ޣައްޒާ އަށް އެހީ ހިފައިގެން ދަތުރުކުރި ހަންޑަލާ ބޯޓު ހައިޖެކް ކޮށް އެ ބޯޓުގައި ތިބި ހުރިހާ ނޫސްވެރިންނާއި ފަޅުވެރިންނާއި ބައިނަލްއަޤްވާމީ އެކްޓިވިސްޓުން އިސްރާއީލުން ހައްޔަރު ކޮށްފިއެވެ.
ޣައްޒާ އަށް އެހީ ހިފައިގެން ދަތުރުކުރި ހަންޑަލާ ބޯޓު ޒަޔަނިސްޓް އިސްރާއީލުން ހައިޖެކް ކުރުން.
ފްރީޑަމް ފްލޮޓިލާ ކޯލިޝަނުގެ އެހީ ހިފައިގެން ދަތުރުކުރި މި ބޯޓު އިސްރާއީލުން ހައިޖެކް ކުރީ ޣައްޒާ އަށް މިސްރާބު ޖަހާފައި ވަނިކޮށް އިސްރާއީލުގެ ޑްރޯންތަކުން އެ ބޯޓު ވަށައިލުމުން ބޯޓުގެ މިޞްރާބު ބަދަލުކޮށް މިޞްރުގެ ބަނދަރަށް ދިޔުމަށް މިޞްރުގެ ކަމާއި ބެހޭ ފަރާތުގެ ހުއްދަ ވެސް ލިބުނު ފަހުން، މިޞްރާއި ގާތްގަނޑަކަށް 123 މޭލު ދުރުން ކަމަށް ޚަބަރު ލިބެއެވެ.
ޚަބަރު ލިބޭ ގޮތުގައި މި މަހުގެ 13 ވަނަ ދުވަހު ސިސިލީއިން ފުރި މި ބޯޓުގައި ހުރީ ފުށާއި، ބޭހާއި، ކުޑަކުދިންގެ ކިރު ފަދަ މުހިންމު ތަކެއްޗެވެ. ބޯޓުގައި 19 ބައިނަލްއަޤްވާމީ އެކްޓިވިސްޓުންނާއި 2 ނޫސްވެރިން ހިމެނޭގޮތަށް 21 މީހުން ތިބި ކަމަށާއި އެ. އެންމެން ވެސް މިހާރު ވަނީ ހައްޔަރުކޮށް، ބޯޓު ވެސް އިސްރާއީލުގެ އަޝްދޫދު ބަނދަރަށް ގެންގޮސްފައެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ މި ބޯޓު އެ މީހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި ކަމަށް ކަށަވަރު ކޮށްދީފައެވެ.