ތިންދުވަސް ވަންދެން މިސްކިތުގައި ނަމާދު ނުކުރުމަށް ޤުދުސްގެ މުފްތީއަށް އިސްރާއީލުން އަންގައިފި

ޢަބްދުﷲ ޖުނައިދު | 183 ދުވަސް ކުރިން - 26 ޖުލައި 2025 12:57
ޤުދުސްގެ މުފްތީ ޝައިޚް މުޙައްމަދު އަޙްމަދު ޙުސައިން / ފޮޓޯ: ގެޓީ އިމޭޖްސް
ޤުދުސްގެ މުފްތީ ޝައިޚް މުޙައްމަދު އަޙްމަދު ޙުސައިން / ފޮޓޯ: ގެޓީ އިމޭޖްސް
ޚުލާސާ

ޤުދުސް އަށް މުސްލިމުން އައުމަށް ހުކުރު ޚުޠުބާގައި ގޮވައިލުމުން ޤުދުސްގެ ބޮޑު މުފްތީ އަށް މަސްޖިދުލް އަޤްޞައަށް ވަނުމާއި ނަމާދުކުރުން ތިންދުވަހަށް އިސްރާއީލުން މަނާކޮށްފި.

އަޤްސާ މިސްކިތުގައި ތިންދުވަސް ވަންދެން ނަމަދު ނުކުރުމަށާއި އަދި އެ މިސްކިތަށް ވެސް ވަދެގެން ނުވާނެ ކަމަށް އިސްރާއީލުން އިއްޔެ ޤުދުސްގެ މުފްތީ ޝައިޚް މުޙައްމަދު އަޙްމަދު ޙުސައިނަށް އިންޒާރުދީ އަމުރު ކޮށްފިއެވެ.

ޤުދުސްގެ މާތްވެގެންވާ މުޤައްދަސް ބިމަކީ މުސްލިމުންގެ ތަނެއް ނޫން ކަމަށައި އެ ބިން އަތުލަން މަސައްކަތްކުރާ އިސްރާއީލު ސިފައިން ޤުދުސްގެ މުފްތީ އަށް އިންޒާރުދީ މިސްކިތަށް ވަނުމަށް މަނާކުރީ އިއްޔެގެ ހުކުރު ޚުޠުބާގައި، ޤުދުސް އަށް މުސްލިމުން އައުމަށް އޭނާ ގޮވާލުމާއި ގުޅިގެންނެވެ.

އާދީއްތަ ދުވަހާއި ހަމަޔަށް މަސްޖިދުލްއަޤްޞާގައި މުފްތީއަށް ނަމާދުކުރުން މަނާކޮށް އިސްރާއީލުގެ ސިފައިން އިއްޔެ ވަނީ މުފްތީ ހައްޔަރުވެސް ކޮށްފައެވެ. ނަމަވެސް ފަހުން ދޫކޮށްލިއެވެ.

ގުދުސްގެ ބޮޑު މުފްތީ މީގެ ކުރިންވެސް އިސްރާއީލުގެ ފުލުހުން ހައްޔަރުކުރިއެވެ.

ފަލަސްޠީނު ރައްޔިތުން އެ ބިމުން ނެރެ އެ ބިމަށް އިސްރާއީލުން އަތްގަދަކުރުމުގެ ޕްލޭނުގެ ތެރެއިން 1967 ވަނަ އަހަރުގެ ހަދުވަހުގެ ހަނގުރާމައިގައި އިސްރާއީލުން ވަނީ އިރުމަތީ ޤުދުސްއަށް ވެރިވެ، މުޅި ސިޓީ ކޮންޓްރޯލްކޮށް، 1980 ވަނަ އަހަރު ރަސްމީކޮށް އެ ސިޓީ އަތުލާފައެވެ. މިއަދު ޤުދުސްގައި އެކި ޤައުމުތަކުން އަރައި ތިބި މީހުންނާއެކު ގާތްގަނޑަކަށް 1.25 މިލިއަން މީހުން ދިރިއުޅެމުންދާއިރު، ޢަރަބި މުސްލިމުންގެ އާބާދީ އަކީ އޭގެ ގާތްގަނޑަކަށް %32 މީހުންނެވެ.

ޒަޔަނިސްޓުން ވަނީ މާތްވެގެންވާ ޤުދުސްއަށް އެމެރިކާ، ގުއަޓެމާލާ، ހޮންޑޫރަސް، ކޮސޯވޯ އަދި ޕެރަގުއޭ ފަދަ ޤައުމުތަކުގެ އެމްބަސީތައް ވެސް ބަދަލުކޮށްފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%