Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރައްޔިތުންގެ ދަތިތަކަށް ހައްލު ހޯދުމަށް އަބަދުވެސް މަސައްކަތް ކުރުމަށް ރައީސް އިރުޝާދު ދެއްވާ: އަބްދުލްރައްޒާގް

ރައްޔިތުންގެ ދަތިތަކަށް ހައްލު ހޯދުމަށް އަބަދުވެސް މަސައްކަތް ކުރުމަށް ރައީސް އިރުޝާދު ދެއްވާ: އަބްދުލްރައްޒާގް

އަައިޝަތު ޒީނާ
398 ދުވަސް ކުރިން - 27 ޖުލައި 2025 15:37
ހުޅުމާލޭގެ އޮރެންޖު ހިޔާ ބިލްޑިންގައި ގާއިމްކުރި ޑަޔަލިސިސް ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވާހަކަދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ހުޅުމާލޭގެ އޮރެންޖު ހިޔާ ބިލްޑިންގައި ގާއިމްކުރި ޑަޔަލިސިސް ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވާހަކަދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް އަބަދުވެސް ދެއްވަމުން އަންނަ އިރުޝާދަކީ ރައްޔިތުންނަށް ދިމާވެފައި ހުރި ދަތިތަކަށް ހައްލު ހޯދުމަށް މަސައްކަތް ކޮށްދެއްވުމަށް ކަމަށް އަބްދުލްރައްޒާގް ވިދާޅުވި.

ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަބަދުވެސް އިރުޝާދު ދެއްވާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވެއްޖެ އެވެ.

އަބްދުއްރައްޒާގް މިފަދައިން ވިދާޅުވީ ހުޅުމާލެގެ އޮރެންޖު ހިޔާ ބިލްޑިންގައި ގާއިމްކުރި ޑަޔަލިސިސް ސެންޓަރު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ގައުމު ތަރައްގީ ކުރުމުގައި އަދި މިނިވަންކަން ގާއިމްކުރުމުގައި އިގްތިސާދީ މިނިވަންކަން މުހިންމުކަމަށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށް ރޭ ބޭއްވި ހަފްލާގައި ރައީސް ވިދާޅުވެފައިވާކަން ފާހަގަކުރައްވާ އަބްދުލްރައްޒާގް ވިދާޅުވީ، އިގްތިސާދީ މިނިވަންކަމުގެ އިތުރުން ސިއްހީ މިނިވަންކަން ހޯދުމަށް ވެސް ރައީސްއާއެކު މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

Advertisement

Advertisement 1

އަބްދުއްރަލްޒާގް ވިދާޅުވީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ މަސައްކަތްތަކާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް އަބަދުވެސް ދެއްވަމުން އަންނަ އިރުޝާދަކީ ރައްޔިތުންނަށް ދިމާވެފައި ހުރި ދަތިތަކަށް ހައްލު ހޯދުމަށް މަސައްކަތް ކޮށްދެއްވުމަށް ކަމަށެވެ. އެގޮތުން ދެ ދަންފަޅިއަކަށް ފޯރުކޮށްދެމުން ދިޔަ ޑަޔަލިސިސް ހިދުމަތް ތިން ދަންފަޅިއަށް ބަދަލުކޮށް، ރައްޔިތުންނަށްޓަކާ އެ ހިދުމަތް ފުޅާ ކުރެވޭތޯ މަސައްކަތް ކުރެއްވި ކަމަށް އަބްދުލްރައްޒާގް ވިދާޅުވިއެވެ. ނަމަވެސް ވަރަށް ގިނަ ބޭފުޅުން ކިޔުގައި މަޑުކުރައްވަން ޖެހޭކަމަށް އަބްދުލްރައްޒާގް ވިދާޅުވި އެވެ.

އަބްދުލްރައްޒާގް ވިދާޅުވީ ޑަޔަލިސިސްގެ ހިދުމަތަކީ ރައްޔިތުންނަށް އޮތް އިހުތިޔާރީ ފަރުވާއެއް ނޫން ކަމަށާއި، އެއީ ކޮންމެހެންވެސް ހޯދަން ޖެހޭ ފަރުވާއެއް ކަމަށެވެ.

