ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ގުޅިގެން ހެވިކަމުގެ ކުޅިވަރުތަކެއް މިއަދު ހަވީރު ބާއްވައިފި އެވެ.
މި ހަަރަކާތް ބާއްވައިފައިވަނީ ޖުމްހޫރީ މައިދާނުގައިއެވެ. އަދި މި ހަފްލާ ޝަރަފްވެރި ކޮށްދެއްވުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީ ބައިވެރިވެލެއްވި އެވެ.
މީގެ އިތުރުން ރާއްޖޭގެ ރައީސް އަދި ދެ ގައުމުގެ އޮފިޝަލުންނާއި، ކުރީގެ ދެ ރައީސް މުހައްމަދު ނަޝީދު އަދި މުހައްމަދު ވަހީދު ހަސަން މި ހަފްލާގައި ބައިވެރިވެލެއްވި އެވެ.
މި ރަސްމިއްޔާތުގައި އެންމެ ފުރަތަމަ އޮތީ ވަޑައިގެން ބޭފުޅުންނަށް މަރުހަބާ ދެންނެވުމެވެ. އެއަށްފަހު ސިފައިންނާއި ސްކޫލު ކުދިންގެ ވަރަށް ފުރިހަމަ ބޭންޖެހުމުގެ ހަރަކާތެއް ބޭއްވިއެވެ.
އެޔަށް ފަހު ކުޑަކުދިންގެ ނެށުމުގެ ހަރަކާތެއް ދެއްކުމަށްފަހު، ބައެއް ރަށްރަށުގެ ރައްޔިތުންނާއި ހޭވައްލާ ބޮޑުބެރު ގުރޫޕުގެ ސަގާފީ ހަރަކާތްތަކެއް ބޭއްވި އެވެ.
މިނިވަން ދުވަހާއި ގުޅިގެން މިރޭ މާލޭގެ ވަރަށް ގިނަ ސަރަހައްދުތަކަކުން ހަވާ އަރުވަން ހަމަ ޖެހިފައިވެއެވެ. އަދި މާދަމާ ހެނދުނު ޖަލްސާއެއް ބޭއްވުމަށްފަހު، ހަވީރު ފުޅަނދުބުރުވެސް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.