Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފު ނަންރީތި ސަލީމަށް އަރުވައިފި

ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފު ނަންރީތި ސަލީމަށް އަރުވައިފި

އަހްމަދު އީޒާން
365 ދުވަސް ކުރިން - 27 ޖުލައި 2025 13:09
ރައީސް ޑރ. މުހައްމަދު މުއިއްޒު, ޚާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފް އަހްމަދު ސަލީމަށް އަރުވަނީ / ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު, ޚާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފް އަހްމަދު ސަލީމަށް އަރުވަނީ / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ހާރިޖީ ދާއިރާގައި އަހްމަދު ސަލީމް ވަނީ އެކި ފަހަރު މަތިން 35 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރައްވައިފައި.

ރައީސް ޑރ. މުހައްމަދު މުއިއްޒު, ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފް އަހްމަދު ސަލީމް (ނަންރީތި ސަލީމް)އަށް މިއަދު އަރުވައިފި އެވެ.

ސަލީމަށް އެ ޝަރަފް އެރުވީ މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި 60 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ.

ސަލީމް ދައުލަތަށް ހިދުމަތްކުރައްވަމުން ގެންދަވާތާ މިހާރު ބައި ގަރުނަށް ވުރެ ގިނަ ދުވަސްވީއިރު، އެންމެ ދިގު މުއްދަތެއްގައި ހިދުމަތްކުރައްވާފައި ވަނީ ހާރިޖީ ދާއިރާގަ އެވެ. އޭނާ ދައުލަތުގެ ހިދުމަތާ ގުޅިވަޑައިގަތީ ވެސް އެ ދާއިރާއިން ޖުލައި 7, 1968 ގަ އެވެ.

Advertisement

Advertisement 1

ހާރިޖީ ދާއިރާގައި އަހްމަދު ސަލީމް ވަނީ އެކި ފަހަރު މަތިން 35 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވައިފަ އެވެ.

އޭނާ އަދާކުރެއްވި ބައެއް މަގާމުތަކުގެ ތެރޭގައި، ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަ ސަފީރުކަމުގެ މަގާމާއި ރާއްޖެއިން ނޭޕާލަށް ކަނޑައަޅާފައި ހުންނަ ނޮން-ރެޒިޑެންޓް ސަފީރުކަމުގެ މަގާމާއި ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) އަށް ދިވެހި ސަރުކާރުން އެންމެ ފުރަތަމަ ކަނޑައެޅި ޑިރެކްޓަރުކަމުގެ މަގާމާއި ސާކް ސެކްރެޓެރީ ޖެނެރަލް ކަމުގެ މަގާމު ވެސް ހިމެނެ އެވެ.

ޖުމްލަ ފަސް އަހަރާއި ހަ މަސްދުވަހު ސާކުގައި ސަލީމް ހިދުމަތްކުރެއްވި އެވެ.

ފޮރިން މިނިސްޓްރީގެ އިންޓަނޭޝަނަލް އޯގަނައިޒޭޝަންތަކާ ބެހޭ ބައިގެ ހެޑް އޮފް ޑިޕާޓްމަންޓުގެ ގޮތުގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކުރައްވައި، މިނިސްޓްރީގެ އެހެނިހެން ޑިޕާޓްމަންޓުތަކުގެ ހެޑްކަން ވެސް އަދާކުރެއްވި އެވެ. ރާއްޖެއިން ބޭރުގައި ބާއްވާފައިވާ ބައިނަލްއަގުވާމީ އެތައް ބައްދަލުވުންތަކެއްގައި އޭނާ ވަނީ ރާއްޖެ ތަމްސީލުކުރައްވައިފަ އެވެ. ރާއްޖޭގެ ތަރައްގީއަށް ބޭރު ގައުމުތަކުން އެހީ ހޯދުމަށް ގިނަގުނަ މަސައްކަތްތަކެއް ވެސް އޭނާ ކުރެއްވި އެވެ. ސަލީމް ވަނީ ފޮރިން މިނިސްޓްރީގެ "ފޮރިން ސާވިސް އިންސްޓިޓިއުޓް" ވެސް ހިންގަވައިފަ އެވެ.

