Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޣައްޒާގެ ދިފާޢުގައި އުރުދުންގައި ބޭއްވި މުޒާހަރާ އަނިޔާވެރިކޮށް ހުއްޓުވައިފި

ޣައްޒާގެ ދިފާޢުގައި އުރުދުންގައި ބޭއްވި މުޒާހަރާ އަނިޔާވެރިކޮށް ހުއްޓުވައިފި

ޢަބްދުﷲ ޖުނައިދު
410 ދުވަސް ކުރިން - 26 ޖުލައި 2025 11:04
އިސްރާއީލުން ހިންގާ ޤަތުލުޢާންމާއި ދެކޮޅަށް މީގެ ކުރިން ޖޯޑަންގައި ބޭއްވި އެއްވުމެއްގައި ބަޔަކު ހައްޔަރުކުރަނީ / ފޮޓޯ: އޭޕީ
އިސްރާއީލުން ހިންގާ ޤަތުލުޢާންމާއި ދެކޮޅަށް މީގެ ކުރިން ޖޯޑަންގައި ބޭއްވި އެއްވުމެއްގައި ބަޔަކު ހައްޔަރުކުރަނީ / ފޮޓޯ: އޭޕީ
ޚުލާސާ

ޣައްޒާގެ ޤަތުލުޢާންމާއި ދެކޮޅަށް އުރުދުންގައި މުޒާހަރާކުރުމުން އެމީހުންނަށް އަނިޔާކޮށް ހައްޔަރުކޮށްފި. މަންޒަރުތައް ލައިވްކޮށްފާނެތީވެ އިންޓަނެޓުވެސް ކަނޑައިލި.

ޣައްޒާގައި ހިންގާ ޤަތުލުޢާންމާއި ދެކޮޅަށް އުރުދުން (ޖޯޑަން)ގެ ވެރިރަށް އައްމާނުގައި އިއްޔެ ބޭއްވި މުޒާހަރާ އެޤައުމުގެ ފުލުހުންނާއި ސަލާމަތީ ބާރުތަކުން ނުކުމެ އަނިޔާވެރިކަމާއެކު ހުއްޓުވައި އިސްކޮށް އުޅުނު ބައެއް މީހުން ހައްޔަރުކޮށްފި އެވެ.

އުރުން އަކީ އެމެރިކާއާއި އިސްރާއީލުގެ ގާތް ޢަރަބި ޤައުމެކެވެ. އިސްރާއީލާއެކު ޞުލްޙައިގެ މުއާޙަދާއެއްގައި ސޮއިކުރި ޢަރަބި ދެވަނަ ޤައުމެވެ. އިސްރާއީލުގެ ޙިމާޔަތަށް ބުރޫ ނާރާނެ ގޮތަށް މަސައްކަތް ކުރުމާއި އެކު، އިސްރާއީލަށް އަމާޒުވާ ޙަމަލާތަކުން އިސްރާއީލު ދިފާޢު ކުރުމަށް މަސައްކަތް ކުރާނެތީވެ އެމެރިކާގެ ސަރުކާރުން އަހަރަކު 1.45 ބިލިއަން ޑޮލަރަށް ވުރެ ގިނައިން އުރުދުން އަށް ފައިސާ ދެއެވެ.

އުރުދުންގެ އަޒްރާޤުގައި އެމެރިކާގެ އެތައް ސަތޭކަ ސިފައިން ޤާއިމްވެގެން ވެސް ތިބެއެވެ. އަދި އެތަނުގައި “މުވައްފާޤު ސަލްޓީ އެއަރ ބޭސް” ގެ ނަމުގައި ވަރަށް ވަރުގަދަ މިލިޓަރީ ބޭހެއް އެމެރިކާއިން ހަދާފައި ވެއެވެ. ބޭނުމަކީ މެދުއިރުމަތީގައި އެމެރިކާގެ ބާރު ގަދަކުރުމެވެ.

