Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ވެލާނާ އެއާޕޯޓަކީ ރާއްޖޭގެ އިގްތިސާދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބު :ރައީސް

ވެލާނާ އެއާޕޯޓަކީ ރާއްޖޭގެ އިގްތިސާދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބު :ރައީސް

އައިޝަތު ޝިފްނާ ހުސައިން
401 ދުވަސް ކުރިން - 26 ޖުލައި 2025 23:16
ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން.--ފޮޓޯ:ރައީސް އޮފީސް
ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން.--ފޮޓޯ:ރައީސް އޮފީސް
ޚުލާސާ

ރައީސް ވިދާޅުވީ އެއާޕޯޓުގެ އެންމެ މުހިންމު ތަނބަކީ އަލަށް ހުޅުވުނު ޓާމިނަލް ކަމަށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އިފްތިތާހު ކުރުމަކީ ރާއްޖޭގެ ތަރައްގީއަށް ލިބުނު ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަަމަށާއި އެއާޕޯޓަކީ ރާއްޖޭގެ އިގްތިސާދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް މިރޭ ބޭއްވި ތާރީހީ ކުލަގަދަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ވެލާނާ އެއާޕޯޓުގެ އާ ޕަސެންޖަރު ޓާމިނަލުގެ މަސައްކަތް އަވަސްކޮށް ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ގުޅުވައިގެން ހުޅުވުމަށް އެމަނިކުފާނު ނިންމެވީ ވަރަށް ހާއްސަ ސަބަބެއް އޮތުމުން ކަމަށެވެ. އެގޮތުން، ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމުގައި އިގްތިސާދީ މިނިވަންމަކީ މުހިންމު ކަމެއް ކަމަށާއި ރާއްޖޭގެ އިގުތިސާދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބަކީ ވެލާނާ އެއާޕޯޓުކަމަށް ވިދާޅުވި އެވެ. އަދި އެއާޕޯޓުގެ އެންމެ މުހިންމު ތަނބަކީ އަލަށް ހުޅުވުނު ޓާމިނަލް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިރެއަކީ ވަރަށް ތާރީހީ ރެއެއް ކަމަށާއި ކާމިޔާބީއަކީ ވަރަށް ބުރަ މަސައްކަތުން ހާސިލްވި އެއްޗެއްކަމަށެވެ. މި ބޮޑު މަސައްކަތް ހަގީގަތަކަށް ހެދުމުގައި ބައިނަލްއަގުވާމީ ތަރައްގީގެ އެކުވެރިންގެ ފަރާތުން ލިބުނު އެހީތެރިކަން ވަރަށް މުހިންމު ކަމަށް ރައީސް ވިދާޅުވި އެވެ.

Advertisement

Advertisement 1

މި ޓާމިނަލް ބިނާކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވި ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް، ކުވައިތު ފަންޑް، އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް އަދި އޮޕެކް ފަންޑަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވާފަ އެވެ. މީގެ އިތުރުން، މި ފަންޑުތަކުގެ ގައުމުތަކުގެ ލީޑަރުންނަށް ވެސް ރައީސް ވަނީ ޝުކުރު ދަންނަވާފައެވެ. އެބޭފުޅުންގެ އެހީތެރިކަން ފޯރުކޮށްދެއްވީ ވަރަށް ލުއިގޮތްތަކަށް ލޯނުގެ ގޮތުގަ އެވެ.

ރައީސް ވިދާޅުވީ މި މަޝްރޫއަށް ދިވެހި ބަޖެޓުން ކުރި ހޭދައަށްވުރެ އިތުރަށް ބޭނުންވި ހުރިހާ އެހީތެރިކަމެއް ބޭރުގެ މި ހަތަރު ފަންޑުން ދެއްވި ކަމަށާއި 10 އަހަރު ދުވަސްވަންދެން ގިނަ ބަޔަކު ކުރެއްވި މިންނެތް މަސައްކަތުގެ ފޮނި ނަތީޖާ ފެނިގެންދާ ކަމަށެވެ.

މީގެ އިތުރުން ރައީސް އިތުރަށް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަކީ އާ ފެށުމެއް ކަމަށާއި މިއާއެކު ރާއްޖެ އެތައް ހަރުފަތެއް ކުރިއަރައިގެންދާނެ ކަމަށެވެ. އަދި އާ ޓާމިނަލާއެކު ރާއްޖޭގެ އިގްތިސާދު ފުޅާކޮށް، ކުރިއަރައިގެންދާނެ ކަމަށާއި މިފަދަ ކަންކަމުގައި ދިވެހިން ގުޅިގެން މަސައްކަތްކޮށް ކޮންމެ ރައްޔިތަކުވެސް އަބަދުވެސް އިސްކުރަންވީ އަމިއްލަ މަސްލަހަތަށްވުރެ ގައުމުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޓާމިނަލް ބޭނުން ކުރަން ފަށާއިރު ފުރަތަމަ ހިދުމަތް ދޭނީ ގައުމީ އެއާލައިނަށެވެ. ނަމަވެސް ސެޕްޓެމްބަރު މަހުގެ ނިޔަލަށް އޯރެޓް ޕްރޮސެސް ނިންމައި ވެލާނާ އެއާޕޯޓު ބޭނުންކުރާ ހުރިހާ އެއާލައިންތަކަށް ހިދުމަތްދޭން ފަށާނެ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރައްވައިފި

15 ގަޑިއިރު ކުރިން - 18:54

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުރުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުުރުމުގެ ބިލު ތަސްދީގުކުރައްވައިފި

15 ގަޑިއިރު ކުރިން - 18:37

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގޭ ގޮތަށް ޓެކްސް ގާނޫނަށް ގެނެވުނު އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިފި

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

16 ގަޑިއިރު ކުރިން - 18:26

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއެކު، އެއަށް ޢަމަލުކުރަން ފަށައިފި

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ތަޞްދީޤުކުރައްވައިފި

17 ގަޑިއިރު ކުރިން - 17:01

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

17 ގަޑިއިރު ކުރިން - 16:46

މަގުމަތީގެ ނުރައްކާތަކަށް އާ ގާނޫނުން ކަނޑައެޅީ މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

މަގުމަތީގެ ނުރައްކާތަކަށް މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

17 ގަޑިއިރު ކުރިން - 16:42