Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ގާސިމާއި ސޯބިރަށް ނިޝާން އިއްޒުއްދީންގެ ޝަރަފު އަރުވައިފި

ގާސިމާއި ސޯބިރަށް ނިޝާން އިއްޒުއްދީންގެ ޝަރަފު އަރުވައިފި

އަހްމަދު އީޒާން
365 ދުވަސް ކުރިން - 27 ޖުލައި 2025 12:41
ރައީސް ޑރ. މުހައްމަދު މުއިއްޒު, ގާސިމް އިބްރާހިމާ ސަލާންކުރައްވަނީ / ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު, ގާސިމް އިބްރާހިމާ ސަލާންކުރައްވަނީ / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ގާސިމާއި ސޯބިރުގެ އިތުރުން ކުރީގެ އުއްތަމަފަނޑިޔާރު މުއުތަސިމު އަދުނާނަށް ވެސް މިއަދު ވަނީ ނިޝާން އިއްޒުއްދީންގެ ޝަރަފުގެ ލަގަބު އަރުވައިފައި.

މާމިގިލީ ދާއިރާގެ މަޖިލިސް މެމްބަރު ގާސިމް އިބްރާހިމާއި ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަ ސަފީރު ހަސަން ސޯބިރަށް, ދައުލަތު ދޭ މަތިވެރި އިއްޒަތް, ނިޝާން އިއްޒުއްދީންގެ ޝަރަފުގެ ލަގަބު މިއަދު އަރުވައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު, އެ ދެ ބޭފުޅުންނަށް މި އިއްޒަތް އެރުވީ މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި 60 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ.

ގާސިމާއި ސޯބިރުގެ އިތުރުން ކުރީގެ އުއްތަމަފަނޑިޔާރު މުއުތަސިމު އަދުނާނަށް ވެސް މިއަދު ވަނީ ނިޝާން އިއްޒުއްދީންގެ ޝަރަފުގެ ލަގަބު އަރުވައިފަ އެވެ.

Advertisement

Advertisement 1

ސިއްހީ ހާލަތު ތަންނުދެއްވާތީ ސޯބިރަށް މިއަދުގެ ޖަލްސާއަށް ވަޑައިނުގެންނެވުމުން އާއިލާގެ ފަރާތުން އިނާމާ ހަވާލުވެވަޑައިގަތީ އޭނާގެ ދަރިކަނބަލުންނެވެ.

ގާސިމަކީ ދައުލަތުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކެބިނެޓުގައި ފިނޭންސް އެންޑް ޓްރެޒަރީ މިނިސްޓަރުކަން އަދި ފިނޭންސް މިނިސްޓަރުގެ ހައިސިއްޔަތުން އޭރު އޭނާ ހުންނެވީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ މަގާމުގައި ވެސް މެ އެވެ. މަގާމުގެ ހައިސިއްޔަތުން ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑަށް ރާއްޖޭގެ ފަރާތުން ކަނޑައަޅާ ގަވަރުނަރު ކަމުގެ މަގާމު ވެސް އޭނާ އަދާކުރެއްވި އެވެ.

މައުމޫންގެ އިސްލާހީ އެޖެންޑާގެ ދަށުން ގާނޫނުއަސާސީ އިސްލާހުކުރުމުގެ މަސައްކަތް، ރައްޔިތުންގެ ހާއްސަ މަޖިލީހުން ފެށިއިރު، ގާސިމަށް ލިބިވަޑައިގެންނެވި އެންމެ ބޮޑު އެއް ޝަރަފަކީ، ހާއްސަ މަޖިލީހުގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގަތުމެވެ. ރާއްޖޭގައި މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީ އެކުލަވައި ނިންމެވީ، ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރިޔާސަތުގައި ގާސިމް އިންނަވައިގެންނެވެ.

ގާސިމަށް 2013 ވަނަ އަހަރު ދިވެހި ދައުލަތުން ވަނީ ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް ވެސް އަރުވައިފަ އެވެ. ގާސިމަށް ލިބިވަޑައިގެންފައިވާ ގައުމީ ހިދުމަތުގެ އިނާމުތަކުގެ ތެރޭގައި، ރާއްޖޭގައި ވިޔަފާރި ކުރިއެރުވުމުގެ ރޮނގުން 1988 ވަނަ އަހަރު ދެއްވި އާންމު ހިދުމަތުގެ ހިތްވަރުދިނުމުގެ އިނާމާއި ޓޫރިޒަމްގެ ރޮނގުން 1995 ވަނަ އަހަރު ދެއްވި އާންމު ހިދުމަތުގެ ހިތްވަރުދިނުމުގެ އިނާމާއި ޖަމާއަތަށް ފައިދާހުރި ހާއްސަ ހިދުމަތެއްކުރުމުގެ ދާއިރާއިން 2007 ވަނަ އަހަރު ދެއްވި ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހިމެނެ އެވެ.