"..އެއީ ކިޑްނީ ފެއިލްވެފައި ތިބޭ ބަޔަކަށް ވާތީ، މި ބޭފުޅުން ހަފްތާއަކު ތިން ދުވަހު، ކޮންމެ ދުވަހަކު ހަތަރު ގަޑިއިރު މިތަނުގައި ހޭދަކުރަން ޖެހޭ މި ހިދުމަތް ހޯދުމަށްޓަކައި. ވީމާ ތިން ދަންފަޅިއަށް އަޅުގަނޑުމެން މި ހިދުމަތް ފޯރުކޮށްދެމުން ދިޔަ އިރު، ރޭގަނޑު ދަންވަރު އަދި ހާއްސަކޮށް އިސްރަށްވެހިން މި ހާލަތުގައި، މި ތަކުލީފުގައި އުޅެން ޖެހުމަކީ އަޅުގަނޑުމެންނަށް އެހާ ފަސޭހަ ކަމަކަށް ނުވި.." އަބްދުލްރައްޒާގް ވިދާޅުވި އެވެ.

އެހެންކަމުން ރައީސްގެ ލަފަޔާއި މަޝްވަރާގެ ތެރެއިން، ހުޅުމާލޭގެ އޮރެންޖު ހިޔާ ބިލްޑިންގައި 30 އެނދުގެ ޑަޔަލިސިސް ސެންޓަރެއް ގާއިމްކުރުމަށް ނިންމެވީކަމަށް އަބްދުލްރައްޒާގް ވިދާޅުވިއެވެ.

އަބްދުލްރައްޒާގް ވިދާޅުވީ މިއަދު ހުޅުވިގެން ދިޔަ ޑަޔަލިސިސް ސެންޓަރަކީ 30 އެނދަށް ހުޅުމާލެ ހޮސްޕިޓަލުގެ ޑަޔަލިސިސް ހިދުމަތް ފުޅާކުރެވި، ޒަމާނީ ފެންވަރުގައި ހިދުމަތްދެވޭނެ ސެންޓަރެއް ކަމަށެވެ. އެތަން ތަރައްގީކޮށްފައިވަނީ ބަލި މީހަކު އެކަހެރިކޮށްގެން ފަރުވާދޭން ޖެހިއްޖެ ހާލަތެއްގައިވެސް އެފަދައިން ފަރުވާ ދެވޭނެ ގޮތަށް ކަމަށް އަބްދުލްރައްޒާގް ވިދާޅުވިއެވެ.

އަބްދުލްރައްޒާގް ވިދާޅުވީ މިއަދު ހުޅުވިގެން ދިޔަ ސެންޓަރުގައި ދެ ދަންފަޅިއަށް ހިދުމަތް ފޯރުކޮށްދެވުނު ނަމަވެސް ދުވާލެއްގެ މައްޗަށް 150 ވަރަކަށް މީހުންނަށް ފަރުވާ ދެވޭނެ ކަމަށެވެ.

"އުފަލާއެކީގައި ދަންނަވާލަން ބޭނުންވޭ މިއަދުން ފެށިގެން ހުޅުމާލޭގައި އަދި މާލެ ސިޓީގައި ޑަޔަލިސިސްގެ ހިދުމަތް ބޭނުން ވެގެން ކިޔުގައި ޖެހެން އެއްވެސް ބޭފުޅަކަށް މަޑު ކުރާކަށް ނުޖެހޭނެ.." އަބްދުލްރައްޒާގް ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުމާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިބްރާހިމް ހަލީމް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

13 ގަޑިއިރު ކުރިން - 15:20

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

20 ގަޑިއިރު ކުރިން - 08:31

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

2 ދުވަސް ކުރިން - 14:15

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

2 ދުވަސް ކުރިން - 10:37

ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ: ރައީސް

“ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ”

2 ދުވަސް ކުރިން - 10:22

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ - ރައީސް

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ

2 ދުވަސް ކުރިން - 10:02