Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މިގައުމުގެ ކޮންމެ އިންޗިއެއް ބަހަލައްޓާނީ ދިވެހިން އަމިއްލައަށް: ރައީސް

މިގައުމުގެ ކޮންމެ އިންޗިއެއް ބަހަލައްޓާނީ ދިވެހިން އަމިއްލައަށް: ރައީސް

އަައިޝަތު ޒީނާ
365 ދުވަސް ކުރިން - 26 ޖުލައި 2025 14:13
މިނިވަން ދުވަހުގެ މުނާސަބަތުގައި، ދިވެހި ސިފައިންނާއި ދިވެހި ފުލުހުންނާ ބައްދަލުކުރައްވައި ރައީސް ވާހަކަފުޅުދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
މިނިވަން ދުވަހުގެ މުނާސަބަތުގައި، ދިވެހި ސިފައިންނާއި ދިވެހި ފުލުހުންނާ ބައްދަލުކުރައްވައި ރައީސް ވާހަކަފުޅުދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރާއްޖޭގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދު ބޮޑުކަން ފާހަގަކުރައްވައި، އާބާދީ ކިތަންމެ ކުޑަނަމަވެސް ގައުމުގެ ކަންކަން ބަލަހައްޓާނީ އަޅުގަނޑުމެން އަމިއްލައަށް ކަމަށް އެމަނިކުފާނު ވިދާޅުވި.

އަޅުގަނޑުމެންނަކީ ފަހުރުވެރި މިނިވަން ގައުމެއް ކަމަށާއި މިގައުމުގެ ކޮންމެ އަކައިންޗިއެއް ބަހަލައްޓާނީ އަޅުގަނޑުމެން އަމިއްލައަށް ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހި ސިފައިންނާއި ފުލުހުންނާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިއީ ރާއްޖޭގެ ތާރީހުގައި މިނިވަންދުވަހެއްގައި، ސިފައިންނާއި ފުލުހުން އެކުގައި ބައިވެރިވާ މިފަދަ ޖަލްސާއެއް ބޭއްވެވި ފުރަތަމަ ފަހަރެވެ.

Advertisement

Advertisement 1

ދިވެހި ސިފައިންނާއި ފުލުހުންނަށް ސަރުކާރުން ހާއްސަ އިސްކަމެއްދެއްވާކަން ފާހަގަކުރައްވައި ރައީސް ވަނީ، އެކަމާ ބައެއް ފަރާތްތަކުން ސުވާލުއުފައްދަވާކަން ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހި ގައުމު އަބަދުވެސް އޮންނަންޖެހޭނީ ރައްޔިތުން ހިމާޔަތްކުރުމަށް ތައްޔާރަށް ކަމަށެވެ.

ރާއްޖޭގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދު ބޮޑުކަން ފާހަގަކުރައްވައި، އާބާދީ ކިތަންމެ ކުޑަނަމަވެސް ގައުމުގެ ކަންކަން ބަލަހައްޓާނީ އަޅުގަނޑުމެން އަމިއްލައަށް ކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ތަކުރާރުކޮށް ވިދާޅުވިއެވެ.

ފަންނީގޮތުންނާއި ތަކެތީގެ ގޮތުން އެހެން ގައުމުތަކުގެ އެހީތެރިކަން ހޯއްދަވަންޖެހޭނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެކަމުގައި ސަރުކާރު އޮންނާނީ ހުރިހާ ގައުމަކާއިވެސް އެކުގައިކަމަށެވެ. ނަމަވެސް، އެހެން ބަޔަކުއައިސް ދިވެހި ގައުމުގެ ކަންކަމާއި ހަވާލުވުމަކީ ސަރުކާރުގެ ސިޔާސަތެއްނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހި ކޮންމެ ރައްޔިތެއްގެ ހިތުގައި، ދިވެހިރާއްޖެ މިނިވަންކޮށްދެއްވުމަށް މަސައްކަތްކުރެއްވި ގައުމީ އަބުތާލުން ވެވަޑައިގެންނެވި މަތިވެރި ގުރުބާނީއަށް ޝުކުރުވެރިވާންޖެހޭ ކަމަށާއި އަންނަން އޮތް ޖީލަށް ގައުމު މިނިވަންކަންމަތީ، ސަލާމަތްތެރިކަމާއި އެކީ ފޯރުކޮށްދެއްވުމަކީ ޒިންމާއެއް ކަމުގައި އެކަމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ މިނިވަންކަމާއެކު ދިގު މާޒީއެއް ހޭދެކުރި ގައުމެއްކަމަށާއި މިނަވަންކަން ގެއްލިގެންދިޔަ މަދުފަހަރެއްގައި، އެ މިނިވަންކަން ހޯއްދެވުމުގައި ގައުމުގެ އަސްކަރީ ބާރާއި ސަލާމަތީ ހިދުމަތްތަކުން ކުރެއްވި މަސައްކަތް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ އެންމެ އިސްވާޖިބަކަށް ވާންޖެހޭނީ ސިފައިންނަށާއި ފުލުހުންގެ މުއައްސަސާ ކުރިއެރުވުމަށްޓަކައި ކޮށްދޭންޖެހޭ ކަންކަމަށް އިސްކަންދެއްވުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިސަރުކާރު އެގޮތުގައި ދެމިއޮންނާނެ ކަމަށާއި އެއީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ފަހުރެއްކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއެމްއެންޑީއެފްމޯލްޑިވްސް ޕޮލިސް ސަރވިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސިޔާސީ ބަދަލުހިފުމުގެ އަޅުވެތިކަމުން ގައުމު މިނިވަންކޮށްފިން، އެއްވެސް ރައީސަކު ޖަލަކަށް ނުލަން: ރައީސް

"ސިޔާސީ ބަދަލުހިފުމުގެ އަޅުވެތިކަމުން ގައުމު މިނިވަންކޮށްފިން، އެއްވެސް ރައީސަކު ޖަލަކަށް ނުލަން"

2 ގަޑިއިރު ކުރިން - 14:24

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާ ފުރަތަމަ ސަރުކާރަށް މި ސަރުކާރު ވެގެންދާނެ: ރައީސް

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާނަން: ރައީސް

3 ގަޑިއިރު ކުރިން - 13:55

އެމްޑީޕީ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ ވަރަށް ފިނޑި ގޮތަކަށް، އިންސާފު ލިބިގަތުމުގެ މަސައްކަތް އަދިވެސް ކުރިއަށް އެބަދޭ: ރައީސް

އެމްޑީޕީ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ ވަރަށް ފިނޑި ގޮތަކަށް: ރައީސް

3 ގަޑިއިރު ކުރިން - 13:11

ތިލަފުށީގައި ޕޯޓު ތަރައްގީކުރުން: ކުރީ ސަރުކާރުތަކުން ދެއްކީ ހުސް ވާހަކަ، އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ތިލަފުށީގައި ޕޯޓު ހުޅުވާނަން: ރައީސް

އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ތިލަފުށީގައި ގާއިމްކުރާ ޕޯޓު ހުޅުވާނަން: ރައީސް

4 ގަޑިއިރު ކުރިން - 12:47

އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން: ރައީސް

"އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން"

4 ގަޑިއިރު ކުރިން - 12:27

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

20 ގަޑިއިރު ކުރިން - 20:04