މި މަޤާމަށް ހަމަޖައްސާފައިވަނީ އެ ކުންފުނީގެ ކުރީގެ ޗީފް އޮޕަރޭޓިން އޮފިސަރ (ސީއޯއޯ) މުޙައްމަދު ޞަލާޙް. ޞަލާޙަކީ ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތްކުރައްވާފައިވާ ތަޖުރިބާކާރެއް.
741 ދުވަސް ކުރިން - 23:56
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 1.6 މިލިޔަނަށް އަރައިފި. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 9.5 އިންސައްތައިގެ ކުރިއެރުމެކެވެ. ޗައިނާއަކީ އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމު.
754 ދުވަސް ކުރިން - 16:13
ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން މަސައްކަތް ކުރިއަށް ނުދާ 22 ރަށެއްގެ އެއްބަސްވުން ބާޠިލްކުރުމަށާއި، ފަތުރުވެރިކަމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ނިންމައިފި.
754 ދުވަސް ކުރިން - 15:38
މި އެވޯޑު މި ދެ ބޭފުޅުންނަށް ލިބިވަޑައިގެންފައިވަނީ ޤައުމުތަކުގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކޮށްދެއްވާފައިވާ މުހިންމު ޚިދުމަތްތައް ފާހަގަކުމުގެ ގޮތުން. މި އެވޯޑަކީ މި ސަރަޙައްދުގައި ފަތުރުވެރިކަމުގެ ދާއިރާއިން ދޭ އެންމެ ޝަރަފުވެރި އެވޯޑު.
757 ދުވަސް ކުރިން - 22:42
ދައުލަތަށް އާމްދަނީ އިތުރުކުރުމަށް ރައީސް މުޙައްމަދު މުޢިއްޒު މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ ޖީބަށް ބުރަނުވާ ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ.
762 ދުވަސް ކުރިން - 21:29
ސަރުކާރުން ފަތުރުވެރިކަމާ ގުޅުންހުރި ތިން ޓެކުހަކަށް ބަދަލު ގެނައުމަށް ހުށަހަޅައިފި. މި ބަދަލުތަކުން އަންނަ އަހަރު ދައުލަތަށް 2.7 ބިލިއަން ރުފިޔާ އިތުރުވާނެކަމަށް ލަފާކުރެވޭ.
763 ދުވަސް ކުރިން - 13:18