
ޝަމްއާން ވަނީ އިއްޔެ ކޯޓަށް ހާޒިރުވުމުގެ ކުރިން އިހުސާން އަދި ރައީސް ޑރ. މުއިއްޒުގެ އިސްތަށިފުޅުގައި ކޮރަޕްޝަނުގެ ސީރިއަސް ތުހުމަތުތަކެއް އަޅުވާފަ. މި ތުހުމަތުތަކަށް ރައީސްގެ ފަރާތުން ސްޕޯކްސްޕާސަން މުންދު ވަނީ ދޮގުކުރައްވާފަ. ޝަމްއާންގެ މައްޗަށް އިއްޔެ ތިން ދައުވާއެއް ސާބިތުވިއިރު 25 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފަ.
87 ދުވަސް ކުރިން - 11:09
ދައުލަތުން އެދުނީ އިސް މަގާމުތަކުގައި ތިއްބަވައިގެން ހިންގާ ކުށްތަކަށް ދޭ އެންމެ ބޮޑު އަދަބު ޝަމްއާނަށް ދިނުމަށް. އެއީ ފޭރުމުގެ ދައުވާއަށް 8 އަހަރު، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއަށް 2 އަހަރު، އަދި މަނީ ލޯންޑަރިންގ ދައުވާއަށް 15 އަހަރުގެ ޖަލުގެ ހުކުމެއް.
88 ދުވަސް ކުރިން - 18:19
އަގީލް އަނބުރާ ރާއްޖެ ގެނައުމަށްޓަކައި ކުރަންޖެހޭ ގާނޫނީ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދޭ.
218 ދުވަސް ކުރިން - 17:17