Advertisement

Advertisement 1

އިސްރާއީލުން ޣައްޒާ ޙިޞާރުކޮށްގެން އުޅޭތީވެ އެކަމާއި ދެކޮޅަށް އުރުދުންގެ ރައްޔިތުން އިއްޔެ މުޒާހަރާކުރީ ޞުލްޙަވެރިކަމާއި އެކުގައި ކަމަށް މުޒާހަރާގެ ބައިވެރިންނާއި ޙަވާލާދީ ޚަބަރުތައް ބުނެއެވެ. މީގެ ކުރީގެ މުޒާހަރާތަކާއި އަޅަބަލާއިރު އިއްޔެގެ މުޒާހަރާގައި މީސްކޮޅު މަދުވި ނަމަވެސް އުރުދުން ފުލުހުން ޢަމަލުކޮށްފައި ވަނީ ވަރަށް ހަރުކަށިކަމާއެކުގައި ކަމަށް ނުރަސްމީ ޚަބަރުތައް ބުނެއެވެ.

އުރުދުން ސަރުކާރުގެ ޚަބަރުފަތުރާ ޗެނަލަކުން ބުނީ މުޒާހަރާ ރޫޅައިލީ ބައިނަލްއަޤްވާމީ ގޮތުން ޙިމާޔަތް ދޭންޖެހޭ އެމްބަސީތައް ކައިރިޔަށް މުޒާހަރާގެ ބައިވެރިން އެއްވުމުންނެވެ.

އުރުދުންގެ މީހަކު ސޯޝަލްމީޑިއާގައި އަޕްލޯޑުކުރި ވީޑިއޯ އިން ފެންނަ ގޮތުގައި އުރުދުންގެ ވެރިރަށް ޢައްމާނުގައި ހުންނަ އިސްރާއީލް އެމްބަސީ ހުންނަ ސަރަޙައްދަށް އެއްވި މީހުންގެ ގަޔަށް ކަރުނަގޭސް ޖަހައި މުގުރުން ތަޅައި އަނިޔާކޮށް ހައްޔަރުކުރިއެވެ. މީގެއިތުރުން ލައިވް ކަވަރޭޖް ހުއްޓުވުމަށްޓަކައި އެ ސަރަޙައްދުން އިންޓަނެޓްވެސް ކަނޑާލާފައިވާކަން ފާހަގަ ކުރެވެއެވެ.

މިދިޔަ މަސްތަކުގައި އުރުދުންގައި ފަލަސްތީނަށް ތާއީދުކުރާ އެތައް ސަތޭކަ ބަޔަކު ބަންދުކޮށްފައިވާއިރު އޭގެ ތެރޭގައި ސްކޫލްތަކުގެ ދަރިވަރުންނާއި ނޫސްވެރިންނާއި މަދަނީ ޖަމިއްޔާތަކުގެ މެމްބަރުން ހިމެނޭކަން ފާހަގަ ކުރެވެއެވެ.

ޖޯޑަންޣައްޒާމުޒާހަރާ
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިހަފްތާގައި ޣައްޒާއިން 17 މީހުން ޝަހީދުކޮށް 44 މީހުން ޒަޚަމް ކޮށްލައިފި

މިހަފްތާގައި ޣައްޒާއިން 17 މީހުން ޝަހީދުކޮށް 44 މީހުން ޒަޚަމް ކޮށްލައިފި

5 ދުވަސް ކުރިން - 14:55

ބާރުގެ ބޭނުން ކޮށްގެން މެޑްރިޑްގެ މުޒާހަރާ ރޫޅާލައިފި

ބާރުގެ ބޭނުން ކޮށްގެން މެޑްރިޑްގެ މުޒާހަރާ ރޫޅާލައިފި

6 ދުވަސް ކުރިން - 05:32

ހަތަރު ޤައުމަކަށް އީރާނުން މިރޭ އެބަ ޙަމަލާދޭ

ހަތަރު ޤައުމަކަށް އީރާނުން މިރޭ އެބަ ޙަމަލާދޭ

7 ދުވަސް ކުރިން - 04:34

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

11 ދުވަސް ކުރިން - 22:41

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

18 ދުވަސް ކުރިން - 14:34

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

20 ދުވަސް ކުރިން - 19:36