94 ބޭފުޅަކަށް ދައުލަތުގެ ހިދުމަތުގެ އިނާމު!

އައިޝަތު ޝިފްނާ ހުސައިން | 1 ދުވަސް ކުރިން - 27 ޖުލައި 2025 12:46
މިނިވަންދުވަހުގެ ޖަލްސާގެ ތެރެއިން ދައުލަތަށް ގިނަދުވަހު ހިދުމަތްކޮށްދެއްވި ފަރާތްތަކަށް އިނާމު ދިނުމުގެ ތެރެއިން.--ފޮޓޯ:ރައީސް އޮފީސް
މިނިވަންދުވަހުގެ ޖަލްސާގެ ތެރެއިން ދައުލަތަށް ގިނަދުވަހު ހިދުމަތްކޮށްދެއްވި ފަރާތްތަކަށް އިނާމު ދިނުމުގެ ތެރެއިން.--ފޮޓޯ:ރައީސް އޮފީސް
ޚުލާސާ

މި އިނާމު ދެވިފައިވަނީ ގިނަ އަހަރުތަކަކު ދިވެހި ދައުލަތަށް ހިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކަށް.

40 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި ދައުލަތަށް ހިދުމަތް ކޮށްދެއްވި 94 ބޭފުޅަކަަށް އިނާމު ދެއްވައިފިއެވެ.

ރާއްޖޭގެ މިނިވަން 60 އާއި ގުޅިގެން މިއަދު ބޭއްވުނު ހާއްސަ ޖަލްސާގައި، ދައުލަތަށް ދިގު މުއްދަތެއް ވަންދެން ހިދުމަތްކޮށްދެއްވައިފައިވާ އިނާމު ދިނުމަށް ކަނޑައެޅީފައިވާ ހުރިހާ ޝަރުތެއް ހަމަވާ ކޮންމެ ބޭފުޅަކަށްވެސް މި އިނާމު ހަވާލުކުރެވިގެންދިޔައެވެ.

މި އިނާމު ދެއްވައިފައިވަނީ ޖަލްސާ ޝަރަފުވެރި ކޮށްދެއްވި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

މި އިނާމަކީ ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ގާބިލުކަމާއި، އިހްލާސްތެރިކަމާއެކު ކުރައްވައިފައިވާ ހިދުމަތްތަކަށާއި، އެ ބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ގައުމީ ފެންވަރުގައި، ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވަން ފެށްޓެވި ޝަރަފުވެރި އިނާމެކެވެ.

35 އަހަރާއި 39 އަހަރާ ދެމެދުގެ މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންނަށް އިނާމު ދެއްވުން ހަމަޖެހިފައިވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރައްވައިގެން ޝަރަފުގެ ބެޖާއި އައްޑަނަ ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް މަރުހަބާ އާއި ތަހުނިޔާ ދަންނަވާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%