ބަނޑަށް ޖައްސާފައިވާ ޣައްޒާއަށް ދެން ބޮން އަޅާނީ ރޭގަނޑު 8 އާއި ހެދުނު 10 އާއި ދޭތެރޭގައި އެކަނި ކަމަށް އިސްރާއީލުން ބުނެފިއެވެ. އިސްރާއީލުން ބުނީ މިގޮތަށް ނިންމީ އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ މަގުސަދުގައި ކަމަށާއި މިއީ ސިޔާސީ ނިންމުމެއް ކަމަށެވެ. އަދި މިކަން ނައިނަލްއަޤްވާމީ ފަރާތްތަކަށް އަންގާފައި ވާނެ ކަމަށް ވެސް ނަތަންޔާހޫގެ ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައި ވެ އެވެ.
އިސްރާއީލް ޑިފެންސް ފޯސަސް (އައިޑީއެފް) އިން ބުނާ ގޮތުގައި ޙަމަލާތައް މެދުކަނޑައިލީ ހަމަ އެކަނި އިސްރާއީލުގެ ސިފައިން ނޫޅޭ ސަރަޙައްދު ތަކުގައި ކަމަށާއި ހަނގުރާމަ ހުއްޓާލުމުގެ ގަޑިތަކުގެ އިތުރުން ރައްކާތެރި ކޮރިޑޯ ތަކެއް ހެނދުނު 6:00 އިން ފެށިގެން މެންދުރު 11:00 އާއި ހަމަޔަށް އދ. އަށް ބޭނުން ކުރެވޭނެ ގޮތަށް ހަމަޖައްސާނެ އެވެ.
އިސްރާއީލުން މިގޮތަށް ނިންމީ ދުނިޔޭގެ ނިއުކްލިއާ ބާރުތައް ވެސް ހިމެނޭހެން 25 ޤައުމަކުން އިސްރާއީލާއި އެމެރިކާގެ ސަރުކާރަށް ޕްރެޝަރު ކުރުމުންނެވެ.
އިސްރާއީލުން ބުނީ މިއީ ވަގުތީ ނިންމުމެއް ކަމަށެވެ.