Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތީ އެތައް ގަރުނެއްވީ ބަދަހި ގުޅުމެއް: ރައީސް

ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތީ އެތައް ގަރުނެއްވީ ބަދަހި ގުޅުމެއް: ރައީސް

އައިޝަތު ރުވާ ރިފްޢަތު
320 ދުވަސް ކުރިން - 26 ޖުލައި 2025 00:05
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި އެކު/ ފޮޓޯ ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި އެކު/ ފޮޓޯ ރައީސް އޮފީސް
ޚުލާސާ

ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއާއި، ސިއްހީ ދާއިރާއާއި ވިޔަފާރި އަދި ތައުލީމީ ދާއިރާގެ އިތުރުންވެސް އެހެނިހެން ދާއިރާތަކުން އިންޑިއާ އަދި ރާއްޖޭގެ ގުޅުން ބަދަހިވަމުން އަންނަކަނަކަމަށް ރައީސް ވިދާޅުވި.

ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތީ އެތައް ގަރުނެއްވީ ބަދަހި ގުޅުމެއް ކަމަށާއި، އެއްވެސް ބަޔަކަށް އެ ގުޅުމަށް ހީނަރުކަން ނުގެނެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ޝަރަފުގައި ބޭއްވެވި ފުރަމަނާ ޖާފަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި ދިވެހިރާއްޖެއާއި އިންޑިއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ މިއަހަރަށް 60 އަހަރު ވީނަމަވެސް، އޭގެ މާކުރީއްސުރެ ދެ ގައުމުގެ މެދުގައި އެކި ދާއިރާތަކުން ގުޅުންތައް ގާއިމުވެފައިވާކަމަށް ތާރީހުން ހެކިދެއެވެ. އެގޮތުން މީގެ އެތައް ޒަމާނެއް ކުރިން ފެށިގެން ވިޔަފާރިއާއި، ސަގާފީ އަދި އެހެނިހެން ކަންކަމުގެ ތެރެއިން މި ދެގައުމުގެ މެދުގައި ބަދަހި ގުޅުމެއް އުފެދިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކޮށް ވިދާޅުވީ ދެ ގައުމު ދެމެދުގައި އޮތް ގުޅުމަށް ހީނަރުކަން ގެނެވޭނެ އެއްވެސް ބަޔަކު ނެތްކަމަށެވެ.

އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގައި އަބަދުވެސް މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއާއި، ސިއްހީ ދާއިރާއާއި ވިޔަފާރި އަދި ތައުލީމީ ދާއިރާގެ އިތުރުންވެސް އެހެނިހެން ދާއިރާތަކުން އެ ގުޅުން ބަދަހިވަމުން އަންނަކަމަށެވެ. މީގެ އިތުރުން ދިވެހި ސަރުކާރުގެ އަމާޒަކީ ދެމެހެއްޓެނި، އެންމެން ޝާމިލްވާ އަދި ޒުވާނުން ބަރުވެރިކުރާ އިގުތިސާދެއް ބިނާކުރުންކަމަށްވާއިރު، އެކަމުގައި އިންޑިއާއަކީ މުހިއްމު ދައުރެއް އަދާކުރެވޭނެ ގައުމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.

Advertisement

Advertisement 1

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިންޑިއާގައި ދެވަނައަށް އެންމެ ގިނަ ދުވަސްވީ ބޮޑުވަޒީރުކަމުގެ މަގާމު އަދާކުރައްވާ ބޭފުޅަކީ މޯދީކަން ފާހަގަކުރައްވަމުން ވިދާޅުވީ، އެއީ އެމަނިކުފާނުގެ ގައުމީ ހިދުމަތުގެ އިހްލާސްތެރިކަން ސާބިތުކޮށްދޭ ހެއްކެއްކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުނަރެންދްރަ މޯދީއިންޑިއާ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިންޑިއާގެ ބޮޑުވަޒީރުކަމުގައި އެންމެ ގިނަ ދުވަސްވީ ބޭފުޅާގެ ޝަރަފު މޯދީ ހޯއްދެވުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

މޯދީގެ ރެކޯޑާއެކު ރައީސް މަރުހަބާ ވިދާޅުވެއްޖެ

21 ގަޑިއިރު ކުރިން - 12:43

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސް މުއިއްޒާއެކު ގަދަކޮށް: ޒަމީރު

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސްއާއެކު ގަދަކޮށް: ޒަމީރު

1 ދުވަސް ކުރިން - 22:06

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

1 ދުވަސް ކުރިން - 13:56

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

2 ދުވަސް ކުރިން - 09:03

ނޭޝަނަލް ސަރވިސް ޓްރޭނިންގ ގެ 3 ވަނަ ބެޗުގެ ތަމްރީނަށް 352 ޒުވާނުން ފުރައިފި

ނޭޝަނަލް ސަރވިސް ޓްރޭނިންގ ތަމްރީނަށް 352 ޒުވާނުން ފުރައިފި

2 ދުވަސް ކުރިން - 17:31

ފިނޭންސް މިނިސްޓަރުގެ މަގާމަށް ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ ހަސަން ޒަރީރު އައްޔަނުކުރައްވައިފި

ފިނޭންސް މިނިސްޓަރުގެ މަގާމަށް ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ ހަސަން ޒަރީރު އައްޔަނުކުރައްވައިފި

2 ދުވަސް ކުރިން - 15:01