ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އަކަށް ފުރަތަމަ ފަހަރަށް ދިވެއްސަކު ހަމަޖައްސައިފިއެވެ. މި މަޤާމަށް ހަމަޖައްސާފައި ވަނީ އެ ކުންފުނީގެ ކުރީގެ ސީއޯއޯ މުޙައްމަދު ޞަލާޙެވެ.
ޞަލާޙު ސީއޯއޯގެ މަޤާމަށް ހަމަޖެއްސެވީ 2022 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. އަދި މިއަދު، ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ސީއީއޯގެ މަޤާމަށް އޭނާ ހަމަޖައްސާފައިވާކަން ކުންފުނިން ވަނީ އިއުލާނުކޮށްފައެވެ.
ސޮލާހަކީ ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތްކުރައްވާފައިވާ ތަޖުރިބާކާރެކެވެ. އޭނާގެ ކެރިއަރ ފެށިގެން އައީ މީރުފެންފުށި ރިސޯޓުގެ ޓެލެފޯން އޮޕަރޭޓަރެއްގެ ގޮތުގައެވެ. އޭގެ ފަހުން، އެކި ރިސޯޓުތަކުގައި މަސައްކަތްކުރެއްވުމާއެކު، ރާއްޖެއިން ބޭރުން ފަތުރުވެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރެއްވިއެވެ.
މި މަޤާމާއި ޙަވާލުވުމުގެ ކުރިން، ޞަލާޙް ހުންނެވީ ދުބާއީގައި ހުންނަ ޒާޔާ ހޮސްޕިޓާލިޓީ ގްރޫޕުގެ ކްލަސްޓާ ޖެނެރަލް މެނޭޖަރުގެ މަޤާމުގައެވެ.