ރާއްޖޭގެ ހާރިޖީ ދާއިރާގެ އިތުރުން ދައުލަތުގެ އެހެން ބައެއް މުއައްސަސާތަކަށް ވެސް އޭނާ ހިދުމަތްކުރެއްވި އެވެ. ރައީސްގެ ގަރާރަކުން 2003 ވަނަ އަހަރު ފުރަތަމަ ފަހަރަށް ރާއްޖޭގައި ހިއުމަން ރައިޓްސް ކޮމިޝަނެއް އުފެއްދެވިއިރު، އެ ކޮމިޝަނަށް އައްޔަން ކުރެއްވި މެމްބަރުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގެންނެވި އެވެ. އަދި މިހާރު އަމަލުކުރަމުން އަންނަ 2008 ވަނަ އަހަރު ތަސްދީގުކުރެވުނު ގާނޫނުއަސާސީގެ ދަށުން އެކުލަވައިލެވުނު ހިއުމަން ރައިޓްސް ކޮމިޝަންގެ ފުރަތަމަ ރައީސަކީ ވެސް އޭނާ އެވެ.

ސަލީމް ފުރުއްވާފައިވާ އެހެން ބައެއް އިސް މަގާމުތަކުގެ ތެރޭގައި، ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ކަމުގެ މަގާމާއި ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގެ ޑެޕިއުޓީ ޑިރެކްޓަރު ކަމުގެ މަގާމާއި މިނިސްޓްރީ އޮފް ހޯމްއެފެއާޒް އެންޑް ސްޕޯޓްސްގެ ޑިރެކްޓަރު އޮފް ސްޕޯޓްސް ކަމުގެ މަގާމު ހިމެނެ އެވެ. އަދި މިނިސްޓްރީ އޮފް ޔޫތު، ވިމެންސް އެފެއާޒް އެންޑް ސްޕޯޓްސްގެ ޑިރެކްޓަރު ޖެނެރަލް ކަމުގެ މަގާމާއި މިނިސްޓްރީ އޮފް ވިމެންސް އެފެއާޒް އެންޑް ސޯޝަލް ސެކިއުރިޓީގެ ޑިރެކްޓަރު ޖެނެރަލް ކަމުގެ މަގާމާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ޑިރެކްޓަރު ޖެނެރަލް ކަމުގެ މަގާމު ވެސް ހިމެނެ އެވެ.

ސަލީމް ދައުލަތަށް ހިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 54 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސްރައީސް ޑރ. މުހައްމަދު މުއިއްޒުމިނިވަން ދުވަސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނަން: ރައީސް

14 ގަޑިއިރު ކުރިން - 14:06

މިހާތަނަށް 1.6 މިލިއަން ގަސް އިންދައިފި؛ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 2 މިލިއަން ގަސް އިންދުން

އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 2 މިލިއަން ގަސް އިންދުން

14 ގަޑިއިރު ކުރިން - 13:50

އެމްއެންޑީއެފްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގެ އާ އިމާރާތް ރައީސް ހުޅުއްވައިދެއްވައިފި

އެމްއެންޑީއެފްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގެ އާ އިމާރާތް ރައީސް ހުޅުއްވައިދެއްވައިފި

15 ގަޑިއިރު ކުރިން - 13:35

ރިޕޯޓް: ބޮޑުތަކުރުފާނު މަގުގެ ކާމިޔާބީ - އިދިކޮޅު ފަރާތްތަކަށް ހަޖަމުކުރަން އުނދަގޫވި ހަގީގަތެއް

ބޮޑުތަކުރުފާނު މަގުގެ ކާމިޔާބީ - އިދިކޮޅު ފަރާތްތަކަށް ހަޖަމުކުރަން އުނދަގޫވި ހަގީގަތެއް

22 ގަޑިއިރު ކުރިން - 06:23

ސިޔާސީ ބަދަލުހިފުމުގެ އަޅުވެތިކަމުން ގައުމު މިނިވަންކޮށްފިން، އެއްވެސް ރައީސަކު ޖަލަކަށް ނުލަން: ރައީސް

"ސިޔާސީ ބަދަލުހިފުމުގެ އަޅުވެތިކަމުން ގައުމު މިނިވަންކޮށްފިން، އެއްވެސް ރައީސަކު ޖަލަކަށް ނުލަން"

1 ދުވަސް ކުރިން - 14:24

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާ ފުރަތަމަ ސަރުކާރަށް މި ސަރުކާރު ވެގެންދާނެ: ރައީސް

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާނަން: ރައީސް

1 ދުވަސް ކުރިން - 13:55