Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިންޑިއާއިން ރާއްޖޭގެ ދިފާއީ ބާރަށް 72 ވެހިކަލް ހަދިޔާކޮށްފި

އިންޑިއާއިން ރާއްޖޭގެ ދިފާއީ ބާރަށް 72 ވެހިކަލް ހަދިޔާކޮށްފި

އަައިޝަތު ޒީނާ
410 ދުވަސް ކުރިން - 25 ޖުލައި 2025 21:24
އިންޑިއާއިން ހަދިޔާކުރި ވެހިކަލްތަކުގެ ރަމްޒީ ތަޅުދަނޑިއާ ރައީސް ޑރ. މުހައްމަދު މުއިއްޒު ހަވާލުވެވަޑައިގަތުން. / ފޮޓޯ: ރައީސް އޮފީސް
އިންޑިއާއިން ހަދިޔާކުރި ވެހިކަލްތަކުގެ ރަމްޒީ ތަޅުދަނޑިއާ ރައީސް ޑރ. މުހައްމަދު މުއިއްޒު ހަވާލުވެވަޑައިގަތުން. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އިންޑިއާއިން މިތަކެތި ހަވާލުކޮށްދެއްވީ ބޮޑުވަޒީރު ނަރެންދުރަ މޯދީ. އަދި މިތަކެތީގެ ރަމްޒީ ތަޅުދަނޑިއާ ހަވާލުވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު.

އިންޑިއާއިން ރާއްޖޭގެ ދިފާއީ ބާރަށް 72 ވެހިކަލް ހަދިޔާކޮށްފިއެވެ.

މި ވެހިކަލްތައް ހަދިޔާކުރައްވާފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދު މުހިންމު ދާއިރާތަކުން އެއްބަސްވުން ބަދަލުކުރުމަށް މިއަދު ބޭއްވެވި ރަސްމިއްޔާތުގައެވެ.

އިންޑިއާއިން މިތަކެތި ހަވާލުކޮށްދެއްވީ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. އަދި މިތަކެތީގެ ރަމްޒީ ތަޅުދަނޑިއާ ހަވާލުވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

Advertisement

Advertisement 1

އިންޑިއާއިން ހަދިޔާ ކުރި ވެހިކަލްތައް

  1. 27 ގޮނޑީގެ 8 ބަސް
  2. 10 ޕިކަޕް
  3. 10 ކުދި ވޭން
  4. 10 ވޭން
  5. 5 ލޮރީ
  6. 8 ޓްރެކްޓަރ
  7. 4 ޓިޕަރ ޑަމްޕް ޓްރަކް
  8. 4 ބެކްހޯ ލޯޑަރ
  9. 2 ކެރޭން
  10. 6 މިނީ އެކްސްކަވޭޓަރު
  11. 5 އެކްސްކަވޭޓަރު

އިންޑިއާއަކީ އެކި ދާއިރާތަކުން ރާއްޖެއަށް އަބަދުވެސް އެހީތައް ވަމުން އަންނަ ގައުމެކެވެ. އިގްތިސާދީ ތަރައްގީ، ދިފާއީ ދާއިރާ، ވިޔަފާރި އާއި ވުނަކުރުން، އަދި މޫސުމީ ބަދަލުތަކުގެ ދާއިރާއިން އެއް ގައުމު އަނެއް ގައުމަށް ދޭ އެއްބާރުލުން އިތުރުކުރެވިދާނޭ ގޮތްތަކާ މެދު ދެ ގައުމުގެ ދެމެދުގައި މިއަދު ވަނީ ރަސްމީ މަޝްވަރާތައްވެސް ކުރިއަށްގެންގޮސްފައެވެ.

ރައީސް ޑރ. މުއިއްޒުގެ ދައުވަތަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ކުރައްވާ މި ދަތުރުފުޅަކީ އެމަނިކުފާނު ތިންވަނަ ދައުރަކަށް މަގާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު، ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މި ދަތުރުފުޅަކީ ރާއްޖޭގެ 60 ވަނަ މިނިވަންދުވަހާއި ދެ ގައުމުގެ މެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބާ ފާހަގަކުރެވޭ ތާރީހީ ދަތުރުފުޅެކެވެ.

އިންޑިއާނަރެންދްރަ މޯދީރައީސް ޑރ. މުހައްމަދު މުއިއްޒުމިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްއެމްއެންޑީއެފް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިސްކިތް ތަޅައިލި މީހުންގެ ފައްޅި ސިކުންތުކޮޅެއްގެ ތެރޭގައި ކޯރަށް ޣަރަޤުވެއްޖެ!

މިސްކިތް ތަޅައިލި މީހުންގެ ފައްޅި ސިކުންތުކޮޅެއްގެ ތެރޭގައި ކޯރަށް ޣަރަޤުވެއްޖެ!

2 ގަޑިއިރު ކުރިން - 18:39

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ދެމެހެއްޓެނިވި އަދި ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

1 ދުވަސް ކުރިން - 08:45

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

2 ދުވަސް ކުރިން - 20:20

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

2 ދުވަސް ކުރިން - 19:54

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

2 ދުވަސް ކުރިން - 16:33

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2 ދުވަސް ކުރިން - 16:20