
މި ބައްދަލުވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާ ވަނީ ރަސްމާދޫގައި އަލަށް އިމާރާތްކުރާ ކައުންސިލް އިދާރާގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި.
595 ދުވަސް ކުރިން - 20:32
އެއްބަސްވުމުގައި ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިން، ބަދުރުއްދީން ޙަސަން. ރަސްމާދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ފައިޞަލް ނަސީމް.
595 ދުވަސް ކުރިން - 20:26
ރަސް،ާދޫ ބޯހިޔާވަހިމާއި، ތައުލީމާއި ޞިއްޙީ ދާއިރާއާއި ކުޅިވަރު ވެސް އިތުރަށް ތަރައްޤީކޮށް، ދާއިމީ ޕޮލިހުންގެ ޚިދުމަތް ވެސް އެރަށުގައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވި.
595 ދުވަސް ކުރިން - 18:07
ރަސްމާދޫ ކުދިބޮޑު ރައްޔިތުން މަގުތަކަށް ނުކުމެ ރައީސާއި ސަލާމްކުރައްވަމުންދާއިރު، މިއަދު އެރަށުގެ ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ ބިންގާ އެޅުމާއި ބީއެމްއެލްގެ އޭޓީއެމް ބެހެއްޓުމުގެ އެއްބަސްވުމުގައި ސޮއިކުރާނެ.
595 ދުވަސް ކުރިން - 17:04
ރަސްމާދޫގައި އައު ކައުންސިލް އިދާރާއްގެ ބިންގާ އަޅުއްވައިދެއްވާނެ. ހަމައެހެންމެ، ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް މެޝިން ބެހެއްޓުމަށްޓަކައި ކައުންސިލާއިއެކު އެއްބަސްވުމުގައި ސޮއިކުރުން ވެސް އޮންނާނެ.
595 ދުވަސް ކުރިން - 16:09