ ޖާގައެއްވެސް ހުންނާނެ އެވެ. ކަމަށްވެސް ޑީޖޭއޭއިން މައުލޫމާތު ދީފައިވެ އެވެ.

ކްރިމިނަލް ކޯޓު ހުޅުމާލެ އަށް ބަދަލުކުރަނީ އެ ތަން މިހާރު ހިންގަމުން އަންނަ އެސްޓީއޯގެ ކުރީގެ އިމާރާތް ވަރަށް ބޮޑަށް ބާވެ ބޭނުން ނުކުރެވޭވަރު ވެފައިވާތީއެވެ.



TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%