އެ މަގާމަށް ޝައުގުވެރިވާތީ، އެކަމަށް ކުރިމަތިލެއްވި ކަމަށާއި މިހާތަނަށް އެކަމާ މެދު ރައީސް ޑރ. މުހައްމަދު މުއިއްޒު ދެކެވަޑައިގަންނަވާ ގޮތެއް އަންގަވާފައިނުވާ ކަމަށް އައްބާސް ވިދާޅުވެފައިވޭ.
745 ދުވަސް ކުރިން - 17:34
މި ބަދަލު ގެނެވިފައިވަނީ ޤާނޫނު އަސާސީގެ 116 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން. ކުރިން އެ އޮތޯރިޓީ ހިންގަމުން އައީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ދަށުން.
746 ދުވަސް ކުރިން - 23:05
އަލްއުސްތާޒު ހުސައިން ޝަމީމް މަގާމުން ދުރުކުރުމާ ގުޅިގެން އާ ޕްރޮސިކިއުޓާ ޖެނެރަލަކު އައްޔަން ކުރުމަށް ޕާލަމެންޓްގެ ޖަލްސާއެއް އަންނަ ބުދަ ދުވަހު ބާއްވަން ނިންމައިފި. ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އެ މަގާމަށް 30 ދުވަހުގެ ތެރޭގައި މީހަކު އައްޔަން ކުރަން ޖެހޭނެ.
747 ދުވަސް ކުރިން - 14:16
ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން, މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު ޔޫސުފް އަބްދުލްގަފޫރު މަގާމުން ވަކިކޮށްފި.
748 ދުވަސް ކުރިން - 20:34
ފަރުހާދު 2013 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވަނީ މަދަނީ ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގަ. އޭނާ ވަނީ މޯލްޑިވްސް ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒްއިން ބެޗްލަރސް ޑިގްރީ އިން ޝަރީއާ އެންޑް ލޯ ހާސިލްކުރައްވާފަ
748 ދުވަސް ކުރިން - 17:15
އަލްއުސްތާޛު އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް، މި މަޤާމަށް ޢައްޔަންކުރެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
748 ދުވަސް ކުރިން - 17:13
މި ބިލުގައި، ރަށެއްގެ ނުވަތަ ސިޓީއެއްގެ ތަރައްޤީގެ ޕްލޭނާއި، ކައުންސިލުން ހަދައި ކަމާގުޅުންހުރި ޤައުމީ އިދާރާއިން ފާސްކުރާ އެ ރަށެއްގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް އޮތްއޮތުން އުނިކޮށް، ތަރައްޤީގެ ޕްލޭން އޮންނަންވާނީ އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތީންކަމުގައި ބަޔާންކޮށް ޤާނޫނު އިޞްލާޙުކޮށްފައިވޭ
748 ދުވަސް ކުރިން - 17:11
ބިނާވެށި ޕްލޭންކުރުމާއި ހިންގުމާބެހޭ ޤައުމީ ސިޔާސަތު ކަނޑައަޅާނީ، ވަޒީރުންގެ މަޖިލީހުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާ. މީގެ ސަބަބުން އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން އެކަށީގެންވާ ގޮތެއްގައި ދިވެހިރާއްޖޭގެ ބިން ތަރައްޤީކޮށް ބެލެހެއްޓުމަށް މަގުފަހިކުރާނެ
748 ދުވަސް ކުރިން - 17:06
ދިވެހި ޒުވާނުންނަށް އަމާޒުކޮށްގެން ޤައުމީ ޚިދުމަތުގެ ޕްރޮގްރާމެއް ފެށުމަށާއި އަސްކަރީ ތަމްރީނާއި ކުރިމަގުގެ ޖީލުތަކަށް ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށް ރައީސް އަމާޒު ހިފައިފި.
20723 ދުވަސް ކުރިން - 05:00