މި މިސައިލްތަކަކީ ކޮން ފަރާތަކުން ނުވަތަ ކޮން ގައުމަކުން ފޮނުވާލި މިސައިލްތަކެއްކަން އަދި މިހާތަނަށް ސާފުވެފައި ނުވާކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ބުނެ.
260 ދުވަސް ކުރިން - 15:17
ޔޫއޭއީ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ އެ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް އަރައިގަނެ، ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފަށް ދީފައިވާ ވަރަށް ނުރައްކާތެރި ހަމަލާއެއް ކަމަށް.
260 ދުވަސް ކުރިން - 15:06
އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން މުޅި ސަރަހައްދުގެ ހަމަޖެހުން ވަނީ ގެއްލިފައި.
260 ދުވަސް ކުރިން - 14:59
އީރާނުން ބުނި ގިތުގައި އެގައުމާ ދެކޮޅަށް ދިން މި އުދުވާނީ ހަމަލާއަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ. ގެ ޗާޓަރާ ކަނޑައެޅިގެން ހިލާފު އަމަލެއް.
260 ދުވަސް ކުރިން - 14:51
މި ނުރައްކާތެރި ހާލަތާ ގުޅިގެން އުރުދުން، އިރާގު އަދި ލުބުނާނުގެ އިތުރުން ގަތަރު، ކުވެއިތު އަދި ޔޫއޭއީ އިން ވެސް ވަނީ އެގައުމުތަކުގެ އެއާ ސްޕޭސް ބަންދުކޮށްފައި.
260 ދުވަސް ކުރިން - 14:42
އެމެރިކާއާއި އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ދަނީ އީރާނުގެ އަސްކަރީ މަރުކަޒުތަކަށާއި، ރާޑަރު ސިސްޓަމްތަކުގެ އިތުރުން މުހިންމު ސަރުކާރުގެ މުއައްސަސާތަކަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވަމުން.
260 ދުވަސް ކުރިން - 14:27
މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ބައިނަލްއަގުވާމީ ރެޑް ކްރޮސް ކޮމިޓީގެ އެހީތެރިކަމާއެކުގައި.
262 ދުވަސް ކުރިން - 23:42