ސޯބިރަކީ ރާއްޖޭގެ އިގުތިސާދާ ބެހޭ ހުރިހާ ދާއިރާއެއްގައި ދިގު މުއްދަތެއް ވަންދެން ހިދުމަތް ކުރެއްވި ބޭފުޅެކެވެ. އެ ދާއިރާތަކުގެ ތެރޭގައި ޓޫރިޒަމާއި މަސްވެރިކަމާއި ދަނޑުވެރިކަން ހިމެނެ އެވެ. އަދި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ރޭއްވެވުމާއި ހިންގެވުމުގައްޔާއި ހާރިޖީ ދާއިރާގައި އޭނާ ކުރައްވާފައިވާ އަގުހުރި ހިދުމަތްތަކާއި މިހާރު ވެސް އެ ދާއިރާގައި ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށްލެވެ އެވެ.

ސޯބިރު ދިވެހި ދައުލަތަށް ހިދުމަތް ކުރައްވަން ފެށްޓެވީ، ފެބްރުއަރީ 7, 1973 ގަ އެވެ. އޭނާގެ މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ނޭޝަނަލް ޕްލޭނިން އޭޖެންސީގައި ކުރެއްވި މަސައްކަތެވެ. ނޭޝަނަލް ޕްލޭނިން އޭޖެންސީ އުވައިލައްވައި، 1982 ގައި މިނިސްޓްރީ އޮފް ޕްލޭނިން އެންޑް ޑިވެލޮޕްމަންޓް އުފެއްދެވުމާ ގުޅިގެން އެ މިނިސްޓްރީގެ ތަފާތު މަގާމުތައް ވެސް އޭނާ އަދާކުރެއްވި އެވެ.

މައުމޫންގެ ވެރިކަމުގައި 1993 އެކުލަވައިލެއްވި ކެބިނެޓުގައި ފިޝަރީޒް މިނިސްޓަރުކަން އޭނާ ކުރެއްވި އެވެ. އަދި ފަހުން ޓޫރިޒަމް މިނިސްޓަރުކަން ވެސް ކުރެއްވި އެވެ.

ސޯބިރު އޭގެ ފަހުން މަސައްކަތް ކުރެއްވީ ޚާރިޖީ ދާއިރާގަ އެވެ. އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ސަފީރުކަމުގެ މަގާމާއި ސިންގަޕޫރުގައި ހުންނަ ރާއްޖޭގެ ސަފީރުކަމުގެ މަގާމައި ޔޫރަޕިއަން ޔޫނިއަންގައި ހުންނަ ރާއްޖޭގެ ސަފީރުކަމުގެ މަގާމު އަދި ޖަޕާނުގައި ހުންނަ ރާއްޖޭގެ ސަފީރުކަމުގެ މަގާމު އޭނާ އަދާކުރެއްވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސްމިނިވަން ދުވަސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނަން: ރައީސް

14 ގަޑިއިރު ކުރިން - 14:06

މިހާތަނަށް 1.6 މިލިއަން ގަސް އިންދައިފި؛ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 2 މިލިއަން ގަސް އިންދުން

އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 2 މިލިއަން ގަސް އިންދުން

14 ގަޑިއިރު ކުރިން - 13:50

އެމްއެންޑީއެފްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގެ އާ އިމާރާތް ރައީސް ހުޅުއްވައިދެއްވައިފި

އެމްއެންޑީއެފްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގެ އާ އިމާރާތް ރައީސް ހުޅުއްވައިދެއްވައިފި

15 ގަޑިއިރު ކުރިން - 13:35

ރިޕޯޓް: ބޮޑުތަކުރުފާނު މަގުގެ ކާމިޔާބީ - އިދިކޮޅު ފަރާތްތަކަށް ހަޖަމުކުރަން އުނދަގޫވި ހަގީގަތެއް

ބޮޑުތަކުރުފާނު މަގުގެ ކާމިޔާބީ - އިދިކޮޅު ފަރާތްތަކަށް ހަޖަމުކުރަން އުނދަގޫވި ހަގީގަތެއް

22 ގަޑިއިރު ކުރިން - 06:23

ސިޔާސީ ބަދަލުހިފުމުގެ އަޅުވެތިކަމުން ގައުމު މިނިވަންކޮށްފިން، އެއްވެސް ރައީސަކު ޖަލަކަށް ނުލަން: ރައީސް

"ސިޔާސީ ބަދަލުހިފުމުގެ އަޅުވެތިކަމުން ގައުމު މިނިވަންކޮށްފިން، އެއްވެސް ރައީސަކު ޖަލަކަށް ނުލަން"

1 ދުވަސް ކުރިން - 14:24

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާ ފުރަތަމަ ސަރުކާރަށް މި ސަރުކާރު ވެގެންދާނެ: ރައީސް

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާނަން: ރައީސް

1 ދުވަސް ކުރިން - 13:55