ބަނޑަށް ޖެހިފައިވާ ޣައްޒާގެ އުތުރަށް ގޮދަން ފުށުގެ ޝިޕްމެންޓެއް ލިބިއްޖެ އެވެ. ޖޯޑަންގެ ހާޝިމީ ޗެރިޓީ އޮގަނައިޒޭޝަނުން އިސްނަގައިގެން ވެއްދި މި ޝިޕްމެންޓުގައި ހުރީ 15000 ބަސްތާ ފުށެވެ.
ޣައްޒާގައި މިހާރު ފުށް ލިބެނީ ގާތްގަނޑަކަށް 3،000 ގުނަ އަގުބޮޑުކޮށެވެ.
ކޮންމެ ބަސްތާއެއްގައި 25 ކިލޯ ހުންނަ ޖޯޑަންގެ ފުށް ޝިޕްމެންޓުން ކެވޭނީ ޣައްޒާގެ އުތުރުގެ 3 އިންސައްތަ ގޭގެ ރައްޔިތުންނަށް އެއް ހަފްތާ އަށެވެ.
މި ފުށް ބަސްތާތައް ޣައްޒާ އަށް މި ލިބުނީ 130 ދުވަހަށްވުރެ ގިނަ ދުވަސް ވަންދެން އިސްރާއީލުން ޣައްޒާއަށް ކާނާ ވެއްދޭނެ ހުރިހާ ދޮރުތަކެއް ބަންދު ކޮށްފައި ވަނިކޮށެވެ.
މުސްލިމު ޤައުމުތަކުގެ ތެރެއިން ޣައްޒާއަށް އެންމެ ބޮޑު އެހީތެރިކަމެއް ދެމުންދަނީ ޔޫއޭއީ އެވެ. އެއަށްފަހު ތުރުކީންނެވެ. ތިންވަނައަށަ އެންމެ ބޮޑެތި އެހީ ދެމުން ދަނީ ސަޢޫދީ ކަމަށް ވާއިރު ދެން އެންމެ ގިނަ އެހީ ފޯރުކޮށްދެމުން ދަނީ ޤަޠަރުންނެވެ.